ޚަބަރު
މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުވައިފި

ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލީގައި ޤާއިމުކުރެވުނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މިރޭ ބޭއްވުނު ރަސްމިއްޔާތުގައި އެއިމާރާތް ހުޅުވާދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

މަޑަވެލީ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން — ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު

މި ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާނާއި، ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުالله އާއި، މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން އަދި އަތޮޅު ކައުންސިލުގެ މެމްބަރުންނާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމު ކުރުމުގެ އަމާޒުހިފާއި، އެ މަސައްކަތް ކުރަމުން ދާކަމަށެވެ.

މަޑަވެލީގައި ޤާއިމުކުރެވުނު ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ ސަބަބުން އަވަށްޓެރި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންނާ ހިއްސާކޮށް ފުލުހުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލުތައް ހިއްސާކުރެއްވުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މަޑަވެލީގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުވެގެން ދިޔުމަކީ މަޑަވެއްޔަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!