ޚަބަރު
ކޮލަމާފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ.ކޮލަމާފުށީގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލު ކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ކޮލަމާފުށީގައި 408 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރެވިގެންދާނެއެވެ.

އަދި މިމަސައްކަތުގެ ތެރޭގައި ހިމަނައިގެން މަގުބައްތި ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޠަލްހަތުއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކުއެވެ.

ކޮލަމާފުށީ ރައީސް އިބްރާހިމް ވަހީދު ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތާރު އަޅަން ހަމަޖެހިފައިވާ މަގުތަކުގެ ޕްލޭން ނިންމާފައި މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށާއި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށާތާ 3 މަސްދުވަސްތެރޭ ނިންމާލެވޭނެ ކަމަށެވެ.

މީގެއިތުރުން ތާރު އަޅަން ހަމަޖެހިފައިވަނީ ކޮލަމާފުށީ ސްކޫލް، މިސްކިތް އަދި އެހެނިހެން މުއައްސަސާތައް ހުންނަ މަގުތަކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

450 ދުވަސް ތެރޭ ނިންމުމަށް ހަވާލު ކޮށްފައިވާ މި މަޝްރޫޢުއަކީ 85،329،687.67  ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!