ޚަބަރު
ކޮވިޑަށް ފައްސިވާ މީހުންގެ ކަރަންޓީނު މައްދަތު އަނެއްކާވެސް ކުރުކޮށްފި

ކޮވިޑް-19 އަށް ފައްސިވާ މީހުން ކަރަންޓީނު މުއްދަތު 7 ދުވަހަށް ކުރުކޮށްފި ކަމަށް އެޗްޕީއޭއިން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ކޮވިޑަށް ފައްސިވާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ސާމްޕަލް ނަގާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރުމަށްފަހު ދޫކޮށްލެވޭނެއެވެ. އެހެންނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކަރަންޓީނު މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިގޮތަށް އުސޫލު ބަދަލުކުރި ނަމަވެސް ސާމްޕަލް ނަގާ ތާރީޚުން ފެށިގެން ހަތް ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނައްސިވުމުންނެވެ. އެންޓިޖެން ޓެސްޓު ހަދާނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތުން އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ ދީފައިވާ ތަނަކުންނެވެ.

މީގެއިތުރުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ޑައިރެކްޓު ކޮންޓެކްޓުވެގެން ކަރަންޓީނުވާ މީހުން 10 ދުވަސް ފުރިހަމަކުރަންޖެހޭނެއެވެ. މިމުއްދަތުގައި ބަލީގެ އަލާމާތެއް ނެތްނަމަ 5 ދުވަސްފަހުން ޕީސީއާރު ޓެސްޓު ހަދާ ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނު ފުރިހަމަވެ ދޫކޮށްލެވޭނެއެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހު ކަރަންޓީނުގައި ތިބެންޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެޗްޕީއޭ އިން ވިދާޅުވެފައިވާ ގޮތުގައި ކަރަންޓީން މުއްދަތަކަށް ބަދަލު ގެނައީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިހާރު އަމަލު ކުރަމުން އަންނަ އުސޫލު ބެލުމަށް ފަހުއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. Meehama ekani malea rajje threytantanum anganee thmannamenna nangayho th iulaan tanfeez kuraaka