ޚަބަރު
މިދިޔައަހަރު ފަނޑީޔާރުންގެ 404 ސުލޫކީ މައްސަލަ ހުށަހެޅުނު: ޖޭއެސްސީ

2021 ވަނަ އަހަރު ނިމިގެންދިޔައިރު ފަނޑިޔާރުންގެ 404 ސުލޫކީ މައްސަލަ ހުށަހެޅިފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އަހަރީ ރިޕޯޓުގައި ހާމަކޮށްފިއެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ބުނާގޮތުން ފާއިތުވީ އަހަރު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި 404 މައްސަލައެއް ހުށަހެޅުނުއިރު އޭގެތެރެއިން 33 މައްސަލައިގެ ތަޙްޤީޤުކޮށް ވަނީ ނިންމާފައެވެ. އަދި 55 މައްސަލަ ތަހުޤީގު ނުކޮށް އޮތްކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

2021 ވަނަ އަހަރު 77 ތަޙްޤީޤު ކޮމިޓީއަކުން 88 މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާއިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓިގެ ޤާޟީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެކެވެ.

މީގެއިތުރުން ފަނޑިޔާރުކަމުން ވަކިކުރުން ފިޔަވައި އެނޫން ސުލޫކީ ފިޔަވަޅުތައް 14 ފަނޑިޔާރުންނަށް އަޅާފައިވާ ކަމަށާއި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް 18 މައްސަލައެއް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ބުނާގޮތުން 2021 ވަނަ އަހަރު 13 ފަނޑިޔާރަކު ވަނީ ރިޓަޔާ ކުރައްވާފައެވެ. އަދި 6 ފަނޑިޔާރަކު އަމިއްލައަށް އެދިގެން އެހެން ކޯޓުތަކަށް ބަދަލު ކޮށްފައިވެއެވެ.

މިދިޔަ އަހަރު މެޖިސްޓްރޭޓް ކޯޓުތަކަށް 6 މެޖިސްޓްރޭޓުން އަދި ސްޕީރިއާ ކޯޓުތަކަށް 4 ފަނޑިޔާރުން އައްޔަން ކޮށްފައިވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!