ޚަބަރު
ފަރެސްމާތޮޑާގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނަން – މަޙްލޫފް

އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރަތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޙްލޫފް އިއްޔެ ގދ ފިޔޯރީއަށް ވަޑައިގަތުމަށްފަހު މިއަދު ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށުގެ ޒުވާނުންނާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި ފަރެސްމާތޮޑާ ޒުވާނުންނާއި ބައްދަލުކުރައްވައި ޒުވާނުންނާ އެކު ކުޅިވަރާ ބެހޭ ކަންތައްތަކުގައި ހުރި ދަތިތަކާބެހޭ ގޮތުން މަޝްވަރާކޮށް އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ މަހްލޫފް ފަރެސްމާތޮޑާގައި- ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު

މިނިސްޓަރ މަޙްލޫފް ވަނީ ފަރެސްމާތޮޑާގެ ކުޅިވަރު ކުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ހުރި ދަތިތަކާއި ބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުވައި ކުޅިވަރު ކުޅޭ ޒުވާނުން އެދިފައިވާ ކަންތައްތައް ވީއެންމެ އަވަހަކަށް ކޮށްދެވޭތޯ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިދަތުރުފުޅުގައި ފަރެސްމާތޮޑާ ޒުވާނުންގެ ފަރާތުން ވަނީ އެރަށުގައި ރަގަޅު ފެންވަރުގެ ވޮލީ ކޯޓެއް އަޅުއްވައިދެއްވަން މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރުގެ އަރިހުގައި އެދިފައެވެ.

އަދި އޭގެ އިތުރުން މިނިސްޓަރ މަޙްލޫފްވަނީ ފަރެސްމާތޮޑާގެ ޒުވާނުންނަށް 20 ދުވަހުގެ ވޮލީ ކޯޗިންގ ކޭމްޕެއް ކުރިއަށް ގެންދާނެ ކަމަށް ޒުވާނުންނަށް ވައުދުވެވަޑައިގެންފައެވެ.

މިދަތުރުފުޅަށްފަހު ދެން މިނިސްޓަރު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ގދ ތިނަދޫ އަށެވެ. އެގޮތުން ތިނަދޫގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ އެމްޓީސީސީ ހަވަރު ޔޫތު ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!