ޚަބަރު
ކްރެޑިޓް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތައް ހިންގޭ ލިމިޓް އިތުރުކޮށްފި

ކްރެޑިޓް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތައް ހިންގޭ ލިމިޓް ބީއެމްއެލް އިން ބޮޑުކޮށްފިއެވެ. މިގޮތުން ބީއެމްއެލް އިން ވަނީ ކޮންމެ 30 ދުވަހަކަށް 500 ޑޮލަރުގެ ލިމިޓަށް ބޮޑު ކޮށްދީފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނުހަނު ބޮޑު ނޭދެވޭ އަސަރެއްކޮށްފައި ވާތީ ބޭންކުން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދަށް ބަދަލުގެނައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 16 ވަނަ ދުވަހު އެވެ. ފާއިތުވި ދުވަސްތަކުގެ ހާލަތަށް ބެލުމަށްފަހު  މިހާލަތުން އަރައިގަތުމުގައި ކުރިއެރުން ތަކެއް ލިބިގެން ގޮސްފައިވުމާއެކު، ކްރެޑިޓް ދީފައިވާ ލިމިޓް އިތުރު ކުރުމަށް ބޭންކުން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މިހާރު ބީއެމެއެލްގެ ޑެބިޓް ކާޑުތަކުގެ ތެރެއިން ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ކާޑުތަކުން ބޭނުން ކުރެވޭނީ 250 ޑޮލަރުގެ ލިމިޓާއި ހަމައަށެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެއެވެ. އަދި ކުރިއެކޭ އެއް ގޮތަށް ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.

ރާއްޖޭގެ ހާލަތު ގާތުން މޮނިޓާރ ކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. އަދި ރާއްޖޭގެ ހާލަތަށް ބަލައި އިތުރު ބަދަލުތަކެއް ގެނުއަމަށް ނިންމާނަމަ ވީހާވެސް އަވަހަކަށް އެކަންތައް އާންމުންނާއި ހިއްސާކުރަމުން ދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!