މަޢުލޫމާތު
ބައްޕަގެ ޒިންމާއަކީ ހަމައެކަނި ބިލުތައް ދައްކާ މީހާއަށް ވުމެއް ނޫން

ބައްޕަގެ ޒިންމާއަކީ ހަމައެކަނި، އާއިލާގެ ޚަރަދުތަކާއި، ބިލްތައް ދައްކައި، ލިބިފައިވާ ކުދިން ވަންނާނެ ބޯހިޔާ ވަހިކަމެއް ހަމައެކަނި ފޯރުކޮށްދިނުމެއް ނޫނެވެ. އެއްވެސް ހާލެއްގައި މިއިން އެއްވެސް ކަމަކީ މުހިންމު ނޫން ކަންކަންގޮތުގައި ނުދެކެމެވެ. ނަމަވެސް މިހުރިހާ ކަމަކާއި އެއްވަރަށް ލިބިފައިވާ ކުދިންނަށް ބައްޕަގެ ލޯތްބާއޮ އަޅާލުން ބޭނުންވުމާއިއެކު، އެކުދިންގެ ކަންކަމަށް ބައްޕަ އިސްކަން ދިނުން މުހިންމު ކަމުގައި ދެކެމެވެ.

ރަނގަޅު ބަފައެއް ކަމުގައިވާނަމަ، އާއިލާއިން، އެމީހެއްގެ އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި އެންމެ ކައިރީގައި ވާނެއެވެ. ތެދެކެވެ. ކޮންމެ ބައްޕަޔަކީ، އަދާކުރާ ވަޒީފާގެ ގޮތުން ނުވަތަ، ކާންބޯން ކުރާ މަސައްކަތުގެ ސަބަބުން، އާއިލާ ކައިރީގައި ދިރިއުޅެން އުޒުރުވެރިވާ ފަރާތަކަށް ވެދާނެއެވެ. ނަމަވެސް ކިތަންމެ ދުރުގައި ހުރި ނަމަވެސް، އާއިލީ ގުޅުން ދަމަހައްޓައި ގާތްކަން ދެމެހެއްޓިދާނެއެވެ. މިގޮތުން، ގިނަ ގިނައިން ދަރިންނާއި އަނބިންނަށް ގުޅައި، ވީޑިއޯ ކޯލްކޮށް، ގުޅުން ބަދަހިކޮށް، ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަދައިން، އަބި ދަރިންނަށް ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ކަންތައްތަކުގައި ބައިވެރިވެ، ޚިޔާލާއި ފިކުރު ހިއްސާކޮށް، ދިރިއުޅުމުގެ އެއްބައިގެ ގޮތުގައި، އަބަދުވެސް ވާކަމަމުގެ އިޙްސާސް އާއިލާއަށް ގެނެސްދެވިދާނެއެވެ.

ތެދެކެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބަފައިންނަކީ، ދިރިއުޅުމުގައި އަދާކުރާ ވަޒީފާއިން ލިބޭ އާމްދަނީއިން، ފޯރުންތެރި ދިރިއުޅުމެއް ނޫޅެވޭ މީހުންނެވެ. އެހެން ކަމުން، ލިބޭ ހުސްވަގުތުވެސް، އާމްދަނީ ހޯދުމަށް ކޮންމެވެސް އިތުރު މަސައްކަތެއް ކުރަން މަޖުބޫރުވެއެވެ. މީގެ އިތުރުންވެސް ތަފާތު ޕާޓްޓައިމް ވަޒީފާތަށް އަދާކުރާ ބަފައިންވެސް އުޅެއެވެ. އަދި ލިބޭ އާމްދަނީ މަދުވެ، ޚަރަދުތަށް ފޫނުބެއްދޭތީ، ދެމަފިރިން ވަޒީފާ އަދާކުރާ އާއިލާވެސް ނިސްބަތުން ގިނަކަމުގައި ފާހަގަ ކޮށްލެވެއެވެ. މިފަދަ ގޮތަކަށް ދިރިއުޅުމުގެ ކަންކަން ބައްޓަން ވެފައި ހުރުމުން، ބައެއް މައިންނަށްވެސް، އަދި ބަފައިންނަށްވެސް، ދަރިންނާއި އެކު، ގިނަވަގުތު ހޭދަ ނުކުރެވި، ކުދިންނާއި ބާއްވަންޖެހޭ ގުޅުން ކުޑަވެ، ކުދިންގެ ބޭނުންތަކާއި، ކުދިންގެ ޚިޔާލާއި ފިކުރު ރަނގަޅަށް ނޭނގި ދަރިންނާއި އޮންނަ ގުޅުން ހީނަރުވެގެން ދެއެވެ.

ރަނގަޅު ބައްޕަޔަކީ، މަންމައެކޭ އެއްފަދައިން ދަރިން ތަރުބިއްޔަތު ކުރުމުގައި ޒިންމާ ނަގާފަރާތެވެ. އެމީހަކީ އޭނާގެ ފިރިހެން ދަރިންނަށް މައިންބަފައިންނަށް އިޙްތިރާމްކޮށް އަޅާލާން ދަސްކޮށްދޭ ފަރާތެވެ. އަދި އަންހެން ދަރިންނަށް، އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ނަސޭހަތްތެރިވެ، އަންހެނުންނަށް އިޙްތިރާމް ނުކުރާ ފިރިހެނުންގެ މަޅީގައި ނުޖެހުމަށް ނަސޭހަތްތެރި ވާނެއެވެ. ކެތްތެރި، ހިތްހެޔޮ، އަޅާލާ، އަދި ދަރިން އެމީހަކާއެކު ގިނަވަގުތު ހޭދަކުރަން ބޭނުންވާ ފަރާތަކަށް ބައްޕަ ވުން މުހިންމެވެ.

ރަނގަޅު ބަފައިން ދަރިން ޝައުގުވެރިވާ ކަންތައްތަކަށް އިސްކަން ދިނުމާއިއެކު، ދަރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ދަރިންނާއި، ބައިވެރިޔާއަށް އެއްވެސް ގޮތަކަށް މަކަރާއި ހީލަތް ހަދައި އޮޅުވާލުމެއް ނެތި، ތެދުވެރިވެ ވަފާތެރިވާނެއެވެ. ބައިވެރިޔާ އަދި ދަރިންނާއިއެކު، ހޭދަކުރާ ވަގުތަކީ އެންމެ ބޭނުންތެރި ވަގުތުގޮތުގައި ހެދުމާއިއެކު، ގެ އަހަރަމެން އެންމެން ނިސްބަތްކުރާ ތަނަކީ ގެއަކަށް ހެދުމުގެ މުހިންމު ޒިންމާ އުފުލާ ފަރާތަށް ބައްޕަ ވާނެއެވެ.

މިދުނިޔޭގައި ރަނގަޅު ބަފައިންނަކީ އެހާ އާންމު ބައެއް ނޫނެވެ. ނަމަވެސް ގިނަ ބަފައިންނަކީ ދަރިންނާއި އަނބިންނާއު ދޭތެރޭ ފުންކޮށް ވިސްނާ އޯގާތެރި މީހުންނެވެ. ތަފާތު ސަބަބުތަކާއި، ދިރިއުޅުމުގައި ދެމަފިރިން ވަކިވުމާއި، މިފަދަ ތަފާތު ކަންތައްތަކާއި ގުޅިގެން، ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވެއެވެ. ރަނގަޅު ބައްޕައަކީ، މިފަދަ ގޮންޖެހުންތަކާއި އެކުވެސް ދަރިންނައި އަބިންނަށް އެންމެ ކައިރިން ދަންނަ، ބޯހާސް ކުރުވާ ފަރާތެއްގެ ބަދަލުގައި ދަރިންގެ އުފަލާއި ހިތާމައިގައި ބައިވެރިވާ މީހާއެވެ. ރަނގަޅު ބަފައިން ދަރިން ކުރަން ބޭނުންނުވާ ކަންކަން ދަރިންނަށް މަޖުބޫރުކޮށްގެން ކުރުމަށް ބާރު ނާޅާނެއެވެ. ބަފައިންނަކީ ދަރިންނަށް ރަނގަޚު މަގުދައްކައިދޭ ފަރާތެވެ.

ރަނގަޅު ބަފައަކީ، ދިރިއުޅުމުގެ ހުރިހާ ކަމަކަށްވުރެ، ދަރިން އަދި ބައިވެރިޔާ އިސްކުރާ މީހާއެވެ. އަދި މިކަން އޭނާގެ ދިރިއުޚުމުގައިވާ ހުރިހާ އެންމެން ދަންނާނެއެވެ. އާއިލާއަކީ އެންމެ އަގު ބޮޑު މާލިއްޔަތު ކަމުގައި ދެކުމާއިއެކު، އެކަން އާއިލާއަށް އަބަދު ވިސްނައިދޭން މަސައްކަތް ކުރާނެއެވެ. ތެދެކެވެ. ދިރިއުޅުމުގައި ތަފާތު ގޯސް ދުވަސްތައް ކުރިމަތިވާނެއެވެ. ނަމަވެސް އާއިލާގެ އެއްވެސް ފަރާތެއް ބާކީ ނުކުރުމާއެކު، އެއްވެސް މީހަކު މަތިން ހަނދާން ނައްތާ ނުލާނެއެވެ.

ރަނގަޅު ބައްޕަޔަކަށް ވުމަކީ، ބައެއް މީހުން ހީކުރާ ފަދަ އުދަނގޫ ކަމެއް ނޫނެވެ. ތިބާ ދެކެ ލޯބިވާ ފަރާތްތަށް ދެކެ ލޯބިވާށެވެ. މިއީ ރަނގަޅު ބައްޕަޔަކަށް ވުމަށް ކުރެވިދާނެ ފުރަތަމަ ކަމެވެ. ބައްޕައެއްގެ ޒިންމާ އަދި މަސްއޫލިއްޔަކީ، ގޭގެ ޚަރަދުތައް ބެލެހެއްޓުމާއި ތަފާތު ބިލުތައް ދެއްކުން އެކަނި ކަމުގައި ނުދެކޭށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ވަފާ

    ވަރަށް ފުރިހަމަ ލިޔުމެއް ބައްޕަމެނަށް ހެޔޮވިސްނުން ދެއްވާންދޭވެ