ޚަބަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ މެޗުން ފަރެސްމާތޮޑާ ބަލިކޮށް ފިޔޯރީއިން ފައިނަލަށް

ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021″ ގެ ފިރިހެން ޑިވިޝަންގެ 9 ވަނަ މެޗުން، ފަރެސްމާތޮޑާ ބަލިކޮށް ފިޔޯރީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުން ފަރެސްމާތޮޑާގެ މައްޗަށް ފިޔޯރީއިން ކުރިހޯދާފައިވަނީ 3-1 ސެޓުންނެވެ.

މިމެޗުގެ ފުރަތަމަ ސެޓު ފެށިގެން ދެޓީމުންވެސް ދައްކާފައިވަނީ ވާދަވެރި ކުޅުމެކެވެ. ނަމަވެސް ސެޓުގެ ފަހު ސެޓުގެ ވަގުތުކޮޅުގައި ފަރެސްމާތޮޑާގެ ޓީމް ފެނިގެންދިޔައީ ވަރަށް ޕްރެޝަރުގައި ކުޅެމުން ދިޔަ ތަނެވެ. ފިޔޯރީއިން ސެޓުގެ ކުރި ހޯދާފައިވަނިކޮށް ފަރެސްމާތޮޑާ ޓީމުންވަނީ ކުޅުން ވަރުގަދަކޮށް ސެޓުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް ސެޓުގެ ނިމިގެން ދިޔައީ 34-32 އިން ފިޔޯރީ ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ދެވަނަ ސެޓު ފެށިގެން ދެޓީމުންވެސް ވަނީ ރީތި ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފުރަތަމަ ސެޓުން ލިބުނު ތަޖުރިބާގެ އަލީގައި ފަަރެސްމާތޮޑާ ޓީމުންވަނީ ސެޓުގެ ކުޅުން އިތުރަށް ވަރުގަދަކޮށް އެސެޓުން ފިޔޯރީގެ މައްޗަށް ކުރިހޯދާފައެވެ. ވާދަވެރި ކުޅުމަކަށްފަހު ފަރެސްމާތޮޑާއިން ސެޓު ކާމިޔާބުކޮށްފައިވަނީ 25-21 އިންނެވެ.

މެޗުގެ ތިންވަނަ ސެޓު ފެށިގެން ފިޔޯރީއިން ވަނީ ކުރި ހޯދާފައެވެ. އެސެޓު ފިޔޯރީއިން ކާމިޔާބު ކޮށްފައިވަނީ 25-19 އިންނެވެ.

މެޗުގެ 4 ވަނަ ސެޓުގެ ކުޅުން ފެށިގެން ފިޔޯރީއިން ވަނީ އެއްވަރެއްގައި ހިފަހައްޓައި އެެޓު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފައެވެ. އެގޮތުން ފަހު ސެެޓު ފިޔޯރީ ޓީމުން ކާމިޔާބު ކޮށްފައިވަނީ 25-20 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިޔޯރީ ޓީމުގެ ޖަރޒީ ނަންބަރު 12 އަލިީ ހުޒާމް އެވެ.

މިމެޗު ކާމިޔާބުވުމާއެކު މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފިޔޯރީ ފިރިހެން ޓީމުވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. މިމެޗުން ބަލިވުމުން ފަރެސްމާތޮޑާ ދެން ކުޅެން ޖެހޭނީ ސެމީ ފައިނަލުގައެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021″ ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމްޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައިހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!