ރިޕޯޓް
10 އަހަރަށް ފަހު އަތޮޅު ކައުންސިލުން ގދ އަށް ކުޅިވަރުގެ ރޫޙު ދިރުވައިދީފި

ގދ.ފިޔޯރީގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެނ ބޭއްވި ވޮލީ ބޯޅަ މުބާރާތް ވެގެން ގޮސްފައި ވަނީ ވަރަށް ތާރީޚީ މުބާރާތަކަށެވެ. 2021 ގެ ނިމުމާއި އާ އަހަރުގެ ފެށުމާއި އެކު ފެށި އެ މުބާރާތް މި މަހުގެ 09 ވަނަ ދުވަހުގައި ނިމިގެން ދިޔައިރު މުބާރާތް ވެފައި ވަނީ މިފަހަކަށް އައިސް ރާއްޖޭގައި ބޭއްވި އެންމެ ފޯރިގަދަ އަދި ގދ އަތޮޅުގައި ބޭއްވުނު ވޮލީ ގެ އެންމެ ބޮޑު ވޮލީ މުބާރާތަށެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ބޭއްވި މިމުބާރާތުގެ ފެންވަރު ރަނގަޅު ކަމާއި ފެނިގެން ދިޔަ ޖޯޝާ ފޯރީގެ ވާހަކަ އައްސަރި ބަހާއި ސާބަސްގެ ނަޒަރުން ނުދައްކާ މީހަކު މަދޭ ދެންނެވިދާނެއެވެ. ފިޔޯރީ ގެ ޖަމިއްޔާއެއް ކަމަށްވާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވާރމަންޓް (ފޭސް) ޖަމްޢިއްޔާ އާއި ބިޑް ކާމިޔާބުކޮށް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގެ ނަމުގައި މި މުބާރާތް ރާވާއި ހިންގަން ނިންމިއިރު ހުވަދު އަތޮޅު ގައި ވޮލީ ގެ ރޫޙު އޮތީ، ވަރުގަދަ މުބާރާތެއް ނުގެންދާތާ ގިނަ ދުވަސް ތަކެއް ވުމުގެ ސަބަބުން ވަރަށް ބޮޑަށް މަޑުވެ ވަޅު ޖެހުމަކަށް ދާން ކައިރި ވެފައެވެ.

ސަޕޯޓަރުންގެ ޖޯޝް ފެނިގެން ދިޔައި ވަރަށް ފޯރިގަދަކޮށް –ހުވަދޫ ފޮޓޯ:އާސިފް ހިލްޓަން

ވޮލީ ގައި އަބަދުވެސް ނަގައި ކިޔާ ފިޔޯރީ ގެ އިތުރުން ބައެއް ރަށް ރަށުގައި ކުޅެން ނުކުމެ އުޅުނު ކަމުގައި ވިޔަސް އެކަމުގައި މާ ބޮޑު ދިރުމެއްނެތެވެ. އެހެންކަމުން ގދ އަތޮޅު ކައުންސިލް ގެ ފަރާތުން އިސްނަގައި ވޮލީ މުބާރާތެއް ބޭއްވުމަށް އިޢުލާން ކުރުމާއެކު ގދ.ތިނަދޫ ފިޔަވާ އެހެން ހުރިހާ ރަށަކުން ފެނިގެން ދިޔައީ ދެ ޖިންސުގެ ޒުވާނުންނާއި ރަށު ކައުންސިލާއި ރައްޔިތުންގެ ރޫޙާއި ފޯރި މެކުހަށް ޖަހައިލި ތަނެވެ. ކުޅިވަރާއި ކަސްރަތުގެ ޝައުގުވެރިކަމާއި ގުޅުން ހުރި ތަޖުރިބާކާރު ޒުވާން ރައީސެއްްގެ މޭސްތިރި ކަމުގެ ދަށުން ކުރިޔަށް ގެންދިޔަ މުބާރާތަށް ރަށް ރަށުން ތައްޔާރު ވާންފެށީ ތިބާހެނެއްނޫނެވެ.

ކޯޓު ނެތް ރަށް ރަށުގައި ކޯޓުތައް އަލުން އަޅައި ރާއްޖެ އަތްފުނާ އަޅައިގެން މޮޅު ކުޅުންތެރިންވެސް ރަށަށް ގެންނަން ފެށިއެވެ. ރަށުގެ މަސްވެރިންނާ ހެޔޮ އެދޭ ފަރާތްތަކުން އެހީވާން ފެށިއެވެ. ކައުންސިލް ތަކުން މިކަމަށް ފިސާރި ރަނގަޅަށް ފޫގަޅާލިއެވެ. ހުވަދޫ ގައި ނަންހިނގާ ފޭސް ޖަމިއްޔާއިން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ހުޅުވާލި ބިޑް ކާމިޔާބު ކުރުމަށްފަހު ގދ.ފިޔޯރީގައި މުބާރާތް ބޭއްވުމަށް ހުރިހާ ކަމެއް އިންތިޒާމް ކޮށް ފިޔޯރީ ކައުންސިލާއި، ފިޔޯރީ ކޮމިއުނިޓީ ސެންޓަރާއި ގުޅިގެން މުބާރާތް ކުރިޔަށް ގެންދިޔުމަށް މަސައްކަތް ފަށައި ކާމިޔާބުކަމާ އެކީ ނިންމާލިއިރު މި 3 ފަރާތުން ވެސް ދިޔައީ ވަރަށް ރޫޙުގައި މަސައްކަތް ކުރަމުންނެވެ.

މުބާރާތުގެ ޗެމްޕިއަންޓީމް — ހުވަދޫ ފޮޓޯ

ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު މި ކަމުގައި ފެނިވަޑައިގަތީ ރަށުވަންތަ ވަތަނީ ބޭފުޅެެއްގެ ގޮތުގައެވެ. ގޯސް ކޮށް ހިގާފާނެ އެއްވެސް ކަމެއް އަތުން ކައްސާލައި ދިޔަ ނުދެއްވައެވެ. އެތައް ސަތޭކަ ބަޔަކު ރޭޔާ ދުވާލު ރަށަށް އަރާ ފައިބަމުން ދިޔަ އިރު މި ޓީމު ދިޔައީ ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންކަން މުޅި ޙަރަކާރް އެންމެ ގާތުން ބަލައި ހެދި ބައެއްގެ ގޮތުގައި އެ މުބާރާތުގެ މީޑިއާ ޕާރޓްނަރ ހުވަދޫ ނިއުސްގެ ނޫސްވެރިންނަށް ފާހަގަ ކުރެވުނެވެ.

އަދި ހަމަ އެހެންމެ ގދ.އަތޮޅު ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ، މި މުބާރާތް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ނިންމާލުމަށް މަސައްކަތް ހިގާ ނުހިނގާ ގޮތް ބައްލަވަމުން ކޮންމެ ފަހަރަކުހެން އެ ރަށަށް ވަޑައިގެން ކުރެއްވި މަސައްކަތާއި ދެއްވި ލަފާ ތަކުގެ ދަށުން ކުރަމުން ދިޔަ އެންމެހާ ކަންކަން ވެސް އަޅުގަނޑުމެން ހުވަދޫ ނިއުސް ޓީމުން ވަނީ ދެކެފައެވެ.

ގދ.އަތޮޅު ރައީސް، ހަސަން ފައިހަތު ޤުދުރަތުﷲ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި– ހުވަދޫ ފޮޓޯ: ލައިޝާން

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ނުވަތަ ކުރީގެ ނަމުން ނަމަ ގދ އަތޮޅު އޮފީހުން މިފަދަ މުބާރާތެއް އެންމެ ފަހުން ބާއްވާފައި ވަނީ 2012 އަހަރު ގައެވެ. އޭގެ ފަހުން މިހާރު 10 އަހަރުވީއެވެ. އޭގެ ފަހުގައި އަތޮޅު މައި އިދާރާގެ ޙައިސިއްޔަތުން ކުޅިވަރު މުބާރާތަކަށް އުހު ތަކުރާހޭ ވެސް ކިޔާފައި ނުވެއެވެ. އެހެންކަމުން “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް” ވެގެން ގޮސްފައި ވަނީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ކަމަކަށެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޝަން ގެ ތަށި ފަރެސްމާތޮޑާ އަށް އަދި އަންހެން ޑިވިޝަން ތަށި ފިޔޯރީ ހޯދިއިރު މުބާރާތަކީ ތަފާތު އެތައް ކަމެއް ރަނގަޅު ކަންތައްތަކެއް ފެނިގެން ދިޔަ ނަމޫނާ މުބާރާތެކެވެ. ލައިވް ކޮށް މެޗް ބޭލި ފަރާތްތަކާ ފިޔޯރީ ޒިޔާރަތް ކުރި އެތައް ސަތޭކަ ބަޔަކާއި ސޯޝަލް މީޑިއާ އާއި ނޫސް ތަކުން އެ އޮތީ އެ ޙަޤީޤަތް ފެންނާށެވެ. އަތޮޅުގެ ކުޅިވަރަށް ތަފާތު ޖޯޝެއް ގެނެސް ރޫޙު ދިރުވައި ދިން މުބާރާތަކަށެވެ. އަތޮޅު ކައުންސިލް ގެ ފަރާތުން ދެން ބާއްވާ މިފަދަ މުބާރާތެއް އެބައެއްގެ ރަށުގައި ބޭއްވުމަށް މިހާރުވެސް ރައްޔިތުން ވަނީ ބުނަން ފަށާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ސެއްޅި

    ކުރީގެ ކައުންސިލުން ބަޖެޓްކޮށް އެކްޓިވިޓީ ގަ ޖަހާފައިން މުބާރާތެއް.