ޚަބަރު
ދެވަނަ ޓާމަށް ސްކޫލްތައް ހުޅުވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އަންގައިފި

ރާއްޖޭގެ ސްކޫލްތައް ދެވަނަ ޓާމަށް ހުޅުވިގެންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް އިތުރު ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގައި ހިންގާ ހުރިހާ ސްކޫލެއްގައި މިފިޔަވަޅުތައް އަޅަން އަންގާފައެވެ. އެގޮތުން މިނިސްޓްރީން އަޅާން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ 3 ނުވަތަ 5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމާއި އަދި މި ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުމަށް ވަނީ އަންގާފައެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު އެހެން ރަށަކަށް ދަތުރުކޮށް، އެރަށުގެ ސްކޫލަކަށް ހާޒިރުވާނަމަ އެފަރާތުންވެސް އެރަށަށް އަންނަތާ 3 ދުވަސް ނުވަތަ 4 ވަނަ ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށާއި ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުވުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ދަރިވަރުންނާއި ޓީޗަރުން އަދި ސްކޫލަށް ހާޒިރުވާ ބެލެނެވެރިންނަށް ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމް ކޮންމެ ސްކޫލުގައިވެސް ހަމަޖައްސާފައި ހުންނަން ޖެހޭނެ ކަމަށް ވަނީ އަންގާފައެވެ.

ސްކޫލުގައި އުޅޭއިރު ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން އުޅުމާއި ސްކޫލްގެ ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއެ ނުވަތަ އެއްވެސް ކަހަލަ އެއްވުމެއް ނުބޭއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތަށް ސްކޫލްތެރޭ ގުރޫޕް ހަދާފަ އުޅުމަކީ މަނާކަމެކެވެ.

ހަމައެއާއެކު ކޮންމެ ސްކޫލެއްގައި ޤާއިމުކޮށްފައިވާ “އިންފެކްޝަން ކޮންޓްރޯލް މެޝަރސް”ގެ އެންމެހާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށްވެސް މިނިސްޓްރީއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމުން ދަތުރުފަތުރުކުރުމުގައި ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިންވެސް ވަނީ އަންގާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!