ޚަބަރު
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބީ 4 ސިޔާސީ ޕާޓީއެއްގައި : އިލެކްޝަން ކޮމިޝަން

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބީ 4 ސިޔާސީ ޕާޓީއެއްގައިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ. ފުއާދު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ފުއާދު ތައުފީގް ވިދާޅުވީ، ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއެއްގައި ކަމަށެވެ. އެގޮތުން އެ ހަތަރު ޕާޓީ އަކީ  އެމްޑީޕީއާއި، ޕީޕީއެމް އާއި  ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ކަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.

ފުއާދު ވިދާޅުވީ ޤާނޫނުގައި ބުނާގޮތަށް ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ މިއަހަރުގެ މާޗްމަހުގެ ކުރިން ދޫކުރުމަށް މަސައްކަތް ކުރާކަމަށާއި، ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް މެމްބަރުން އިތުރު ކުރުމަށް ޕާޓީތަކުން އިލެކްޝަނަށް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާއިރު އިލެކްޝަނުން ދަނީ ފޯމްތައް ކަށަވަރުކޮށް ދަފްތަރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

 ފައިސާ ދިނުމަށް ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބި ޕާޓީތައް:

  • އެމްޑީޕީ 50،505 މެމްބަރުން
  • ޕީޕީއެމް 35،350 މެމްބަރުން
  • ޖުމްހޫރީ ޕާޓީ 12،747 މެމްބަރުން
  • އަދާލަތު ޕާޓީ 11،306 މެމްބަރުން

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!