ޚަބަރު
ހޯމް ސްޓޭ ޓޫރިޒަމް ވަގުތުން ހުއްޓާލުމަށް ސަލަފުން ގޮވާލައިފި

ހޯމް ސްޓޭ ޓުއަރިޒަމް ވަގުތުން ހުޓާލުމަށް ގޮވާލައި ބަޔާނެއް ސަލަފު ޖަމްޢިއްޔާ އިން ނެރެފިއެވެ.

ސަރުކާރުން ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ހޯސް ސްޓޭ ޓޫރިޒަމާ ގުޅުވައިގެން ސަލަފު ޖަމުއިއްޔާގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު މި ނޫސް ބަޔާނުގައި ހޯމް ސްޓޭ ޓުއަރިޒަމް ވަގުތުން ވަގުތަށް ހުއްޓުމަށް ގޮވާލާފައި ވުމުގެ އިތުރުން ތަރައްގީގެ ނަމުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ތައާރަފުކޮށް، ބަނގުރާ އާއްމު ކުރުމަށް ޓަކައި ހައްދުފަހަނަ އަޅާފައިވާ ލާދީނީ ބާރުތަކުން ކުރަމުން އަންނަ މަސައްކަތެއްގެ ގޮތުގައި ހޯމް ސްޓޭ ޓުއަރިޒަމް ސިފަކޮށްފައި ވެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ އޭގެ ތެރެއިން ބައެއް ކަންކަން ރައްޔިތުން ނުކުމެ ހުއްޓުވާފައިވާއިރު އަނެއްބައި ކަންކަން ފައިސާގެ ދަހިވެތިކަން ދައްކައިގެން ރައްޔިތުން ލައްވާ މިހާރު ވެސް ކުރުވަމުން އަންނަ ކަމަށެވެ. ހޯމް ސްޓޭ ޓޫރިޒަމަކީ ދަރިންގެ އިއްފަތާއި، އަބުރު ގެއްލި، އާއިލާތައް ރޫޅުމުގެ އިތުރުން މި ގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެންދާނެ ކަމެއް ކަމަށް ޖަމިއްޔަތުލް ސަލަފުން ދެކެއެވެ. އަދި ހޯމް ސްޓޭ ޓުއަރިޒަމްގެ ސަބަބުން، ލިބޭ އިގްތިސޯދީ ނަފާއަށްވުރެ ރަށުގެ އަހްލާގީ ފޭރާން ވީދި ހަފުސްވެ، ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި ސާދާ ތާހިރު ދިރިއުޅުން ނެތިގެން ހިގައިދާނެކަމަށް އެޖަމްޢިއްޔާއިން ދެކެއެވެ.

“ހޯމް ސްޓޭ ތައާރަފް ކުރުމަކީ އޭގެ ސަބަބުން އެބައެއްގެ ހިމާޔަތާއި ރައްކާތެރިކަމުގައި އަޅުގަނޑުމެންގެ ޖާނާއި މާލުން ގުރުބާންވާންޖެހޭ، އަޅުގަނޑުމެން އަހުލުންނާއި، ދަރިންގެ އިއްފަތާއި، އަބުރު ގެއްލި، ޢާއިލާތައް ރޫޅި، މިގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެން ދާނެ ކަމެއްކަން ކަށަވަރު،” ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.

ލިބޭ މާލީ މަންފާއަކަށް ދަރިންގެ މުސްތަގްބަލު ނުރައްކަލުގެ ތެރެއަށް ވައްޓާނުލުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ޖަމްއިއްޔަތުއްސަލަފުން ގޮވާލާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ހޯމް ސްޓޭ ޓޫރިޒަމަކީ މީހުން ދިރިއުޅޭ ގެއެއްގައި ފަތުރުވެރިއަކު ފައިސާ ދީގެން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ. ރާއްޖޭގައި ހޯމް ސްޓޭ ޓޫޒިޒަމް އިއްޔެ ވަނީ ތައާރަފް ކޮށްފައެވެ. ޓޫރިޒަމްގެ ހޯމް ސްޓޭ މުޅިން އާ ކޮންސެޕްޓަށް، ފެށި ހޯމް ސްޓޭ ޓޫރިސްޓުންގެ ފުރަތަމަ ގުރޫޕަށް މ. ދިއްގަރުން ވަނީ ވަރަށް ހޫރު މަރުހަބާއެއް ކިޔާފައެެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!