ކުޅިވަރު
ގދ އަތޮޅުކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: ފިޔޯރީ ޓީމުން ރަތަފަންދޫ ޓީމުގެ މައްޗަށް ކުރިހޯދައިފި

ގދ ފިޔޯރީގައި އިއްޔެ ފެށި އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގެ އަންހެން ޑިވިޝަންގެ ދެވަނަ މެޗު، ރަތަފަންދޫ ބަލިކޮށް ފިޔޯރީ ކާމިޔާބުކޮށްފިއެވެ.

ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ކުޅުނު މިމެޗުން، ރަތަފަންދޫގެ މައްޗަށް ފިޔޯރީއިން ކުރި ހޯދާފައިވަނީ، 3-0 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ފިޔޯރީ ޓީމުން ދެެއްކި މޮޅު ކުޅުމާއެކު ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައިވަނީ، 25-18 އިންނެވެ. އަދި ދެވަނަ ސެޓުންވެސް ކުރި ހޯދައި ބޮޑު ތަފާތަކުން އެސެޓުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން ދެވަނަ ސެޓު ކާމިޔާބު ކޮށްފައިވަނީ 25-14 އިންނެވެ.

މެޗުގެ ފަހު ސެޓުގައި ދެޓީމުންވެސް ވާދަވެރި ކުޅުމެއް ވަނީ ދައްކާފައެވެ. ނަމަވެސް އެސެޓުވެސް ފިޔޯރީއިން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފިޔޯރީ ޓީމްގެ ޖާޒީ ނަންބަރު 7 އާމިނަތު އަރީޝާއެވެ.

ފިޔޯރީއާއި ރަތަފަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން- ހުވަދޫފޮޓޯ: ހިލްޓަން އާސިފް

މިމުބާރާތުގެ ދެން ބައްދަލު ކުރާނީ، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގައްދޫ އާއި ފަރެސްމާތޮޑާއެވެ. އަދި މިރޭ ކުޅޭނެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަންގެ ގައްދޫ އަދި ފަރެސްމާތޮޑާއެވެ. މިރޭގެ މެޗު ކުޅުމަށް ތާވަލު ކޮށްފައިވަނީ 20:00 ޖަހާއިރު އެވެ.

“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!