ކުޅިވަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮޮލީބޯޅަ މުބާރާތް 2021: ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ފަށައިފި

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގދ ފިޔޯރީގައި ކުރިއަށްދާ އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ފަށައިފިއެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ފަރެސްމާތޮޑާ އަދި ފިޔޯރީ ބައްދަލުކުރާ ފައިނަލްމެޗު ޝަރަފްވެރިކޮށްދެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފްއެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ގދ ފަރެސްމާތޮޑާ އަދި ގދ ފިޔޯރީގެ އަންހެން ޓީމެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ކުޅޭ ފިޔޯރީ ޓީމް ފައިނަލަށް ގޮސްފައިވަނީ މުބާރާތުގައި އެޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްގެންނެވެ. ފައިނަލުގެ ދެން ބައްދަލުކުރާ ފަރެސްމާތޮޑާ ޓީމްވަނީ ސެމީފައިނަލުގައި ރަތަފަންދޫ ޓީމާއި ބައްދަލުކޮށް އެމެޗު ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދާފައެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ފަރެސްމާތޮޑާ އަންހެން ޓީމާއި ބައްދަލުކޮށް ފިޔޯރީއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިމުބާރާތުގައި ފަސް ރަށަކުން ޖުމްލަ 10 ޓީމު ވަނީ ބައިވެރިވެފައެވެ. މިމުބާރާތް އަންހެން ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާއިރު ބައިވެރިވި ކޮންމެ ރަށަކުންވެސް ވަނީ ދެ ޓީމު ބައިވެރިކޮށްފައެވެ. މިމުބާރާތުގައި ބައިވެރިވި ޓީމްތަކަކީ، ގައްދޫ، ފަރެސްމާތޮޑާ، ފިޔޯރީ، ރަތަފަންދޫގެ އިތުރުން މަޑަވެލިއެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021″ ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމްޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައިހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ. އަދި ފައިނަލް މެޗު  އިވެންޓްކާސްޓް މޯލްޑިވްސްގެ ލައިވް ފީޑް ބޭނުންކޮށްގެން ފޭސް ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖް އަދި ޔެސް ޓީވީ އިން ކުރާނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!