ދީން
ފިރިހެނުން އަނގޮޓި އަޅަން އެންމެ ރަނގަޅީ ކޮން އަތެއްގެ ކޮން އިނގިއްޔެއްގައިތޯއެވެ؟

އަނގޮޓި އެޅުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ. އަނގޮޓި އެޅުން މަނާވެގެންވާ އިނގިލި ބަޔާންކުރައްވާ علي بن أبي طالب -رضي الله عنه- ގެ އަރިހުން އިމާމް مسلم ރިވާވެގެންވާ ޙަދީޘްގައިވެއެވެ. ( نهاني رسول الله صلى الله عليه وسلم أن أتختم في أصبعي هذه أو هذه قال : فأومأ إلى الوسطى والتي تليها ) “މި ދެ އިނގިލީގައި އަނގޮޓި އެޅުމަށް ރަސޫލާ صلى الله عليه وسلم ތިމަން ޞަޙާބީއަށް ނަހީ ކުރެއްވިއެވެ. އަދި މެދު އިނގިއްޔާއި ޝަހާދަތް އިނގިއްޔަށް އިޝާރަތް ކުރެއްވިއެވެ”.

ފިރިހެނުން އަނގޮޓި އެޅުމުގައި އޮތް ހިދާޔަތަކީ ކޮބައިކަން ބަޔާން ކުރައްވާ الإِمَام العلامة الشيخ إبن عثيمين -رحمه الله- ވިދާޅުވެފައިވެއެވެ. ”ފިޤުހުވެރިންގެ އަރިހުގައި އިނގިލީގައި އަނގޮޓި އެޅުމަށް، ތިން ގިންތިއެއްވެއެވެ. މުސްތަޙައްބުވެގެންވާ އިނގިއްޔެވެ. އެއީ ކުޑަވައި އިނގިއްޔެވެ. ދެވަނައީ މަކްރޫހަވެގެންވާ އިނގިއްޔެވެ. އެއީ ޝަހާދަތް އިނގިއްޔާއި އަދި މެދު އިނގިއްޔެވެ. ތިންވަނައީ މުބާޙް (ހުއްދަވެގެންވާ) އިނގިއްޔެވެ. އެއީ ބޮޑުވައި އިނގިލި، އަދި ކުޑަވައި އިނގިއްޔާ ޖެހިގެން އިންނަ އިނގިއްޔެވެ. ބައެއް ޢިލްމުވެރިން ބޮޑުވައި އިނގިލި މަކްރޫހަވެގެންވާ އިނގިލިތަކުގެ ތެރޭގައި ޝާމިލް ކޮށްފައިވެއެވެ“.

އަނގޮޓި އެޅުންއޮތީ ކަނާތް ނުވަތަ ވައަތުގައި ކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެއެވެ.

ފުރަތަމަ ޤައުލަކީ : އެކަމުގައި އިޚްތިޔާރު ކުރުން އޮތީ ވައަތެވެ. މިފަދައިން الحنفية المالكية އަދި الحنابلة ވިދާޅުވެއެވެ.

ޖުމްހޫރު ޢިލްމުވެރިން މިފަދައިން ބަޔާންކުރައްވާ ދަލީލު ގެންނަވާފައިވެއެވެ. އޭގެ ތެރޭގައި :

1. އިމާމް مسلم ޞަޙީޙުގައި ޞަޙާބީ أَنَسٍ -رضي الله عنه – ގެ އަރިހުން ރިވާކޮށްފައިވެއެވެ. “ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަނގޮޓިކޮޅުވަނީ މި އިނގިލިފުޅުގައެވެ. އަދި ވައަތްޕުޅުގެ ކުޑަވައި އިނގިއްޔާ ޖެހިގެން އިންނަ އިނގިއްޔަށް އިޝާރަތް ކުރެއްވިއެވެ”.

2. ގިނަ ޞަޙާބީން ގެ ޢަމަލުފުޅު މިފަދައިން ވުމެވެ. އެގޮތުން ބައެއް ޢިލްމުގެ އަހުލުވެރިން أبي بكر ، عمر ، عثمان ، الحسن ، الحسين ، ابن عمر މި ޞަޙާބީން އެފަދައިން ޢަމަލުފުޅު ކުރެއްވި ކަމުގައި ވިދާޅުވެފައިވެއެވެ.

ދެވަނަ ޤައުލަކީ : އަނގޮޓި އެޅުންއޮތީ ކަނައަތުގައެވެ.

އަދި މި ފަދައިން ޢަމަލު ކުރުމުގެ މައްޗަށް ދަލީލު ގެންނަވާފައިވެއެވެ. އޭގެ ތެރޭގައި :

1. އިމާމް مسلم ޞަޙީޙުގައި ޞަޙާބީ أَنَسٍ -رضي الله عنه – ގެ އަރިހުން ރިވާކޮށްފައިވެއެވެ. “ހަމަކަށަވަރުން رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކަނައަތްޕުޅުގައި ރިހީގެ އަނގޮޓިއެއް އެޅުއްވިއެވެ”.

2. عبد الله بن جعفر رضي الله عنه ވިދާޅުވެފައިވެއެވެ. “ﷲ ގެ ރަސޫލާ صلى الله عليه وسلم އަނގޮޓިކޮޅު ކަނައަތްޕުޅުގައި އަޅުއްވައެވެ”. މި ހަދީޘް އިމާމް أحمد ގެ المسند ގައި ރިވާކޮށްފައިވެއެވެ.

އަދިވެސް މި ފަދައިން ވިދާޅުވާ އަހުލުވެރިން ބަޔާންކޮށްފައިވީ، ވައަތުގައި އެޅުމަށް ބަޔާންވެގެންވާ ރިވާޔަތްތަކާއި އަޅާ ބަލާއިރު ކަނައަތުގައި އެޅުމަށް ވާރިދުވެގެންވާ ރިވާޔަތްތައް ނުހަނު ގިނައެވެ.

لشافِعِي މަޛްހަބުގެ އެންމެ ފުންނާބުއުސް އެއް ޢިލްމުވެރިއެއް ކަމުގައިވާ الإمام النووي – رحمه الله- ވިދާޅުވެފައިވެއެވެ. “ޞައްޙަ އަދި މަޝްހޫރުވެގެންވާ ގޮތުގައި ކަނައަތް ހެޔޮކަން ބޮޑުވެގެންވެއެވެ. ސަބަބަކީ އެއީ ޒީނަތެއް ކަމުގައިވުމާއި އަދި ކަނައަތް ވައަތަށްވުރެ ޝަރަފުވެރި ވެގެންވުމެވެ”.

އެއަށްފަހު ބުނަމެވެ. ކަނައަތުގައި އަނގޮޓި އެޅުމަށް ވިދާޅުވާ ޢިލްމުވެރިން އެކަމުގެ މައްޗަށް ދަލީލުކޮށްފައިވާ ޞައްޙަ ދަލީލުތަކެއްވެއެވެ. އަދި ވައަތުގައި އެޅުމަށް ވިދާޅުވާ ޢިލްމުގެ އަހުލުވެރިން ވެސް އެކަމަށް ދަލީލުތައް ގެންނަވައެވެ.

ވީމާ ބައެއް ޢިލްމުވެރިން މި މައްސަލައިގައި އެންމެހައި ދަލީލުތަކެއް ޖަމަޢަކުރެއްވުމަށްޓަކައި، ކަނައަތުގައި އަދި ވައަތުގައި އެޅުންވެސް އެކަމުގައި އިޚްތިޔާރު ކުރެވިދާނެކަން ބަޔާން ކުރައްވައެވެ.

الشيخ ابن عثيمين -رحمه الله- ވިދާޅުވެފައިވެއެވެ. “ޞައްޙަ ގޮތަކީ އެކަމުގައި ކަނައަތް އަދި ވައަތް ވެސް ސުންނަތް ވެގެންވުމެވެ”.

ކަނައަތުގައި އަޅަން ބޭނުންވާ މީހާއަށް ކަނައަތް ނުވަތަ ވައަތުގައި ވެސް އެޅުމަށް ބޭނުންވާ މީހާއަށް އެފަދައިން އަމަލުކުރުން ހުއްދަވެގެންވާ ކަމުގައި އުއްމަތުގެ އިޖްމާޢުން ބައެއް ޢިލްމުވެރިން ނަގުލު ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި الإمام النووي – رحمه الله- ހިމެނިވަޑައިގަންނަވައެވެ.

ވީމާ ވަކި އަތެއް ބުނުމަށްވުރެ މިކަމުގައި ތަނަވަސްވެގެންވެއެވެ. ކަނައަތުގައި އަޅަން ބޭނުންވާ މީހާ ކަނައަތުގައެވެ. އަދި ވައަތުގައި އަޅަން ބޭނުންވާ މީހާ ވައަތުގައި އެޅުމުގައި މައްސަލައެއް ނެތެވެ.

މަސްދަރު: އަބޫއަންސްއެމްވީ.ކޮމް
ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!