ޚަބަރު
ކުރިޔަށް އޮތް 4 ދުވަހު ސްޓެލްކޯގެ ކަރަންޓް ޚިދުމަތްތަކަށް ބުރޫއަރާނެ

ގްރޭޓާމާލޭ ކަރަންޓު ވިއުގަ ގުޅާލުމުގެ މަސައްކަތް ފެށިފައިވުމާއެކު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުޞަތު އެބައޮތް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް މި މަސައްކަތް ކުރިޔަށް ދާނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ. އެހެން ނަމަވެސް އަންނަ އަންގާރަ ދުވަހަކީ އަޟުހާ ޢީދު ދުވަސް ކަމުގައި ވުމުން އެ ދުވަހުގައި މަސައްކަތް ކުރިޔަށް ނުގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

ސްޓެލްކޯ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައި ވެއެވެ.

ސްޓެލްކޯއިން މިއަދު މި މަސައްކަތް ފަށާފައިވާއިރު، 8:00 އިން 17:00 އާ ދެމެދު މާލެއިން ކަރަންޓް ކެނޑުން އެކަށީގެންވެއެވެ. ސްޓެލްކޯއިން މައުލޫމާތު ދޭގޮތުގައި މާދަމާ މާލޭގެ އިންޖީނުގެއާ ގްރިޑް ސިންކޮރޮނައިޒް ކުރެވިގެން ދާނެއެވެ އަދި އަންނަ ބުދަ ދުވަހު ދެވަނަ ސާކިޓް އެނަޖައިޒް ކުރާނެ ކަމަށާއި، ބުރާސްފަތި ދުވަހު ވީއައިއޭ އޮންނަ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި މަޝްރޫއަކީ މާލެ ސަރަހައްދުން ދޭތެރެ  ދޭތެރެއިން ކަރަންޓު ކަނޑާއިގެން ދިޔުމުގެ ސަބަބުން ދިމާވެފައިވާ ދަތި ތަކަށް ހައްލެ ހޯދައިދިނުމަށް ހިންގާ މަޝްރޫއެކެެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން މި ކަރަންޓުވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބެ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!