ޚަބަރު
ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްއަކަށް ޑރ.އަޝްރަފް އައްޔަން ކުރައްވައިފި

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޑރ. އަހްމަދު އަޝްރަފް އައްޔަނުކުރައްވައިފިއެވެ.

ހުސްވެފައިވާ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މިދިޔަ އަހަރު ޖޫންމަހު ވަނީ އިއުލާންކޮށްފައެވެ. 70 ހާސް ރުފިޔާގެ މުސާރަޔާއެކު ސިވިލް ސާރވިސުން ޑރ.އަޝްރަފް މިމަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އަޝްރަފް އަކީ މިދާއިރާއަށް 14 އަހަރު ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ.

އެ ކޮމިޝަނުން މި މަގާމު އިއުލާނުކުރީ 70،000ރ. މުސާރައަކާއެކު އެވެ. އެއީ މުސާރައިގެ ގޮތުގައި މަހަކު 54،430ރ. ގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530ރ. އެވެ. މިއީ ސިވިލް ސާވިސްގެ މަގާމުތަކަށް ބަލާއިރު އެންމެ ބޮޑު މުސާރަ ދޭ މަގާމެވެ. އަދި މިއީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ބޮޑު ޒިންމާއެއް ކަނޑައެޅިފައިވާ އެއް މަގާމަކީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމެވެ.

ސިއްޚީ ދާއިރާގައި ޑރ.އަޝްރަފްގެ ޚިދުމަތްތަކަށް ބަލާލާއިރު ބައެއް ހޮސްޕިޓަލްތައް ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވުމުގެ އިތުރުން އައިޖީއެމްއެޗްގައި ވެސް އަޝްރަފް ވަނީ މަސައްކަތް ކުރައްވާފައެވެ. އަޝްރަފް ގްރެޖުއޭޓްވެފައިވަނީ ޔޫކްރޭންގެ މެޑިކަލް ސްކޫލަކުންނެވެ.

މީގެކުރިން ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމް ފުރުއްވީ ޑރ. ޝީޒާ އަލީއެވެ. މިމަޤާމަކީ ހަތަރު އަހަރުގެ ޓާމެއް ފުރިހަމަ ކުރާ މަޤާމަކަށްވާތީ ޝީޒާ މަޤާމުން ވަކިވެ ވަޑައިގަތީ ޓާމް ހަމަވެގެންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!