ޚަބަރު
ރާއްޖޭގައި ނޫސްވެރިންނަށް ބިރުދައްކާ މަސައްކަތަށް ނުފޫޒު ފޯރުވާ: އެޗް.އާރު.ސީ.އެމް

ރާއްޖޭގައި ސިޔާސީ ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް ބިރުދައްކާ ސިޔާސީ ބޭފުޅުން އެމީހުންގެ މަސައްކަތަށް ނުފޫޒު ފޯރުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްއިން ނެރުނު 2021ވަނަ އަހަރުގެ ހިއުމަން ރައިޓްސް ރިޕޯޓުގައި ވިދާޅުވެއްޖެއެވެ.

އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނާގޮތުން ފާއިތުވީ އަހަރަށް ބަލާލާއިރު މިނިވަން ނޫސްވެރިކަމަށް ރާއްޖޭގައި އެއްވެސް ޖާގައެއް ލިބިފައެއް ނެތެވެ. ސިޔާސީ ބޭފުޅުންގެ ފަރާތުން ނޫސްވެރިންގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ އަމަލުތައް ހިންގަމުން ދިޔަކަށް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ސިޔާސީ ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް ގޭންގުތަކާއި ކުށް ކުރާ ޖަމާއަތްތަކާއި، ސިޔާސީ ޕާޓީތަކާއި، މަޖްލިސް މެންބަރުންނާއި، ދީނީ ލީޑަރުން އަދި ދީނީ ގްރޫޕްތަކާއި، ފުލުހުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ގޮތަށް ނުފޫޒް ފޯރުވަން މަސައްކަތްކޮށްފައިވާކަމަށް އެޗްއާރުސީއެމުން ވަނީ ތުހުމަތުކޮށްފައެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން 2021 ވަނަ އަހަރު 60 އިންސައްތަ ނޫސްވެރިންނަށް އޮންލައިންކޮށް ވަޔަލެންސާއި ކުރިމަތިލާން ޖެހުނުއިރު 38 އިންސައްތަ ނޫސްވެރިންނަށް އޮފްލައިންކޮށް ވަޔަލެންސާއި ކުރިމަތިލާން ޖެހުނެވެ. ވަކިން ހާއްސަކޮށް އަންހެން ނޫސްވެރިންނަށް މިފަދަ ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް އެޗްއާރުސީއެމުން ފާހަގަކޮށްފައިވެއެވެ. އެގޮތުން 29 އިންސައްތަ އަންހެން ނޫސްވެރިންނަށް އޮންލައިންކޮށް އަދި 21 އިންސައްތަ އަންހެން ނޫސްވެރިންނަށް އޮފްލައިންކޮށް ވަޔަލެންސް ކުރިމަތިވިއެވެ. އެހެންކަމުން މިދިޔަ އަހަރު އަންހެން ނޫސްވެރިންނަށް އަނިޔާކޮށްގެން ޖުމްލަ 8 މައްސަލައެއް ފުލުހުންނަށް ހުށަހެޅި މައްސަލަ ވަނީ ތަހުޤީގުކޮށްފައެވެ.

އޭގެ ތެރޭގައި މާރާމާރީއާއި ގާނޫނާއި ހިލާފަށް ހައްޔަރު ކުރުމާއި، ބިރުދެއްކުމާއި ފުރައްސާރަ ކުރުމުގެ އިތުރުން ހެކް ކުރުން ފަދަ ކަންކަން ވެސް ހިމެނެއެވެ.

އަންހެން ނޫސްވެރިން ފުލުހުންނަށް މައްސަލަ ހުށަހަޅަން ބޭނުން ނުވާ އެންމެން މައިގަނޑު ސަބަބަކީ މައްސަލަ ހުށަހަޅައިގެން އިންސާފު ނުލިބޭތީއާއި ފުލުހުންގެ ފަރާތުން ރައްކާތެރިކަން ލިބޭނެކަމުގެ އިތުބާރު ނޫސްވެރިންނަށް ނެތުމުންކަމަށް ވެސް މި ރިޕޯޓުން ފާހަގަކުރެވެއެވެ.

އެޗްއާރުސީއެމްގެ ރިޕޯޓް

މީގެ އިތުރުން ބާރުގަދަ މަގާމުތަކުގައި ތިބޭ ފިރިހެނުން އަންހެން ނޫސްވެރިންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާއިރު އެކަމަށް އަދަބު ނުލިބި ސަލާމަތްވާކަން އެޗްއާރުސީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވަނީ މަސްދަރު ހާމަކުރާ ބިލާމެދު ކަންބޮޑުވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުން އެކުލަވައިލައިފައިވާ ހެއްކާ ބެހޭ ބިލު މިހާރު އޮތްގޮތަށް ފާސްވެ ގާނޫނަކަށް ވެއްޖެނަމަ ނޫސްވެރިކަމަށް ދެވިފައިވާ މިނިވަންކަމަށް ހުރަސް އެޅޭނެކަމަށެވެ.

އެ ބިލުގެ 136ވަނަ މާއްދާގެ ދަށުން ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގެ ބާރު ކޯޓުތަކަށް ދީފައިވާތީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަސް ޖަމްއިއްޔާއަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާން ވެސް ނެރެފައިވާކަމަށް އެޗްއާރުސީއެމްއިން ބުނެފައި ވެއެވެ.

އެޗްއާރުސީއެމްއިން ވަނީ އިންސާނީ ހައްގުތަކަށް އުނިކަން އަންނަގޮތަށް ނޫސްވެރިން ކޮށްފައިވާ ބައެއް ކަންކަން ވެސް ފާހަގަކޮށްފައެވެ. އެގޮތުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި ހާދިސާއާއި ބެހޭ މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި އެކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށްފައި ވާތީ އެކޮމިޝަނުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކުއްޖާއާއި ގުޅިގެން ބައެއް މީޑިއާތަކުން ސައްހަ ނޫން މައުލޫމާތު ވެސް ގެނެސްދީފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން އެފަދަ ލިޔުންތަކާއި ފޮޓޯތައް ނެގުމަށް އެންގުމުން ހުރިހާ މީޑިއާއަކުން ވެސް އެކަން އިސްލާހުކޮށްފައިވާ ކަމަށާއި ބައެއް މީޑިއާތައް ޖޫރިމަނާކޮށް ނަސޭހަތް ވެސް ދިންކަމަށް އެޗްއާރުސީއެމްއިން ވަނީ ހާމަކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!