މައްކާގައި އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ނިޔާވެފައި ވަނީ ނ. އަތޮޅު ހޮޅުދޫ އަށް ނިސްބަތްވާ ފިރިހެނެކެވެ.
އުމުރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ނ. ހޮޅުދޫން ދިޔަ ދިވެހި ފިރިހެނަކު ނިޔާވެފައިވާކަން، ހޮޅުދޫ ކައުންސިލުން ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. އެރަށުގެ ރަށު ކައުންސިލުން މެމްބަރަކު މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް އުޅުނު މީހަކު ނިޔާވެގެން އުޅޭކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައި ނުވެއެވެ.

