ކުޅިވަރު
ގދ އަތޮޅުކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް :މޮޅު ކުޅުމެއް ދައްކައި ރަތަފަންދޫގެ މައްޗަށް ފިޔޯރީ ކުރިހޯދައިފި

ގދ ފިޔޯރީގައި ކުރިއަށްދާ އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގެ ފިރިހެން ޑިވިޝަންގެ ދެވަނަ މެޗު، ރަތަފަންދޫ ބަލިކޮށް ފިޔޯރީ މެޗު ކާމިޔާބުކޮށްފިއެވެ.

މިރޭ ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ކުޅުނު މިމެޗުން، ރަތަފަންދޫގެ މައްޗަށް ފިޔޯރީއިން ކުރި ހޯދާފައިވަނީ، 3-0 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ފިޔޯރީ ޓީމުން ދެެއްކި މޮޅު ކުޅުމާއެކު ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައިވަނީ، 25-17  އިންނެވެ. އަދި ދެވަނަ ސެޓުންވެސް ކުރި ހޯދައި ބޮޑު ތަފާތަކުން އެސެޓުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން ދެވަނަ ސެޓު ކާމިޔާބު ކޮށްފައިވަނީ 25-15 އިންނެވެ.

މެޗުގެ ފަހު ސެޓުގައި ދެޓީމުންވެސް މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ. ނަމަވެސް އެސެޓުވެސް ފިޔޯރީއިން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައިވަނީ 25-17 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފިޔޯރީ ޓީމުގެ ޖާޒީ ނަންބަރ 12 އަލީ ހުޒާމް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ހުޒާމް–ފޮޓޯ: ނަލަފޮޓޯ / އަލީ ލައިޝާން ޒާހިރު

މިމުބާރާތުގެ ދެން މެޗުތަކެއް ކުޅެން ހަމަޖެހިފައިވަނީ މާދަމާ ހަވީރުން ފެށިގެންނެވެ. އެގޮތުން މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ، މުބާރާތުގެ އަންހެން ޑިވިޝަންގެ ރަތަފަންދޫ އާއި ފިޔޯރީއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފިރިހެން ޑިވިޝަންގެ ގައްދޫ އަދި ފަރެސްމާތޮޑާއެވެ. މާދަމާގެ ދެވަނަ މެޗު ކުޅުމަށް ތާވަލު ކޮށްފައިވަނީ މާދަމާ ރޭ 20:00 ޖަހާއިރު އެވެ. އަދި މާދަމާގެ ފަހު މެޗުގައި ބައްދަލުކުރާނީ، އަންހެން ޑިވިޝަންގެ ގައްދޫ އަދި ފަރެސްމާތޮޑާއެވެ.

މި މުބާރާތުގެ މެޗުތައް އަންހެން ފިރިހެން ދެ ޑިވިޝަން އަށް  ބަހާލައިގެން ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް 10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާވެސް ހޮވިގެން ދާނެއެވެ.

“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!