ރިޕޯޓް
ވިލިނގިލީ ޒުވާނުންގެ ފުޓްބޯޅަ ދަތުރު
1980 ގެ އަހަރުގެ ކުރީކޮޅު ގއ.ޖަމާޢަތުގެ ގުޅުން ސަރުކާރުން އުފައްދަވައި ބޮޑެތިމީހުންނަށް ކިޔަވައިދީ މަސައްކަތްތެރިކަން ދަސްކޮށްދީ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތުތައް ތަނަވަސް ކުރުމާއެކު ވިލިނގިލީގައިވެސް އަލުން އާރޫޙަކާއެކު ކުޅިވަރުން ކުޅެން ފަށައިފިއެވެ. އަޅުގަނޑުހުރީ ކަންދިމާކުރި ގޮތުން ޖަމާޢަތުގެ ގުޅުމުގެ ސެކްރެޓަރީއަކަށެވެ.
އެދުވަސްވަރުގެ ޙާލަތަކީ ފަރިތަކުރުމަށާއި ކުޅެންވެސް އޮންނަނީ އެންމެ ދެތިން ބޯޅައެވެ. ޖާޒީއާއި ބޫޓު ހޯދަން ފަސޭހައެއް ނޫނެވެ. ތަޖްރިބާ ލިބިފައިތިބި އިހުގެ ކުޅުންތެރިންނެއް ނެތެވެ. ޒުވާނުންގެ ޙަރަކާތްތަކެއް ނެތެވެ. އަވަށްޓެރި ތިނަދޫ ޓީމާއި ވިލިނގިލީގައި ބައްދަލުކުރިޔަސް ތިނަދޫގައި ބައްދަލުކުރިޔަސް މަދުވެގެން ހައެއްކަ ލަނޑު ޖަހައެވެ.
ފުޓްބޯޅައިންވެސް މޮޅުވެވޭނީ ދާންބޭނުންވާ މިޞްރާބު ކަނޑައަޅައިގެން ރޭވުންތެރި ކަމެއްގެ ތެރެއިން ހިތްވަރާއެކު ފަރިތަކޮށްގެން ކަމުން އަޅުގަނޑުގެ އިރުޝާދުގެ ދަށުން ފަރިތަކުރަމުން ކުޅެމުން އައީ އަތޮޅުގެ އެންމެ މޮޅު ޓީމު ބަލިކުރުމުގެ އަޒުމުގައެވެ. ވަރަށްބޮޑެތި އަދި ވަރަށްގިނަ ގޮންޖެހުންތަކާ އެކުގައެވެ.
ފޯއްމުލަކުގައި ބޭއްވި ރާއްޖެތެރޭގެ ފުޓްބޯޅަ މުބާރާތުގައި 1-0 އިން އައްޑު އަތޮޅު ހުޅުމީދޫގެ މައްޗަށް ތިނަދޫ މޮޅުވެ 6-0 އިން ހުޅުމީދޫ އަތުން އަޅުގަނޑުމެން ބަލިވެއްޖެއެވެ. އެހެންވީމާ އެމުބާރާތުގައި ތިނަދޫ ޓީމުން ލަފާ ކުރީ 7-0 އިން ނުވަތަ 6 ލަޑަށްވުރެ ތަފާތު ބޮޑުކޮށް އަޅުގަނޑުމެންގެ މައްޗަށް މޮޅުވެވިދާނެ ކަމަށެވެ. ނަމަވެސް އަޅުގަނޑުބުނީ ނޫން ތިނަދޫއަށް މޮޅުވެވޭނީ 2-0 އިން ކަމުގައެވެ. އެހެން ބުނީ ތިނަދޫޓީމުގެ ކުޅުން ފެނިފައި އޮތުމާއެކު އަޅުގަނޑުމެންނަށް ތިނަދޫޓީމާ ވާދަކުރެވިދާނޭ ކަމުގައި އަޅުގަނޑުމެންގެ މުޅިޓީމަށް ޤަބޫލުކުރެވިފައި އޮތީމައެވެ.
ޖެހިގެން އައިދުވަހު ފޯއްމުލަކުގައި ކުޅެވުނު މެޗްގައި ތިނަދޫ ޓީމާ ކުޅެގެން އަޅުގަނޑުމެން ގއ. ޖަމާޢަތުގެ ގުޅުން ބަލިވީ 3-1 އިންނެވެ. އަޅުގަނޑުމެން ދެވަނަ ހާފުގައި ތިނަދޫގެ މަޝްހޫރު ގޯލްކީޕަރ ޙަސަން ޢަލީގެ ބޯމަތިން ބޯޅައެއް ފޮނުވާލައި ތިނަދޫކޮޅަށް ވިލިނގިލީ ޓީމަކުން ފުރަތަމަ ގޯލް ޖެހީ އޭރު ކޮމިޔުނިޓީ ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ. ޒަރީރު ޙަސަންގެ ހުނަރުތަކުން ބޯޅަ ކޮންޓްރޯލްކޮށް ކުރިއަށް ޖެހެމުން ގޯލްކީޕަރުގެ ޕޮސިޝަން ރަގަޅަށް ބަލާފައި ކީޕަރުގެ ބޯމަތިން ގޯލުގެ މެދަށް ބޯޅަ ފޮނުވާލައި ގެންނެވެ. އެހެން ކަމުން އަޅުގަނޑުމެން އެ ލަނޑު ފާހަގަކުރީ ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ.
ވިލިނގިލީ ޒުވާނުންގެ ޖަމްޢިއްޔާ އުފެދިއްޖެއެވެ. އެއީ 1987 ވަނަ އަހަރެވެ. ހިތްވަރު ދޫނުކޮށް ފަރިތަކުރަމުން އަޖުމަ ބަލަމުން މެޗްތައް ކުޅެމުން ދިޔައީ ކުރިޔަށެވެ. ޕެލޭ ކުރިޔަށް ދިޔަމަގު އެއީ އަޅުގަނޑުގެ ކޯޗިންގ މެނުއަލެވެ. މާލެއިން ފުޓްބޯޅަ ކޯޗެއް ގެނެސްގެން ތަމްރީނު ތަކެއް ހަދައިފީމުއެވެ. ޒުވާނުންނާއެކު ގއ. ކޮމިޔުނިޓީ ސްކޫލްގެ ކުދިންވެސް ތިޔައީ ތަމްރީނު ހޯދަމުންނެވެ.
ފޯއްމުލަކުގައި ބޭއްވި ރާއްޖެތެރޭގެ ފުޓްބޯޅަ މުބާރާތުގައި ޓީމް ކުޅުނު މެޗްތަކުގެ ނަތީޖާއަކީ ޓީމުގެ ފެންވަރު ކަމުގައި ބަލައިގެން އެއަށްވުރެ މޮޅުވެ ކުރިއެރުމަށެވެ. ކޮންމެ ދުވަހަކު ހަތަރެއް ޖަހާނީ ބޯޅައާއި ކަށިގަނޑު ހިފައިގެން އަޅުގަނޑު ދަނޑުގައި ހުއްޓައެވެ. ކުޅޭނެ ބޯޅަނެތުމާއި ކައިރިގޭގެއަށް ބޯޅަގޮސްގެން ބޯޅަފޮރުވައިގެން ކުރިމަތިވި ގޮންޖެހުމާއިއެކު، ކައިރިގޭގެއިން ބޯޅަދަނޑަށް އަޅާ ކުނިނަގައި ވިނަގަނޑު ރީތިކުރަމުން ދޮންވެލިން ދަނޑުކުރަހަމުންނެވެ.
ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ގަޑިއަށް ފަރުވާތެރި ވުމަށާއި، ކިޔަމަންތެރިކަމާއި ރީތި ސުލޫކަކާާއެކު ކުރިއަރައި، ކުޅިވަރަކީ ކުޅިވަރަކަށް ކުޅޭ އެއްޗަކަށް ނުބަލައި ކޮންމެ ކުއްޖަކުވެސް ހުނަރުތައް އިތުރުކުރުމަށް ވާދަވެރިކަމާއެކު އަމިއްލައަށް މަސައްކަތް ކުރުމުގެ މުހިންމުކަން ދަސްކޮށްދެމުންނެވެ. ފުޓްބޯޅަޓީމާއެކު ޒުވާނުންނާ ސަޕޯޓަރުންވެސް ހިމަނައިގެން އަޚްލާޤު ރަގަޅު އުފެއްދުންތެރި ޖީލެއް ބިނާކުރުމުގެ ވިސްނުމާއެކުގައެވެ.
ފަރިތަކުރުންތައް ކުރިއަރުވައި ޓީމުގެ ހުނަރުތައް މަތިކުރަމުން މޫދަށް އެރި ގާނަގައި ފަންޑް ހޯދައިގެން ބޯޅަބިން ބޯޅަދަނޑަކަށް ހަދައިފީމުއެވެ. ވިނަގަނޑު ރީތިކޮށް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ވިލިނގިލީ ބޯޅަދަނޑަކީ ޖުމުހޫރިއްޔާގައި ހަދައި ތިންފޫޓަށް ވަށައިގެން ފާރުރޭނި ދަނޑެއް ހެދިކަމުގައި ވިޔަސް އަޅުގަނޑުމެންނާ ހަމައަށް ލިބުނީ އުވަދެވި ވަޅުތަކާއި، އަކިރިތަކުން ފުރިފައިވާ އަޑިގުޑަ ން ބިމެކެވެ. ދަނޑުގެ ހުރަހާއި ދިގަށް އަދި ކަނުން ކަނަށް “ޝޯޓްކަޓް” މަގުތަކެއް ހުއްޓެވެ.
ވިލިނގިލީ ޒުވާނުންގެ ޖަމްޢިއްޔާގެ ދަޢުވަތަކަށް ތިނަދޫ ފުޓްބޯޅަޓީމް ވިލިނގިއްޔަށް އަތުވެއްޖެއެވެ. ހަނދާންވާ ގޮތުގައި އެއީ 1988 ނުވަތަ 1989 ވަނަ އަހަރެވެ. އަޅުގަނޑުމެންގެ ފުރަތަމަ އެގާރައިގެ އެންމެ މުހިންމު އެއްކުޅުންތެރިޔާ އާދެ ސެންޓަރހާފް މޫސާ މަޖީދު ހުރީ ވަޒީފާގައި ބޯޓުގައެވެ. ފޯއްމުލަމުން މަސްގަނެގެން އައިސް ތިނަދޫ ބޭރުގައި އޮތް ބޮޑުބޯޓު ކައިރީގައެވެ. މަސްގަންނަ ބޯޓު ބާރަށް ދުއްވާފައި މެޗްފެށުމުގެ ކުރިން އައިސް ޖޯޒީ ލެވުނީ ހަމަކިރިޔާއެވެ. މެޗަަށް ނުކުންނަން ޖެހުނީ ފަރިތަ ކޮށްލުމެއް ވެސް ނެތިއެވެ.
ފުރަތަމަ ހާފުގައި އެއްވެސް ބަޔަކަށް ލަނޑެއް ނުޖެހުނެވެ. އެހެންކަމުން އަޅުގަނޑުމެން ކޮޅަށް ލަނޑެއް ވަނަނުދީ މެޗުގެ އެއްހާފުގައި ހިފަހައްޓައި ލެވުނީމައި ޓީމުގެ އިތުބާރު ބޮޑުވެއްޖެއެވެ. އަދި ތިނަދޫގެ މައްޗަށް މޮޅުވުމުގެ އާހިތްވަރެއްލާން ހުރިހާ ކުޅުންތެރިން އަޒުމުކަނޑައަޅައި އަނެއްކާވެސް އަތުގުޅާލައިފިއެވެ. އަޅުގަނޑުގެ ކެޕްޓަނުކަމުގައި އަދި އަޞްލުކޯޗުކަމުގައި ކުޅުނު ވިލިނގިލީ ޓީމު ދެވަނަ ހާފަށް ދަނޑަށް ނުކުތީ މޮޅުވުމުގެ އަޒުމާ ހިތްވަރާ އެކީގައެވެ.
އަޅުގަނޑުމެން އިންޓަވަލްގެ ވަގުތުރޭވީ ކުރިއަށް އަޅުގަނޑަށް ބޯޅައެއް ދީގެން ބޭރުން ކުޅެގެން ލަނޑެއް ޖެހޭތޯ ބެލުމަށެވެ. ކަންދިމާކުރި ގޮތުން އަޅުގަނޑު މާކްކުރަން ހުރި ތިނަދޫ ކުޅުންތެރިޔާގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ދަނޑަށް އަރައިފިއެވެ. އޭގެ ސަބަބުން ބޯޅަ ހިފައިގެން ދުވަން އަޅުގަނޑަށް ފަސޭހަވިއެވެ.
ފަހުހާފުގައި އަޅުގަނޑުމެން ކުޅެމުން ދިޔައީ އުތުރުން ދެކުނަށެވެ. އަޅުގަނޑު ކުޅެމުން ދިޔައީ ކަނާތްފަރާތުން ބޭރުންނެވެ. މެދުތެރެއިން އަޅުގަނޑުމެންގެ ކުޅުންތެރިން ބޯޅަ ހޯދައި މަތިން އަޅުގަނޑަށް ދިން ބޯޅަ ބިމުގައި ޖެހިފައި އެރުމާއެކު މެއިން ކޮންޓްރޯލްކޮށް ޕެނެލްޓީ އޭރިޔާ ތެރެއިން އަރިމަތިން ކުރިއަށް ނުކުމެ ހުރި ތިނަދޫ ކީޕަރ ޙަސަން ޢަލީގެ ބޯމަތިން އަޅުގަނޑު ގޯލްގެ ފަހަތަށް ފޮނުވާލި ބޯޅަ ގޯލަށްވަދެ ތަތްވީ ހުރަސް ދާގަނޑުގެ އުސްމިނުގެ މެދެއްހައި ތަނުން ޕޯސްޓާ ދިމާއަށް އެތެރޭގައެވެ. މިލަނޑުން ތިނަދޫގެ މައްޗަށް ފުރަތަމަ ފަހަރަށް ތާރީޚީ މޮޅުވީއެވެ.
މިނަތީޖާ ތިނަދޫ ޓީމަށް އަދި ސަޕޯޓަރުންނަށް ވެސް ޤަބޫލެއް ނުކުރެވުނެވެ. އަދިވެސް އެމީހުން ބުނަނީ ބޯޅަ ކޮންޓްރޯލް ކުރިވަގުތު އަތުގައި ޖެހުނު ކަމުގައެވެ. މިއީ އާވާހަކައެއް ނޫނެވެ. މިކަހަލަ ވާހަކަ އަބަދުވެސް ޓީމުތަކުން ދައްކައެވެ. އެކަމަކު އެކި މުބާރާތްތަކުގައި އެއްޓީމު އަނެއްޓީމުގެ މައްޗަށް މޮޅުވުމާއި، އެއްޓީމު އަނެއްޓީމުގެ އަތުން ބަލިވުމަކީ މިހާރު އާދައެކެވެ. އެކަމަކު ކުޅުންތެރިންދަނީ އުފެދެމުން މޮޅުވަމުން ކުރިއަރަމުންނެވެ.
މިލިޔުމުގައިވާ ފުޓްބޯޅަ ޓީމްގެ ފޮޓޯއަކީ އިސްވެ މިކިޔައިދިން ވާހަަކައިގެ ފަޚުރުވެރިންނެވެ. ފުރަތަމަ ފަހަރަށް ތިނަދޫގެ މައްޗަށް މޮޅުވި ޓީމެވެ. އެޓީމު އަޞްލުކޯޗު ކެޕްޓަނާއި، މެޗްކުޅޭ ވަގުތުގެ ކޯޗާއި އޮފިޝަލުންނެވެ. ޓީމުގެ ޖޯޒީއަކީ ޑަބަލްބުލް ޓީޝާޓް ކުލަޖައްސައިގެން އަޅުގަނޑުގެ ޑިޒައިނަކަށް އަޅުގަނޑު ތައްޔާރުކުރި ޖޯޒީއެކެވެ. ސޯޓްތައް ފަހައިދިނީ ޞިއްދީޤު ޙަސަނެވެ.
މާގިނަދުވަހެއް ނުވެ އަތޮޅުވެރިޔާގެ ޓްރޮފީ ފުޓްބޯޅަ މުބާރާތްވެސް ފަށައިފިއެވެ. މޮޅުވަމުން ބަލިވަމުން ދެއެވެ. އަދި ރާއްޖެތެރޭގެ ފުޓްބޯޅަ މުބާރާތުގެ އަތޮޅުބުރުން މޮޅުވެ ޒޯން މުބާރާތުންވެސް ވިލިނގިލީ ޓީމުތައް މޮޅުވެއްޖެއެވެ. ކުރިއަށްދަނީ މޮޅުވަމުން ބަލިވަމުންނެވެ. އެއީ ފުޓްބޯޅައާއި ކުޅިވަރުގެ އާދައެވެ. އަބަދުވެސް އެއްބަޔަކު ހެއްވާލާނެއެވެ. އަނެއްބަޔަކު ރޮއްވާލާނެއެވެ.
ފުޓްބޯޅައާއި ކުޅިވަރުގެ ވާދަވެރިކަމާއި ކުޅިވަރު ލީޑަރުން އިތުރުވެ އާކްލަބްތަކާއި ޖަމްޢިއްޔާތައް އުފެދި ފުޓްބޯޅައާއި، އެހެނިހެން ކުޅިވަރުތައް ކުރިއަރަމުން ކުޅުންތެރިންގެ ހުނަރުތައް އިތުރުވެ މޮޅުވަމުންދާން ފަށައިފިއެވެ. ފުޓްބޯޅަތަށީގެ އިތުރުން ވޮލީއާއި ބާސްކެޓްބޯޅަ ކަހަލަ ކުޅިވަރު ތަކުންވެސް ވިލިނގިއްޔަށް ތަށިތައް ގެނެސްފިއެވެ. މިހާރުވެސް ދަނީ ހިތްވަރާއެކު ކުރިއަރަމުން ކާމިޔާބީތައް ހޯދަމުންނެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!