ވާހަކަ
އިންތިޒާރު

އަހަރެންގެ އުމުރުން އޭރު 15 އަހަރެވެ. ސްކޫލް ދައުރުގައި އުޅުނު އިރު އަހަރެންނަށް ކަމުދިޔަ ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. އެއީ އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ލޯބި ވަދެގަތް ހިސާބެވެ. އަހަރެންގެ ލޯބިވެރިޔާ ކިޔަވަނީ އެހެން ސްކޫލެއްގައި ކަމުން ބައްދަލު ކުރެވެނީ ވަރަށްވެސް އުނދަގުލުންނެވެ. ދެފަރާތުގެ އާއިލާ އަށްވެސް ނާންގާ ދެމީހުންގެ ލޯބީގެ ގުޅުން އޮތީ ހަމަ އެކަނި ފޯނުގައި ވެސް ބުނެވިދާނެއެވެ.

ގްރޭޑް ދިހައެއް ނިންމާލުމަށް ފަހު އާދައިގެ ވަޒީފާއަކަށް ނިކުމެ ލިބުނު ކުޑަ މުސާރައިން ބޭނުންވާ ތަކެތި ގަނެގެން ދިރިއުޅުނީމެވެ. ލިބޭ ހުސް ވަގުތު އަހަރެން ގެ ލޯބިވެރިޔާއަށް ފޯނުން ގުޅައިގެން ވާހަކަދައްކަމެވެ.

އެއްދުވަހެއްގެ ފޯނުކޯލަކުން އަހަރެންގެ ލޯބިވެރިޔާ އަހަރެން ވަރަށް ދެރަވި ޚަބަރެއް ދިނެވެ. އިތުރަށް ކިޔެވުމަށް އޭނާގެ މަންމަ އާއި ބައްޕަ ގެ އެދުމަށް މެލޭޝިއާއަށް ބަދަލުވާން ޖެހުނު ވާހަކައެވެ. މިވާހަކަ އަޑު އަހާފައި އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. އިތުރަށް ހަދާނެ ގޮތެއްވެސް ނުވިސްނުނެވެ. އަހަރެންގެ އާއިލާ އަކީ އެހާ ތަނަވަސް އާއިލާއެއް ނޫނެވެ. އެހެން ނޫންނަމަ އަހަރެންވެސް މެލޭޝިއާ އަށް ބަދަލުވާނަމެވެ.

މާގިނަ ދުވަހެއް ނުވެ އަހަރެންގެ ލޯބިވެރިޔާ މެލޭޝިއާ އަށް ފުރައިފިއެވެ. ބޮޑު މާލެތެރެއަށް އަހަރެން ދޫކޮށްލީ އޭނާ އަށް އިންތިޒާރު ކުރާށޭ ބުނުމަށްފަހުގައެވެ. އޭނާ މެލޭޝިއާށް އަށް ބަދަލުވުމަށްފަހު ފޯނުންވެސް ވާހަކަ ދައްކާލެވެނީ މަދު ފަހަރެއްގައެވެ. އަހަންނަށް ލިބޭ ހުސްވަގުތުގައި ކުރާނެ އިތުރު ކަމެއް ނެތެވެ. އިންތިޒާރު ކުރުން އެއީ އަހަންނަށް ކުރެވޭނެކަމަކާއި މެދު ހިތުގައި ޝައްކު އުފެދިއްޖެއެވެ. އެހެން ނަމަވެސް އަހަރެންގެ ލޯބިވެރިޔާއަށްޓަކައި، އެކަނިވެރިކަން އިހުސާސް ވިޔަ ނުދޭން އަހަރެން މަސައްކަތް ކުރީ އަހަރެންނަށް ލިބޭ ހުސްވަގުތުގައި އާމްދަނީ އިތުރުކުރުމަށް އެހެން މަސައްކަތެއްވެސް ފެށީމެވެ.

ދުވަސްތަށް ގުނަމުން ގޮސް، 3 އަހަރު ފާއިތުވެ ދިޔައިރު، އަހަރެން އުޅުނު އަދާއިގެ ވަޒީފަ ރަނގަޅު ވަޒީފައަކަށް ބަދަލުވެ އޭގެ ފަހުން ހުސްވަގުތުގައި ކުރަމުން އައި އެސްޓިމޭޓް މަސައްކަތްތައް މިއަދު އަމިއްލަ މުވައްޒަފުން ލައިގެން ހިންގާ ވިޔަފާރިއަކަށް ވެއްޖެއެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އައި އިރުވެސް، އަހަރެންގެ ލޯބިވެރިޔާ ބަދަލެއް ނުވެއެވެ. ދެމީހުން ގެ ހުސްވަގުތުގައި ވެސް ފޯނުން ގުޅައި ވާހަކަ ދައްކާ ހަދަމެވެ. ދަތި އުނދަގޫ ދުވަސް ތަށް ތަހައްމަލު ކުރަމުން އައިސް މިއަދު ބޮޑޮ ފައިދާއެއް ވާ ވިޔަފާރީއެއްގެ ވެރިމިހާކަމުގައި ވީއިރު، މި ހުރިހާ ކަމެއްގެ ފަހަތުގައި ވީ، އަހަރެންގެ ލޯބިވެރިޔާ އަހަންނަށް ދިން ހިތްވަރުކަމުގައި ހަނދާނުގައި ބެހެއްޓީމެވެ.

އަހަރެންގެ ކާމިޔާބީގައި އަހަރެންގެ ލޯބިވެރިޔާގެ ހިއްސާވަރަށް ވެސް ބޮޑެވެ. އެކަމަށް އަހަރެން ޝުކުރު އަދާކުރަމެވެ. އަހަރެންގެ ރަހުމަތްތެރިންގެ ބޮޑު ސުވާލަކަށް ވެފައި އޮންނަނީ ދުރުގައި ހުރި ލޯބިވެރިޔާއަށްޓަކައި ޒުވާންފިރިހެނަކު ވަފާތެރިވާންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ ރަނގަޅެވެ. ދެއިރު ދެ ދަޅައަށް ލޯބިވެރިން ބަދަލު ކުރާ މިޒަމާނުގައި އަހަރެން އެންމެ އަންހެނަކަށްޓަކައި ހުސްވެގެން ހުންނަންވީ ކީއްވެހެއްޔެވެ؟ އެވެސް އަދި މާ ދުރުގައި ހުރި މީހެކެވެ. ހަމަ ގައިމުވެސް އަހަރެންނަށް އެބުނާ ކަހަލަ ”ބިޓުން“ ނުވަނީވެސް ނޫނެވެ.

އަހަރެންގެ ލޯބި ބަދަލުވާކަށް އަހަރެން އެއްވެސް އިރެއްގައި ބޭނުމެއް ނުވެއެވެ. އަހަރެންގެ އިހުތިރާމާއި ގަދަރު އެ ކަނބުލޮއަށް ދެވިފައިވެއެވެ. އަހަރެން އެޅި ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި ވަނީ އޭނާކަމަށް ގަބޫލުކޮށް ޝުކުރުވެސް ކުރަމެވެ. މިއަދު އަހަރެންގެ އަތުގައި އަހަރެންގެ ލޯބިވެރިޔާއާއި ބައްދަލު ކުރުމަށް މެލޭޝިއާ ދެވޭނެހާ ތަނަވަސްކަމެއް އެބަ ހުއްޓެވެ. އެކަމަކު މިއަދު އަހަރެންގެ އަތުގައި ނެތީ އެ ވަގުތެވެ. އަހަރެންގެ ދިރިއުޅުމަކީ މަސައްކަތް ބުރަ ދިރިއުޅުމެކެވެ. ބައްދަލު ނުވެވޭތީ ދެރަވިޔަސް އަހަރެންގެ ލޯބިވެރިޔާވެސް އަހަރެންގެ ދިރިއުޅުމުގެ ކަންތައް ހުންނަގޮތުން އެކަން ގަބޫލު ކުރެއެވެ. އޭނާގެ ކިޔެވުން ނިމެންވެސް ދެން އޮތީ 6 ވަރަކަށް މަހެވެ. އަހަރުމެން ދެމީހުންގެ އުންމީދަކީވެސް އޭނާ ރާއްޖެއައުމުން ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ.

އެއްރެއްގައި އަހަރެންނަށް ވަރަށް ގާތް އަންހެން ރަހުމަތްތެރިއަކު ކޮފީ އަކަށް ދައުވަތު ދިނެވެ. އެއީ އަހަރެންނާއި އެއްވަރަށް އަހަރެންގެ ލޯބިވެރިޔާއާއި ވެސް ވަރަށް ގާތް، ދުވަސްވީ ގުޅުމެއް އޮތް ރަހުމަތްތެރި ކުއްޖެކެވެ. ހުޅުމާލޭ ޓާރމިނަލް ކައިރީގައި ހުރި ކޮފީ ބޯ ތަނަކަށް ގޮސް ގުޅާލުމުން އޭނާ ހުރީ އެތަނުގެ އެންމެ މަތީ ފަންގިފިލާގައި ކަމަށް ބުންޏެވެ. ސިޑިން މައްޗަށް އެރުނު ތަނާހެން އަހަރެންގެ ރަހުމަތްތެރިޔާ އަހަންނަށް ހަނާ އެޅިއެވެ. ”މާޝާﷲ“ އަހަންނަށް ބުނެވުނީ ބޭ އިހުތިޔާރުގައިއެވެ. ރަހުމަތްތެރިޔާ ކައިރީގައި އިން އަންހެން ކުއްޖެއްގެ ރީތި ކަމާއި މެދު އަހަރެންގެ ހިތުގައި ސުވާލު ވެސް އުފެދުނެވެ.

މަޑު މަޑުން އަހަރެން ހިނގާފައި ގޮސް އެ އަންހެން ކުއްޖާގެ ކުރިމަށްޗަށް ވާގޮތަށް އަހަރެން އިނީމެވެ. ކަޅި ޖަހާ ނުލެވި އިނދެވުނީ ދައްކާނެ ވާހަކައެއް ނޭނގިފައިއެވެ. ދުނިޔެ މަތީގައި ހޫރުޕަރީން ތިބޭ ކަންވެސް ޤަބޫލު ކުރެވިގެން ދިޔައެވެ. ކަޅިރަވައިގެ ޖާދޫގައި ޖެހި ޣަރަޤު ވެފައިވާ އަހަންނަށް އެ މޭޒު ދޮށުގައި ދެކެވުނު ވާހަކަތަކެއް އަދިވެސް ހަނދާނަކަށް ނާދެއެވެ. ހަނދާނުގައި ހުންނަނީ އޭނާގެ ނަމެވެ. އެނާ އަށް ކިޔަނީ މިޝްކާއެވެ. އުފާވެރި ވަގުތުކޮޅެއެއް ހޭދަކޮށްލުމަށް ފަހު އަހަރެން އެތަނުން ނިކުމެގެން އައީ ރަހުމަތްތެރިޔާގެ ގާތުގައި ޖެއްސުން ރާގުގަޑަކަށް ”އަހަންނަށް މިޝްކާ ލީބޭނެ ނަމައޭ“ ކިޔާފައިއެވެ.

މަސް ދުވަސް ވެގެން ދިޔައީ މިޝްކާގެ ތަސްވީރުތަށް އަހަރެންގެ ހިތުގައި ކުރަހަމުންނެވެ. ދިމާވާނެ ކަމުގެ އުއްމީދެއްވެސް ނުކުރަމެވެ. ފެނިލަން ބޭނުންވެސް ނުވީއެވެ. އަހަރެންގެ ހަޔާތުގައި ލޯބިވެރިޔަކު ހުރުމުން އެހެން މީހަކާއި ގާތް ވާން ބޭނުން ނުވީ ކަމުގައި ވެސް ވެދާނެވެ.

މާލޭގައި ބޭއްވި ހަފްލާއަކަށް ދިޔުމުގެ ދައުވަތު އަހަރެންނަށް ލިބުނެވެ. އަހަރެންނަކީ އެހެން އަންނަ ދައުވަތުތަށް ގަބޫލު ކޮށް ރަސްމިއްޔާތު ތަކަށް ދާ މީހެއްވެސް ނޫނެވެ. ނަމަވެސް އެ ހަފްލާއަށް ދާން އަހަންނަށް މަޖުބޫރުވީ އަހަރެންގެ ވިޔަފާރީގެ ބޮޑު ހިއްސާއެއް އެ ރަސްމިއްޔާތުގައި ވާތީއެވެ.

ރަސްމީ ހެދުމެއްގައި އަހަރެން އެ ހަފުލާއަށް ގޮސް އިންދާ އަންނަނީ ނުދަންނަ ނަމްބަރަކުން މެސެޖެކެވެ. ”ކޮންތާކު؟“ އަހަރެން ހުރިތަނެއް ބަލަން ކޮންމެވެސް މީހަކު ބޭނުނެވީ އެވެ. މެސެޖް އަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ހަމަ އެ ނަމްބަރުން ގުޅައިފިއެވެ. ވާހަކަ ދެއްކޭ ހާލަތެއް ނޫންކަމުން އަހަރެން އެ ފޯނު ބީޒީ ކޮށްލީއެވެ. އަނެއްކާވެސް އައީ މެސްޖެކެވެ. ”ފޯނު ބިޒީ ކުރީ މި ސެރުމަނީގައި އިނީމަ ދޯ؟“ މެސެޖް ކިޔާލުމަށް ފަހު ވަށައިގެން ހޯދަން ފަށައިފީމެވެ. ފުރަތަމަ ނަޒަރުން ވެސް އަހަރެންގެ ލޯ ހުއްޓުނީ އެތަނުގައި އިން ދޮން ރީތި މޫނަށެވެ. އޭނާގެ ރަކި ހިނިތުންވުން އަހަންނަށް އަމާޒު ކޮށްލިއެވެ. އެއީ މިޝްކާއެވެ. ނަމްބަރު ހޯދިގޮތްވެސް ނޭނގުނެވެ.

ރަސްމިއްޔާތު ނިމުމުން އަހަރެން ފުރުސަތުގެ ބޭނުން ހިފީ މިޝްކާ އާއި ވާހަކަ ދައްކާލުމަށެވެ. ވާހަކަ ދެކެވުމުން އައިސް އަހަރެން އޭނާ ގެއަށް ދިއުމަށް ލިފްޓެއްވެސް ހުށަހެޅީމެވެ. ސައިކަލުގައި ގެއާ ދިމާލަށް މިސްރާބު ޖެހި މީހުން ތިބީ މަގުމަތި އަޅާފައިއޭވެސް ބުނެވިދާނެވެ. މާލެ ވަށާ 2 ވަރަކަށް ބުރުވެސް ޖެހިއްޖެއެވެ. ވަރަށް ވާހަކަވެސް ދެކެވިއްޖެއެވެ. ދަންވެފަ ހުއްޓާ އަހަރެން އޭނާ ގެއައް ލީމެވެ.

އޭގެ ފަހުން ކޮންމެ ރޭގަނޑެއްގައި އަހަރެން އޭނަ ގޮވައިގެން ދުއްވަން ދަމެވެ. އެކަން އަހަރެންގެ އާދައަކަށްވެ  އަހަރެންގެ ލޯބިވެރިޔާގެ މަތިން ހަނދާނުން ކައްސާލާ ފަހަރުވެސް ދެއެވެ. އަހަންނަށް ލިބޭ ހުސްވަގުތު އަހަރެން ހޭދަ ކުރަނީ ރީތީ ކަމުގެ މިސާލެއްފަދަ އަންހެން ކުއްޖާއާއި އެކުގައިއެވެ.

ދެ ވަރަކަށް މަސް ދުވަސް މިގޮތަށް ހޭދަ ކުރުމަށް ފަހު އެއްރޭ ދުއްވާލަން ނިކުމެ ދެ މީހުން ވެސް އެކަކު އަނެކަކު ދެކެ ގަޔާވާ ވާހަކަޔާއި، އެކުގައި ދިރިއުޅުމެއް ފަށަން ބޭނުންވާ ވާހަކަވެސް ބުނެވިއްޖެއެވެ. އަހަރެން ހުރީ އުފަލުން  ފޮޅިފައެވެ. ގެއަށް އައިސް އަހަރެންގެ ފޯނު ނަގައި މިޝްކާއަށް މެސެޖެއް ކުރަން އުޅުނުތަނާހެން އަހަންނަށް ފެނުނީ އަހަރެންގެ ލޯބިވެރިޔާ އަހަންނަށް ކޮށްފައި އޮތް މެސެޖެކެވެ. “ އިނގެ ވަރަށް ބިޒީ ކޮށްކަން ތިއުޅެނީ. އެހެންވެ އުނދަގޫވެދާނެ ތީ ނުގުޅަނީ. ކިތައްމެ ބިޒީވިޔަސް ކައިގެން އުޅޭނީ. ވަރަށް ހަނދާންވޭ“ ހަތަރު ޖުމްލައިގެ މެސްޖުން އަހަރެން ލޮލުން ކަރުނަ އޮހުވާލިއެވެ.

ޖެހިގެން އައިރޭ އާދައިގެ މަތިން ދުއްވާލަން ގޮސް މާލޭގެ އުސްފަސް ގަޑު ސަރަހައްދަށް މަޑުކޮށް ވާހަކަ އެއް ދައްކަން ބޭނުންވާ ވާހަކަ އަހަރެން މިޝްކާ ކައިރީގައި ބުނީމެވެ. ވާހަކަ ފަށާނެ ގޮތް ނޭނގިފަ ހުރި އަހަރެން އެތައް އިރެއްވަންދެން ގަނބު ވެފައި ހުރުމަށް ފަހު އަހަރެންގެ ލޯބިވެރިޔަކު ހުންނަ ވާހަކަ އެނާ ކައިރީގައި ބުނީމެވެ. އަދި އަހަރުމެން ގެ ގުޅުމުމުގެ ހުރިހާ ވާހަކައާއި، އަހަންނަށް ކޮށްދިން ކަންތަކުގެ ސަބަބުން އަހަރެން އޭނަ ދުކޮށްލަން ބޭނުން ނުވާ ވާހަކަ މިޝްކާ ކައިރީ ބުނީމެެވެ.

ލޯ ކުރިމަތިން ފެންނަން ހުރި މިޝްކާގެ ލޮލުން ކަރުނަ ފައިބަން ފެށުމުން އަހަންނަށް ބައްދާވެސް ލެވުނެވެ. ހަޤީޤަތަކީ އަހަރެން މިހާރު ލޯބި ވަނީ މިޝްކާ ދެކެއެވެ، ނަމަވެސް އަހަރެންގެ ދިރިއުޅުމަށް އެންމެ ފުރަތަމަ އައިސް ހުރި އަންހެން ކުއްޖާއަށް އެހާ ބޮޑު އަނިޔާއެއް ދޭކަށް ނުކެރުނީއެވެ. އެންމެ ފުރަތަމަ ދުވަހުންފެށިގެންވެސް މިއަދާ ހަމަޔަށް އޭނާ އެހުރީ އަރެންގެ އިންތިޒާރުގައެވެ. އެރޭ ވަރަށް ރަނގަޅަށް މިޝްކާ އަށް އަހަރެންގެ ހާލަތު އޮޅުފިލުވުމަށް ފަހު އަހަރެން ގެއަށް އައީ ދުވަހަކުވެސް އޭނާ ފެންނަން ބޭނުންނުވާ ހާލުގައިއެވެ.

މިއަދު އަހަރެން މި ގުނަމުން ދަނީ އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާއާއި އެކު އެގާރަ ވަނަ އަހަރެވެ. ކުރިން އެއީ އަހަރެންގެ ލޯބިވެރިޔާ އެކަންޏެވެ. މިއަދު އެއީ އަހަރެންގެ އަންހެނުންނެވެ. އަހަރެންގެ އަހަރެއް ނުވާ ތުއްތު ދަރިފުޅުގެ މަންމައެވެ. މިއަދު އަހަރެންގެ ދުނިޔޭގައި ވަނީ އަހަރެންގެ އަންހެނުންނާއި އަހަރެންގެ ދަރިފުޅު އެކަންޏެވެ. އެ ހުރިހާ އިންތިޒާރެއް އަހަރެން ކުރީ މިއަދު މިއުޅޭ އުފާވެރި ދިރިއުން ހޯދުމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!