ގދ ފިޔޯރީގައި ހިންގާ ޖަމްއިއްޔާއެއް ކަމަށްވާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމްއިއްޔާއިން އިންތިޒާމު ކޮށްގެން ހިންގާ އަތޮޅު ކައުންސިލްގެ ވޮލީބޯޅަ މުބާރާތް، “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގދ ފިޔޯރީގައި ކުރިއަށްދާ މުބާރާތް ނިމެން ކައިރިވެފައިވާއިރު ގިނަބައެއްގެ ޝައުގުވެރިކަން އުފެދިފައިވަނީ ހުއްޓިފައިވާނެ އެއްކަމަކަށް ވެެގެންދާނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވޭނީ ކޮން ކުޅުންތެރިއެއް ކަމާއިމެދު ޝައްކެއްނެތެވެ.
އެގޮތުން މިމުބާރާތް ދެ ޑިވިޝަން އަކަށް ބަހާލައިގެން ކުރިއަށްދާއިރު މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ މޮޅު ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ އަތޮޅު ފެންވަރުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މުބާރާތަށްވެފައި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންދާ ކުޅުންތެރިން ދަނީ ފެންނަމުންނެވެ. އެގޮތުން ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން މިމުބާރާތުގައި ފެނިގެން ގޮސްފައިވެއެވެ.
މިމުބާރާތުގައި އިއްޔެ ސެމީ ފައިނަލް ކުޅެ ފައިނަލުގެ ދެވަނަ ޖާގައަށް ފަރެސްމާތޮޑާ އަންހެން އަދި ފިރިހެން ޓީމު ހޮވިފައިވާއިރު, މުބާރާތުގެ ފައިނަލް މެޗުތައް މިއަދު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންހެން ޑިވިޝަންގެ ފައިނަލުގައި ބައްދަލުކުރާނީ ފަރެސްމާތޮޑާ އަދި ފިޔޯރީއެވެ. ފިރިހެން ޑިވިޝަންގެ ފައިނަލުގައި ބައްދަލުކުރާނީ ވެސް ފަރެސްމާތޮޑާ އަދި ފިޔޯރީއެވެ.
މިމުބާރާތުގެ މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަމުންދާ ކަމަށް ފާހަގަކުރެވެނީ އަންހެން ޑިވިޝަންގެ 7 ކުޅުންތެރިންނާއި ފިރިހެން ޑިވިޝަންގެ 6 ކުޅުންތެރިން ލިސްޓެއްގައި ހިމަނާލާނަމެވެ.
އަންހެން ޑިވިޝަންގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން:
ފަރެސްމާތޮޑާގެ ޖަރޒީ ނަންބަރު 10 މާޔާ ހުސައިން ސަލާހް
ފަރެސްމާތޮޑާގެ ޖަރޒީ ނަންބަރު 11 ހައްވާ ނާޒިމާ
ފަރެސްމާތޮޑާގެ ޖަރޒީ ނަންބަރު 3 ފާތިމަތު މަޒިއްޔާ
ފިޔޯރީގެ ޖަރޒީ ނަންބަރު 2 މަރިޔަމް އަޒީފާ
ފިޔޯރީގެ ޖަރޒީ ނަންބަރު 7 އާމިނަތު އަރީޝާ
ރަތަފަންދޫ ޖަރޒީ ނަންބަރު 11 ފާތިމަތު ޖޫޒާން ޒަރީރު
ރަތަފަންދޫ ޖަރޒީ ނަންބަރު 10 އައިޝަތު މާޖިދާ
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން:
ފަރެސްމާތޮޑާ ޖަރޒީ ނަންބަރު 14 އާދަމް ނަސީމް
ފަރެސްމާތޮޑާ ޖަރޒީ ނަންބަރު 10 އަހުމަދު އަބްދުލް ކަރީމް
ފަރެސްމާތޮޑާ ޖަރޒީ ނަންބަރު 8 އަހުމަދު ޝިމާއު
ގައްދޫގެ ޖަރޒީ ނަންބަރު 11 ހަސަން ނިލާމް
ފިޔޯރީ ޖަރޒީ ނަންބަރު 12 އަލީ ހުޒާމް
ފިޔޯރީ ޖަރޒީ ނަންބަރު 9 އިސްމާއިލް ސާޖިދު
މިމުބާރާތުގެ މިހާތަނަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާނެ ކަމަށް ފާހަގަކުރެވޭ ހުރިހާ ކުޅުންތެރިންނަކީވެސް މުބާރާތުގެ ކުޅުނު މެޗުތަކުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންނެވެ. މިމުބާރާތަކީ ގދ އަތޮޅުގައިވެސް ވޮލީބޯޅަ އަށް މޮޅު ކުޅުންތެރިން ތިބިކަން ފެނިގެންދާ މުބާރާތެކެވެ.
މޮޅު ކުޅުންތެރިޔާގެ އިތުރުން ދެން މުބާރާތުގައި ހޮވޭ ވަނަތައް (ދެ ޑިވިޝަން)
މުބާރާތުގެ ޗެމްޕިއަން ޓީމް
ރަނަރ އަޕް ޓީމް
ފެއަރޕްލޭ ޓީމް
މުބާރާތުގެ މޮޅު 6 ކުޅުންތެރިން
ބެސްޓް ސަޕޯޓިންގ ޓީމް
ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ
އެންމެ އުންމީދީ ކުޅުންތެރިޔާ
އެންމެ މޮޅު ކޯޗު
އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ