ޚަބަރު
ހިޔާ ފްލެޓްގެ ލޮބީ އޭރިޔާ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭ ދެ ވަނަ ފޭސްގައި 25 ބުރިއަށް އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ލޮބީ އޭރިޔާ ބޮޑުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.

އެޗްޑީސީން ވިދާޅުވީ ޕީކު ގަޑިތަކުގައި ހިޔާ ފްލެޓްގެ ލިފްޓު ކައިރީގައި މީހުން ތޮއްޖެހުމުގެ މައްސަލަ ދިމާވާ ކަމަށާއި މިމައްސަލަ ހައްލުކުރުމަށް ލިފްޓު ކައިރީ ލޮބީ އޭރިޔާ ބޮޑުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ފޭސް 2 ގެ ފްލެޓްތަކުގެ ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހުންނައިރު ކޮންމެ ފްލެޓެއްގައި މަދުވެގެން 5 މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.  އެ އަދަދުން ބަލާ ނަމަ ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެއެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ 40،000 ގެ އާބާދީއެއް ފޭސް2 ގެ ހިޔާ ފްލެޓްގައި ދިރިއުޅޭނެއެވެ.

އެހެންނަމަވެސް 2020 ވަނަ އަހަރު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެއީ ބަލާލަން ރީއްޗަސް މީހުން އުޅެން ހެޔޮވާ ވަރުގެ ތަނެއް ނޫން ކަމަށެވެ.

ހިޔާ” މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކުރުމަށް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، 20 ޖުލައި 2016 ގައެވެ. މިއީ ދިވެހި ސަރުކާރުން، 434 މިލިއަން ޑޮލަރުގެ (6.692 ބިލިއަން ރުފިޔާ) ލޯނެއް ނަގައިގެން ހިންގާފައިވާ ޕްރޮޖެޓެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!