ކުޅިވަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: މަޑަވެލި ބަލިކޮށް ގައްދޫ ސެމީފައިނަލަށް

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފިޔޯރީގައި ކުރިއަށްދާ “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021″ ގެ ފިރިހެން ޑިވިޝަންގެ 10 ވަނަ މެޗުން، މަޑަވެލި ޓީމު ބަލިކޮށް ގައްދޫ ސެމީ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުން މަޑަވެލި ބަލިކޮށް ސެމީ ފައިނަލުގެ ދެވަނަ ޖާގަ ގައްދޫއިން ހޯދާފައިވަނީ 3-0 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ގައްދޫއިން ވަނީ މޮޅު ކުޅުމެއް ދައްކައި ފަސޭހަ ކަމާއެކު އެސެޓު ކާމިޔާބުކޮށްފައެވެ. އެގޮތުން އެސެޓު ގައްދޫއިން ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުން ލިބުނު ތަޖުރިބާގެ އަލީގައި މަޑަވެލި ޓީމުންވަނީ ދެވަނަ ސެޓު ފެށިގެން ކުޅުން އިތުރަށޤ ވަރުގަދަކޮށްފައެވެ. ނަމަވެސް ސެޓުގެ ފަހުވަގުތުގައި ގައްދޫ ޓީމުން އިތުރަށް ކުޅުން ވަރުގަދަކޮށް އެސެޓުވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން އެސެޓު ގައްދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ.

ތިންވަނަ ސެޓުން ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. ނަމަވެސް ގައްދޫ ޓީމުންވަނީ މަޑަވެލި މައްޗަށް ކުރިހޯދައި އެސެޓުވެސް ކާމިޔާބު ކޮށްފައެވެ. އެގޮތުން އެސެޓު ވެސް ގައްދޫއިން ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައްދޫ ޓީމްގެ ޖަރޒީ ނަންބަރު 11 ހުސައިން ނިލާމްއެވެ.

މިމެޗުން މޮޅުވެ ގައްދޫ ޓީމުން ސެމީފައިނަލުގައި ވާދަކުރާނީ ފަރެސްމާތޮޑާ ޓީމާއެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައެވެ. މިމެޗުން ބަލިވުމުން މަޑަވެލި ފިރިހެން ޓީމު މިވަނީ މުބާރާތުން ކަޓާފައެވެ.

މިމުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ގައްދޫ އަންހެން ޓީމް އަދި މަޑަވެލި އަންހެން ޓީމު ކުޅޭ މެޗެވެ. އެމެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިރޭ 20:00 ގައެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021″ ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމްޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައިހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!