ކުޅިވަރު
5 ޓީމާއިއެކު ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި

ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފިއެވެ.
ޖުމްލަ 5 ޓީމާއެކު ރޭ ފަރެސްމާތޮޑާ ގެ ފުޓްސަލް ދަނޑުގައި ފެށި މުބާރާތް ހުޅުވައި ދިން މެޗް ގައި ބައްދަލު ކުރީ މާތޮޑިއަންސް އާއި އެފްސީ ކަންމަތި އެވެ. މި މެޗް 6-0 ކާމިޔާބުކުރީ މާތޮޑިއަންސް އެވެ.

ކޮންމެ ރެއަކު 2 މެޗް ކުޅޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގެ 2 ވަނަ މެޗުގައި ބައްދަލު ކުރީ ކުޑަ ކަންމަތި އާއި ބެންޑިޓް އެވެ. މި މެޗު 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ބެންޑިޓް އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ:
– މާތޮޑިއައަންސް
– އެފްސީ ކަންމަތި
– ކުޑަ ކަންމަތި
– ކްލެސިކް ރޯޔަލް
– ބެންޑިޓް

ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން މުހައްމަދު ލަތީފް އާއި ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ އެވެ.

ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ޓީމުތަކަށާއި މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ރަށުގެ ކުޑަކުދިން ތަކެއް ވަނީ ވަރަށް ފުރިހަމަ ނެށުމެއް ހުށަހަޅައިދީފައެވެ. އަދި މެޗެއް ދައުވަތު ދެވިގެން ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވަނީ ބައިވެރިވި 5 ޓީމާއި ސަލާމް ކޮށްފައެވެ.

ޖެނުއަރީ 6 ވަނަ ދުވަހު ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިރޭ ފުރަތަމަ މެޗް ގައި ބައްދަލު ކުރާނީ ކްލެސިކް ރޯޔަލްސް އާއި އެފްސީ ކަންމަތީ އަދި 2 ވަނަ މެޗް ގައި ބައްދަލު ކުރާނީ ރޭ ކުޅުނު 2 މެޗުން މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅު ކޮއްފައިވާ މާތޮޑިއަންސް އާއި ބެންޑިޓް އެވެ.

” ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް” ގައި މުޅިންވެސް ބައިވެރި ވެފައި ވަނީ ފަރެސްމާތޮޑާގެ ޓީމު ތަކެވެ. ފަރެސްމާތޮޑާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އެއްބާރުލުންތެރިކަމާއެކު ކުރިއަށް ގެންދާ ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް ކުރިއަށް ދަނީ ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ކަން ކައުންސިލުން ފާހަގަ ކުރެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!