ޚަބަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުން ފަރެސްމާތޮޑައަށް ފަސޭހަ މޮޅެއް

ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021 ގެ އަންހެން ޑިވިޝަންގެ ފުރަތަަމަ މެޗު ގދ ފަރެސްމާތޮޑާ ޓީމުން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ. މިމެޗު ޝަރަފްވެރި ކޮށްދެއްވީ، ހުވަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. ޝައިސްތާ އަލީ އަދި މެޗުގެ ހާއްސަ މެހެމާނަކީ ތިނަދޫ ކައުންސިލްގެ މެމްބަރު އައިޝަތު ލިއުޝާ ޒުބައިރު އެވެ.

ގދ ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިރޭ ކުޅުނު މެޗު ފަރެސްމާތޮޑާއިން ކާމިޔާބު ކޮށްފައިވަނީ، 3 ސެޓުންވެސް މޮޅުވެގެންނެވެ.

މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ފަރެސްމާތޮޑާ ޓީމުން މޮޅު ކުޅުމެއް ދައްކައި އެ ސެޓު ކާމިޔާބު ކޮށްފައިވަނީ 25-10 އިންނެވެ. ފުރަތަމަ ސެޓާއި  ހިލާފަށް ދެވަނަ ސެޓުގައި މަޑަވެލިން ރީތި ކުޅުމެއް ދެއްކި ނަމަވެސް ފަރެސްމާތޮޑާއިން ވަނީ މަޑަވެލި މައްޗަށް ކުރި ހޯދައި އެސެޓުވެސް 25-13 އިން ކާމިޔާބު ކޮށްފައެވެ.

ފުރަތަމަ ދެސެޓުން ލިބުނު ތަޖުރިބާގެ އަލީގައި މަޑަވެލިން ކުޅުން ވަރުގަދަކޮށް އެއްވަރެއްގައި ހިފެހެއްޓި ނަމަވެސް ފަހު ސެޓުވެސް ކާމިޔާބު ވާނެ ގޮތެއް މަޑަވެލި ޓީމަށް ވަނީ ނުވެފައެވެ. އެގޮތުން އެސެޓު ފަރެސްމާތޮޑާއިން ކާމިޔާބު ކޮށްފައިވަނީ، 25-14 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފަރެސްމާތޮޑާ ޓީމުގެ ޖަރޒީ ނަންބަރު 10 މާޔާ ހުސައިން ސަލާހް އެވެ.

މިމެޗަށްފަހު މިރޭ ދެން ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަންގެ ދެވަނަ މެޗެވެ. އެގޮތުން މިމެޗުގައި ބައްދަލު ކުރާނީ ގދ ފިޔޯރީ އާއި ގދ ރަތަފަންދޫއެވެ.

މި މުބާރާތުގެ މެޗުތައް އަންހެން ފިރިހެން ދެ ޑިވިޝަން އަށް  ބަހާލައިގެން ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް 10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާވެސް ހޮވިގެން ދާނެއެވެ.

“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!