ދީން
ކަންދެއްކުމުގެ ކުޑަމިންވަރަކީވެސް ޝިރުކެއް- ހުކުރު ޚުޠުބާ

ﷲ ތަޢާލާ އިންސާނުން ޚަލްޤު ކުރައްވައި، އަޅުތަކުންނަށް އަމުރުކުރައްވާފައި ވަނީ، އެކަލާނގެއަށް އަޅުކަން ޚާލިޞް ކުރުމަށެވެ. އެކަލާނގެ އެންމެހާ ޚަލްޤުތަކުން އުފެއްދެވީ އެކަލާނގެ އެއްކައުވަންތަކޮށް، އެކަނލާގެއާ ޝަރީކު ކުރުމާއި ދުރުހެލިވުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އާޔަތްތަކުން އެނގޭ ގޮތުގައި އެކަލާނގެއާ ޝަރީކު ކުރުމަކީ އެންމެ ބޮޑު ފާފައެވެ. އަޅުކަންތައް މާތް ﷲއަށް ޚާލިސް ނުކޮށް އެއީ ސައްޙަ އަޅުކަމަކަށް ނުވާނެކަމަށް ޚުޠުބާގައި ބުނެވިފައި ވެއެވެ.

ﷲ ތަޢާލާ މިދުނިޔޭގައި އެކަލާނގެ އަޅުން އިމްތިޙާނު ކުރައްވައި، އެމީހުންގެ ތެރެއިން އެކަލާނގެއަށް އިޚްލާޞްތެރިކަންމަތީ އަޅުކަން ކުރަނީ ކޮން ބައެއްތޯ ބައްލަވައެވެ. ޤުރުއާނުގައި އެކަލާނގެ ވަހީ ކުރައްވާފައި ވަނީ، އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ.

އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުގެ ތެރެއިން ޘަވާބުނެތިކޮށްލާ ކަންތައްތަކުގެ ތެރޭގައި ކުޑަ ޝިރްކު ވެއެވެ. އޭގެ ތެރޭގައު ކަންދެއްކުން ވެއެވެ. ކަންދެއްކުމާއި ދުރުހެލިވެ ވަޑައިގަތުމަށް ކީރިތި ރަސޫލާ އެކަލޭނގެފާނުންގެ ސަޙާބީންނަށް ނަސޭޙަތްތެރިވެ، ކަންދެއްކުމުގެ ތެރެއަށް ވެއްޓި ވަޑައި ނުގަތުމަށް އެކަލޭނގެފާނު އިރުޝާދު ދެއްވިއެވެ. ކުޑަ ޝިރުކަކީ، ވަރަށް ވަންހަނާކަން ބޮޑު ކަމެއް ކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

އަމިއްލަ އެދުންތައް ބޮޑުވެ، ތާރީފުކުރުމަށް ލޯބިކުރެވުނު ވަރަކަށް، އެމީހެއްގެ އިޚްލާސްތެރިކަމުގެ ބައްތި ކަނިވަމުން ދާނެއވެ. ފަޚުރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް، އެމީހެއްގެ އިޚްލާސްތެރިކަން ފަނޑުވަމުން ދާނެ ކަމުގައި ޚުޠުބާގައި ބުނެއެވެ.  އަދި މާތްﷲ ޤަބޫލު ކުރައްވާނީ އެއްވެސް ކިލަނބުކަމެއް ނެތް، ސާފު ޞާލިޙް ޢަމަލުތަކެވެ. ކީރިތި ރަސޫލާ ހަދީޘްފުޅުން އެނގިގެންދާ ގޮތުގައި، ކަންދެއްކުމުގެ ކުޑަވެސް މިންވަރަކީ ޝިރުކެކެވެ.

މާތްﷲ ވަޙީކުރައްވާފައިވާ ގޮތުގައި، ކަންދެއްކުމަކީ މުނާފިޤުންގެ ސިފައެކެވެ. އަދި ކަންދެއްކުމަކީ، ރަނގަޅު ޞާލިޙު ޢަމަލުތައް ވެސް ފާސިދުވެގެންދާ ކަމެކެވެ. އެކަލާނގެ ވަހީފުޅުން ދޭހަވެގެންދަނީ، ކަންދެއްކުމަށް ކުރާ ނަމާދަކީ ޘަވާބުގެ ބަދަލުގައި އެއިން ޢަޛާބު ލިބެނިވި އަމަލެއްކަމެވެ. އިޚްލާސްތެރިކަމެއް ނެތި ކުރެވޭ ނަމާދަކީ، އޭގައި ފުރާނައެއް ނެތް މައްޔިތެއް ފަދަ އަޅުކަމެކެވެ. ހަމަ އެފަދައިން ޒަކާތް ދިނުމަކީވެސް ﷲގެ ރުހިވޮޑިގަތުމާއި، ﷲގެ ހަޟްރަތުން ޘަވާބު ލިބުމަށް ނޭދި ކުރެވޭ ކަމަކަށް ވެއްޖެނަމަ އެއީ ބާޠިލު ޢަމަލެކެވެ. ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ނަރަކައަށް ވައްދަވާނީ، ކަންދައްކާ މީހުން ކަމުގައި ޚުޠުބާގައި ބަޔާންވެފައި ވެއެވެ.

މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަނީ، އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ކުރާ މަސައްކަތުގައި އިޚްލާސްތެރިވަނީ، އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ މާތްﷲ ދެއްވި މުދަލުން ހެޔޮގޮތުގައި ހޭދަކުރަނީ، އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟

ހުޠުބާގައި ބަޔާންކޮށްފައިވާގޮތުގައި ކަންދެއްކުމަކީ ޝައިޠާނާގެ ދޮރޯށްޓެކެވެ. އެއީ އަޅުގަނޑުމެންގެ ޞާލިޙް ޢަމަލުތައް ޚަރާބުކޮށްލާ ވައިރަހެކެވެ. އަދި މިވައިރަސް މަރައިލުމަށް ބޭނުންކުރަންޖެހޭ ވެކްސިނަކީ، އިޚްލާސްތެރިކަމެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ފޮރުވައި، ވަންހަނާކުރުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. ޝަރުޢީ މަޞްލަޙަތެއް ނެތްނަމަ، އަޅުގަނޑުމެންގެ ޢަމަލުތައް ފާޅުކުރުމާއި ދުރުހެލިވާން ޖެހޭނެއެވެ.

މިޒަމާނަށް ބަލާއިރު، ބައެއް މުސްލިމުން ޞަދަޤާތެއް، ނުވަތަ ޢުމްރާއެއް، ނުވަތަ ރޯދައެއް ހިފުން ފަދަ ޢަމަލެއް ކުރުމަށްފަހު، އެވާހަކަ މީސްމީޑިޔާގައި ފަތުރަމުންދާ ތަން ފެނެއެވެ. މިއީ އެއްވެސް ޝައްކެއް ންތް ގޮތުގައި، ކަންދެއްކުމުގެ ގިއުގަނޑުގެ ތެރެއަށް ފެތޭ އެކަމާ ދުރުހެލިވާންޖެހޭ ކަމެއްކަމުގައި ޚުޠުބާގައި ބުނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!