ޚަބަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: އަތޮޅުގެ އެންމެ ބޮޑު ވޮލީބޯލަ މުބާރާތުގެ ޗެމްޕިއަންކަން ފަރެސްމާތޮޑާއަށް

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގދ ފިޔޯރީގައި ކުރިއަށްދާ އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ފިޔޯރީ ބަލިކޮށް ފަރެސްމާތޮޑާއިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުން ފިޔޯރީ ބަލިކޮށް ފަރެސްމާތޮޑާއިން ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު ތިން ސެޓުވެސް ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބު ކޮށްގެންނެވެ.

މިމެޗު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޙްލޫފްއެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު ފެށިގެން ދެޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވާދަވެރި ކުޅުމަކަށްފަހު ފުރަތަމަ ސެޓު ފިޔޯރީގެ މައްޗަށް ކުރި ހޯދައި ފަރެސްމާތޮޑާއިން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ފުރަތަމަ ސެޓު ފަރެސްމާތޮޑާއިން ކާމިޔާބުކުރީ 25-19 އިންނެވެ.

މެޗުގެ ދެވަނަ ސެޓު ފެށިގެން ފަރެސްމާތޮޑާއިން ވަނީ ކުރީ ސެޓުގައި ކުޅުނުފަދަ ރީތި ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފިޔޯރީ ޓީމުންވަނީ ކުރިން ސެޓުން ލިބުނު ތަޖުރިބާގެ އަލީގައި އިތުރަށް ކުޅުން ވަރުގަދަކޮށް އެއްވަރެއްގައި ހިފަހައްޓާފައެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު ދެވަނަ ސެޓު ވެސް ފަރެސްމާތޮޑާއިން ވަނީ ކާމިޔާބުކޮށްފައެވެ. އެސެޓު ފަރެސްމާތޮޑާއިން ކާމިޔާބު ކުރީ 28-26 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓާއި ޚިލާފަށް މެޗުގެ ފަހުސެޓުގައި ފަރެސްމާތޮޑާއިން ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އެގޮތުން ފިޔޯރީ ޓީމުގެ މައްޗަށް ކުރި ހޯދައި އެސެޓު ފަރެސްމާތޮޑާއިން ކާމިޔާބުކޮށްފައިވަނީ 25-17 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަރެސްމާތޮޑާ ޓީމުގެ ޖަރޒީ ނަންބަރު 14 އާދަމް ނަސީމްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލުކޮށްދެއްވީ ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲ އެވެ.

މުބާރާތުގެ ވަނަވަނަތަކަށް ޝީލްޑް ޙަވާލުކޮށްދެއްވުން

ސަޕޯޓިންގ ޓީމައަކަށް ހޮވިފައިވަނީ ގދ ފަރެސްމާތޮޑާ ޓީމްއެވެ. އެޓީމަށް ޝީލްޑް ޙަވާލުކޮށްދެއްވީ ގދ ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު އެވެ.

މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ގައްދޫ ޓީމެވެ. އެޓީމަށް ޝީލްޑް ހަވާލުކޮށްދެއްވީ ގދ މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަންއެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ، ފިޔޯރީ ޓީމްގެ ޖަރޒީ ނަންބަރު 15 ޖަޒްލާން ޖަމީލުއެވެ. ޖަޒްލާން ޖަމީލް އަށް ޝީލްޑް ޙަވާލުކޮށްދެއްވީ ގދ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީއެވެ.

މުބާރާތުގެ ބެސްޓް ކޯޗުގެ މަގާމަށް ހޮވިފައިވަނީ ފަރެސްމާތޮޑާ ޓީީމްގެ ކޯޗު އަހުމަދު ސައީދުއެވެ. ސައީދުއަށް ބެސްޓު ކޯޗުކަމުގެ ޝީލްޑް ޙަވާލުކޮށްދެއްވީ ގދ ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲއެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ، ފިޔޯރީ ޓީމްގެ ޖަރޒީ ނަންބަރު 9 އިސްމާއިލް ސާޖިދު، ފިޔޯރީ ޓީމުގެ ޖަރޒީ ނަންބަރު 4 އަހުމަދު ސަޢީދު، ފަރެސްމާތޮޑާ ޖަރޒީ ނަންބަރު 8 އަޙްމަދު ޝިމާޢު، ފަރެސްމާތޮޑާ ޖަރޒީ ނަންބަރު ހަސަން ޝިޔާމް، ފިޔޯރީ ޓީމްގެ ޖަރޒީ ނަންބަރު 11 އަޙްމަދު ޔައުޤޫބު، އަދި ފަރެސްމާތޮޑާ ޖަރޒީ ނަންބަރު 14 އާދަމް ނަސީމްއެވެ. މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ މަގާމަށް ހޮވުނު ކުޅުންތެރިންނަށް މަގާމުގެ ޝީލްޑް ހަވާލުކޮށްދެއްވީ ގދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ، ފިޔޯރީ ޓީމްގެ ޖަރޒީ ނަންބަރު 12 އަލީ ހުޒާމްއެވެ. މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ހުޒާމްއަށް ޝީލްޑް ހަވާލުކޮށްދެއްވީ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝްއެވެ.

ގދ އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ފިޔޯރީ ޓީމްގެ ޖަރޒީ ނަންބަރު 15 މުޙައްމަދު ފަސީޙްއެވެ. ފަސީހްއަށް ޝީލްޑް ޙަވާލުކޮށްދެއްވީ ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲ އެވެ.

މުބާރާތުގެ ރަނަރަޕް ޓީމަށް ހޮވުނު ފިޔޯރީ ޓީމަށް މެޑަލް ޝީލްޑް އަދި ރަނަރަޕް ޓީމަށް ހުށަހަލާފައިވާ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މުބާރާތުގެ ޕްލެޓީނަމް ޕާރޓނަރ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދުއެވެ. އަރިހުގައި ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިޙަތު ގުދުރަތުﷲއެވެ.

މުބާރާތުގެ ޗެމްޕިއަންޓީމް، ފަރެސްމާތޮޑާ ޓީމަށް މުބާރާތުގެ ތަށި މެޑަލް އަދި ޗެމްޕިއަންޓީމަށް ހުށަހަޅާފައިވާ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޙްލޫފްއެވެ. އަރިހުގައި ހުންނެވީ ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲއެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފިޔޯރީ ބަލިކޮށް ފަރެސްމާތޮޑާއިން ހޯދާފައިވާއިރު، މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލުގައި ފަރެސްމާތޮޑާ ބަލިކޮށް ފިޔޯރީއިން ވަނީ ހޯދާފައެވެ.

މިމުބާރާތުގައި ފަސް ރަށަކުން ޖުމްލަ 10 ޓީމު ވަނީ ބައިވެރިވެފައެވެ. މިމުބާރާތް އަންހެން ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާއިރު ބައިވެރިވި ކޮންމެ ރަށަކުންވެސް ވަނީ ދެ ޓީމު ބައިވެރިކޮށްފައެވެ. މިމުބާރާތުގައި ބައިވެރިވި ޓީމްތަކަކީ، ގައްދޫ، ފަރެސްމާތޮޑާ، ފިޔޯރީ، ރަތަފަންދޫގެ އިތުރުން މަޑަވެލިއެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021″ ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމްޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަރަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައިހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ. އަދި މިމުބާރާތުގެ ފައިނަލް މެޗުތައް އިވެންޓްކާސްޓް މޯލްޑިވްސްގެ ލައިވް ފީޑްގައި ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފޭސްބުކް ޕޭޖް އިން ވަނީ ލައިވް ކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ކްލަބް ސޭންޑްވިޗް

    ކަލޭމެން އެތާ ތިއްބާ ގޮސް އަމިއްލަޔަށް ލޯންޗަކުން ގޮސް އޮންނާނީ މުބާރާތުގެ ފައިނަލް މެޗުވެސް ކަވަރު ކޮށްފަ . ދެން ލަލަލަ