ޚަބަރު
ފިޔޯރީ އާއި ފަރެސްމާތޮޑާގައި ވޮލީ ކުރިއެރުވުމަށް މަސައްކަތް ކޮށްދޭނަން: މަހުލޫފް

ގދ.ފިޔޯރީ އަދި ފަރެސްމާތޮޑާގައި ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021 ފިިިރިހެން ޑިވިޝަންގެ ފައިނަލް މެޗް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފް ވިދާޅުވީ ހުވަދު އަތޮޅުގެ ރަށްތަކަކީ ވޮލީގައި ކުރިއެރުން ހޯދަމުން އަންނަ ރަށްތަކެއް ކަމަށާއި ހާއްސަކޮށް ފިޔޯރީ އަދި ފަރެސް މާތޮޑާގައި ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދޭނެ ކަމަށެވެ. އަދި ފިޔޯރީގައި ވަރަށް އަވަހަށް ވޮލީ ކޯޓެއް އަޅައިދޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ފރެސްމާތޮޑާއަކީ ވޮލީއަށް ހާއްސަ ރަށެއް ކަމުން އެރަށުގައި ވޮލީ ކޯޓެއް އަޅައިދޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާނެ ކަމަށާއި މިނިސްޓްރީން ހާއްސަ ސަމާލުުކަމެއްދީގެން މިސަރަހައްދުގެ ވޮލީ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރިޔަށް ރޭވިފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ހުވަދު އަތޮޅަކީ ވޮލީގެ ރަށެއްކަމުން ވޮލީ ކުރިއަރުވަން ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ.

ގދ.ފިޔޯރީގައި މިރޭ ބޭއްވިގެންދާ ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021 ފިިިރިހެން ޑިވިޝަންގެ ފައިނަލް މެޗް ވަރަށް ފޯރިއާއެކު ކުރިޔަށް ގެންދެވުުނުއިރު ގދ.އަތޮޅުު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲގެ އިތުރުން ގދ.ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ިމިހާރު ކުރިއަށްދާ “ގދ. އަތޮޅު ކައުންސިލް ފޭސް ވޮލީބޯލް މުބާރާތް 2021” ގައި ފަރެސްމާތޮޑާގެ އަންހެން ވޮލީ ޓީމަށާއި ފިރިހެން ވޮލީ ޓިމަށް ތަރުހީބު ދިނުމަށް މަސްދޯނި ތަކުގައި ފަރެސްމާތޮޑާގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ހަވީރު ވަނީ ފިޔޯރީއަށް ގޮސްފައެވެ. މި މުބާރާތް ކުރިއަށްގެންދިޔައީ ގދ. ފިޔޯރީ ގައެވެ. މިއީ ކުޅިވަރު މެދުވެރިކޮށް އެއަތޮޅުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫހު ވަރުގަދަ ކުރުމަށް ބާއްވާ މުބާރާތެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!