ޚަބަރު
އެއްވުންތައް ރޫޅާލަން ވަކި ފުލުހުންތަކެއް ނެރޭ، ޓާގެޓަކީ އަނިޔާ ކުރުން: ޝިޔާމް

“އިންޑިއާ އައުޓް” ޝިއާރުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ބާއްވާ އެއްވުންތައް ރޫޅާލަން ވަކި ފުލުހުންތަކެއް ނެރޭ ކަމަށާއި އެމީހުންގެ ޓާގެޓަކީ އިދިކޮޅު މީހުންނަށް އަނިޔާކުރުން ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

“ސަންގު ޓީވީ” ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، އިދިކޮޅުން ހިންގާ “އިންޑިޔާ އައުޓް” ކެމްޕެއިންގެ ދަށުން ބާއްވާ އެއްވުންތައް ރޫޅާޅަން ނެރެނީ އެމްޑީޕީއަށް ތާއީދުކުރާ ވަކި ފުލުހުން ތަކެއް ކަމަށާއި އެ ހަރަކާތްތަކުގައި ގާނޫނާއި ޚީލާފު ކަންކަން ކުރެވެމުންދާ ކަމަށް ބުނެ ފުލުހުން ނުކުމެ އެ އެއްވުންތައް ރޫޅާލާ ކަމަށެވެ. އަދި އިދިކޮޅު ބައެއް މެމްބަރުންނާއި އެއްވުންތަކުގެ ބައިވެރިން ހައްޔަރުކުރަމުންދަނީ އަނިޔާ ދިނުމަށް ކަމަށް ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ފުލުހުން މިއެއްވުންތައް ރޫޅާލަން ހަދައިގެން ނޫސްވެރިންނާއި, ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންނަށްވެސް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތެރެއިން ވެސް ގިނަ ފުލުސް އޮފިސަރުންނަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުން އެ ކަމާއި ކަންބޮޑުވާ ފުލުހުން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ އެއްވުންތައް ރޫޅާލުމުގައި ބައެއް ފުލުހުން ހާލަތާއި ނުބައްދަލު ބޭނުންކުރާ މައްސަލަ ކަމާ ބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ. މި ގޮތުން ފުލުހުންގެ މުއައްސަސާގެ އިތުރުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ޝިޔާމް ވަނީ ހާމަކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!