ޚަބަރު
ޔާމިންގެ މައްޗަށް އުފުލާފައިވާ ދެދައުވާގެ ޝަރީއަތް މާދަމާ ހެދުނަށް ތާވަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ 2 ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލު ކޮށްފިއެވެ.

މާދަމާ ހެދުނު 9:30އަށް ތާވަލް ކުރެވިފައިވަނީ ޔާމީންގެ މައްޗަށް އުފުލާފައިވާ ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

މިމައްސަލައިގައި އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި ކްރިމިނަލް ކޯޓުންވަނީ މާދަމާއަށް އަޑުއެހުމެއް ތާވަލްކޮށްފައެވެ.

އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މާދަމާއަށް އަޑުއެހުމެއް ތާވަލްކުރެވިފައިވާއިރު އެމަނިކުފާނު ވަނީ ކެމްޕެއިން ދަތުރުފުޅުގައި ބައިވެރިވާ ގޮތަށް ނިންމާފައެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާގެ ތިން ރަށަކަށް ވަޑައިގަތުމުގެ އިތުރުން މި ދަތުރުގައި ފުނަދޫ ގައި ހިންގާ އިންޑިއާ އައުޓް ހަރަކާތުގައި ވެސް ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިދިކޮޅުން ވަނީ ހާމަކޮށްފައެވެ.

ޔާމީންގެ އިތުރު މައްސަލައެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!