ޚަބަރު
ހިޔާ ފްލެޓްތަށް ލިބުނު މީހުންނަށް ސަބްސިޑީއެއް

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ހައުސިން ސަބްސިޑީއެއް ދިނުމަށް އެންސްޕާ މެދުވެރިކޮށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީގެ ކިބައިން އެދުނު ނަމަވެސް އެކަމަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ލުއި ގޮތެއް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ހުއްޓާނުލާނެ ކަމަށްވެސް މުއިއްޒު ވިދާޅުވެއެވެ. އެގޮތުން ޕެންޝަން ފަންޑް ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ނެގޭނެ ގޮތެއް އޮތްތޯ ބެލުމަށް މަޝްވަރާތަކެއްކުރި ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް ޕެންޝަން ފަންޑު ލާރި ނެގުމުގައި ގާނޫނީ ގޮތުން ހުރަސްތަކެއް ކުރިމަތިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވާ ކަމަށް މޭޔަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެންސްޕާ މެދުވެރިކޮށް ސަބްސިޑީއެއް ދެވޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރުވެސް އެންސްޕާއިން ހައުސިން ސަބްސިޑީ ތަކެއް ދޫކުރަމުން އަންނަ ކަމަށާއި ، ދެން ސަރުކާރު ހުޅުވޭއިރު އެންސްޕާއާއެކު އިތުރު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މިސަރުކާރުން ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،500 ރުފިޔާ އެވެ. މި އަށްވުރެ ކުލި ކުޑަ ކޮށްދީފި ނަމަ އެޗްޑީސީއަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބުނެފައިވީ ނަމަވެސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 5،500 ރުފިޔާ ނެގިނަމަވެސް އެޗްޑީސީއަކަށް ގެއްލުމެއް ނުވާނެ ކަމަށެވެ. އަދި ހަމައެއާއެކު މުއިއްޒު ވިދާޅުވީ ފިިނިޝިންގެ މަސައްކަތް ނިންމުމަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތަކީ އެކަށީގެން ވާ މުއްދަތެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، އެއް މުއްދަތު އިތުރު ކޮށްދެވޭތޯ ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތައް ދިނުމުގެ މަސައްކަތް ފަށާފައިވާ އިރު ހިޔާ ފެލްޓްތައް ލިބުނު މީހުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!