ޚަބަރު
ހޯމް ސްޓޭ ވިޔަފާރިތަކަށް ފެނަކައިން ލުއި ދެނީ

ހޯމްސްޓޭ ޓްއަރިޒަމްގެ ވިޔަފާރިތަކަށް ލުއި ދޭން ފެނަކައިން ނިންމައިފި އެވެ.

މ. ދިއްގަރުގައި ހޯމްސްޓޭ ޓުއަރިޒަމްް ފެށުމަށް އިއްޔެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ދެއްކެވި ވާހަކަފުޅުގައި ފެނަކައިން މި ނިންމުންވަނީ އިއުލާންކޮށްފައެވެ.

ފެނަކައަކީ، ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ. ދިއްގަރުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްވެސް ދެމުން އަންނަނީ ފެނަކައިން އެވެ.

ވިޔަފާރިތަކަށް ކަރަންޓުގެ ޚިދުމަތްތަކަށް ފެނަކައިން ނަގަނީ އަގުބޮޑުކޮށް ވަކި ރޭޓެއްގަ އެވެ. ހޯމް ސްޓޭ ޓުއަރިޒަމް ކުރިއެރުވުމަށް ފެެނެކައިން ދެމުންދާ ޚިދުމަތުން ލުޔެއް ލިބުމަކީ މިވިަޔަފާރި ކުރިއެރުވުމަށް ލިބޭ އިތުރު ހިތްވަރެކެވެ. މިގޮތުން ހޯމްސްޓޭގެ ވިޔާފަރިތައް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް ފަހު މި ހިދުމަތްތަކަށް ވަކިން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.

ނަމަވެސް މިއަދު ދިއްގަރުގައި ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ ހޯމްސްޓޭތަންތައް ރަޖިސްޓްރީ ކުރުމަށް ވަކިން ފެނަކައިގައި ރަޖިސްޓްރީ ކުރުމަށް ތިން މަހެއްްހާާ ދުވަސް ދޭނެ ކަމަށެވެ.

އަދި ހޯމްސްޓޭގެ ތަންތަނަށް ފެނާއި ކަރަންޓު ފަދަ ހިިދުމަތްތައް ގާާއިމްކުރުމަށް ކުުރަަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށެވެ.

ހޯމްސްޓޭ ދިއްގަރުގައި ރަސްމީކޮށް ފެށިއިރު މިރަަށުން އަދި ހިދުމަތް ދޭން ފެށީ އެންމެ ގެއަކުން ނެވެ. މި ގޭގައި މިހާރު ހަަތަރު ފަތުރުވެރިން ދަނީ ޗުއްޓީ ހޭދަކުރަމުން ނެެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!