ޚަބަރު
އާރަށު މައްސަލައިގައި ޔާމިނަށް ރިޝްވަތްދިންކަމަށް ބުނާ ފަރާތަށް ވަކީލެއް ހަމަޖައްސަން މުއްދަތެެއް ދީފި

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ވ.އާރަށް ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ރިޝްވަތްދިންކަމަށް ދައުލަތުން ބުނާ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދެވުނު ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމުގައި އެމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް، މައްސަލައިގެ ލިޔެކިޔުންތައް ލިބިއްޖެތޯ ޔޫސުފް ނައީމް ގާތުގައި ވަނީ އައްސަވާފައެވެ. ނަމަވެސް ވަކީލަކާއިނުލާ ޖަވާބުދާރީވާން ޔޫސުފް ނައީމް އުޒުރުވެރިވެވަޑައިގަތެވެ. އަދި ވަކީލަކު ހަމަޖައްސަން ހަތަރު ހަފްތާގެ މުއްދަތެއް ދިނުމަށް ވަނީ ކޯޓުގައި އެދިފައެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން ޔޫސުފް ނައީމްއަށް ވަކީލަކު ހަމަޖައްސަން ދެއްވީ 10 ދުވަހުގެ މުއްދަތެކެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީން އާއި އެމަނިކުފާނުގެ ވަކީލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް ބަލަން ނުލިބޭކަމުގެ ޝަކުވާ ވަކީލުން ވަނީ ކޮށްފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމްގެ އަތުން 1 މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ) ނަންގަވައި ލޯންޑާކުރެއްވިކަމުގެ ތުހުމަތު ދައުލަތުން ވަނީ ޔާމީންގެ މައްޗަށް އުފުލާފައެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތް ދިނުމުގެ ދައުވާއެވެ.

މިމައްސަލައާއި ގުޅިގެން މިމަހު 13 ވަނަ ދުވަހު ހެދުނު 9:30 އަޑުއެހުމެއް ވަނީ ތާވަލްކުރެވިފައެވެ. މިއަޑުއެހުމުގައި ހައްގުތައް ކަށަވަރުކުރުން އޮންނާނެ ކަމަށާއި މިމަހު 27 ވަނަ ދުވަހު ހެދުނު 9:30 އަށް ތާވަލްކުރެވުނު އަޑުއެހުމުގައި ދައުވާ އިއްވުމާއި ޖަވާބުދާރީވުން ކުރިއަށް ގެންދާނެ ކަމަށް ޤާޒީ ވަނީ ވިދާޅުވެފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!