ޚަބަރު
ގެމަނަފުށީ ކައުންސިލުން 13 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލުން 13 މިލިއަން ރުފިޔާގެ ބަޖެޓެއް 2022 ވަނަ އަހަރަށް ފާސްކޮށްފިއެވެ.

ގެމަނަފުށީ ކައުންސިލުން މިއަހަރު ގިނަ މަޝްރޫޢު ތަކެއް ހިންގަން ބަޖެޓުގައި ހިމަނާފައިވާއިރު، 12،971،915.00 ރުފިޔާ ޚަރަދުވާނެކަމަށް އެކައުންސިލުން ލަފާކުރެއެވެ.

13021914.66 (ތޭރަ މިލިއަން އެކާވީސްހާސް ނުވަސަތޭކަ ސާދަ ރުފިޔާ ފަސްދޮޅަސް ހަ ލާރި) ގެ ބަޖެޓް ފާސްކޮށްފައިވާއިރު، ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް 402،4937.00 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި އިޖުތިމާޢީ ރޫޙް އާލާކުރުމަށް 63،6000.00 ރުފިޔާ ވަނީ ކަނޑައަޅާފައިވެއެވެ.

2022 ވަނަ އަހަރުގެ ބަޖެޓުން ގެމަނަފުށީ ކައުންސިލުން ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ކޮޑަފެހެލާ ބްރިޖަކުން ގުޅާލުމާއި، ރަށުގެ މަގުހެދުމާއި، މަގުބައްތި ޖެހުމުގެ އިތުރުން ބަނދަރު ޒީނަތްތެރިކުރުން ހިމެނެއެވެ. މީގެ އިތުރުންވެސް ބޭރު ޖެޓީ އާއި، އަމީނީ ޕާރކް ތަރައްޤީ ކުރުމާއި، މިސްކިތްތަކާއި ކްލޮކް ޓަވަރ މަރާމާތު ކުރުމަށް ވެސް ގެމަނަފުށީ ކައުންސިލުން ވަނީ ނިންމާފައެވެ.

ސަރުކާރުންވެސް މިއަހަރުގެ ބަޖެޓުގައި ގެމަނަފުށީގެ ތަރައްޤީއަށް ކުރަން ޖެހޭ މަސައްކަތްތަށް ހިމަނާފައިވާއިރު ގެމަނަފުށީ ފާހަގަ ކޮށްލެވެނީ ރާއްޖޭގެ ރީތި ރަށްތަކުގެ ތެރެއިން ރަށެއްގެ ގޮތުގައިއެވެ. ހިތްގައިމު މާހައުލެއް އޮންނަ ގެމަނަފުއްޓަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުން ކޮންމެ އަހަރަކުވެސް ގިނަބަޔަކު ޒިޔާރަތް ކުރާ ރަށެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!