ކުޅިވަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: ގައްދޫ ބަލިކޮށް ފަރެސްމާތޮޑާ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފި

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފިޔޯރީގައި ކުރިއަށްދާ “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021″ ގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުގައި ގައްދޫ ބަލިކޮށް ފަރެސްމާތޮޑާއިން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

ފިޔޯރީ ޒުވާނުންގެ މަރުކަޒުގައި މިއަދު ހަވީރު ކުޅުނު ވާދަވެރި މެޗުން ގައްދޫ ބަލިކޮށް ފަރެސްމާތޮޑާއިން ފައިނަލަށް ދިޔައީ ކުޅުނު 3 ސެޓުވެސް ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ސެޓުގައި ދެޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެސެޓު ވާދަވެރިކަމާއެކު ކުޅެ ފަރެސްމާތޮޑާއިން ކާމިޔާބު ކޮށްފައިވަނީ 25-22 އިންނެވެ.

ގައްދޫ އަދި ފަރެސްމާތޮޑާ ބައްދަލު ކުރި މެޗުގެ ތެރެއިން — ހުވަދޫ ފޮޓޯ: ހިލްޓަން އާސިފް

ދެވަނަ ސެޓު ފެށިގެން ދެޓީމުންވެސް އެއްވަރެއްގައި ހިފެހެއްޓޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ގައްދޫގެ މައްޗަށް ކުރިހޯދައި އެސެޓުވެސް ފަރެސްމާތޮޑާއިން ވަނީ ކާމިޔާބު ކޮށްފައެވެ. ފަސޭހަކަމާއެކު އެސެޓު ފަރެސްމާތޮޑާއިން ގެންދިޔައީ 25-19 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަރެސްމާތޮޑާގެ ޖަރޒީ ނަންބަރު 14 އާދަމް ނަސީމްއެވެ. އާދަމް ނަސީމް އަކީ މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ.

މިމުބާތާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި ފަރެސްމާތޮޑާ ވާދަކުރާނީ ފިޔޯރީ ޓީމާއެވެ. އެގޮތުން ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މިމުބާރާތުގެ ދެން މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗެވެ. އެމެޗުގައި ބައްދަލުކުރާނީ ފަރެސްމާތޮޑާ އަދި ރަތަފަންދޫއެވެ. އެމެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިރޭ 20:00 ގައެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021″ ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމްޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައިހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!