ޚަބަރު
ޔާމީންގެ ޝަރީއަތް ލައިވްކޮށް ކުރިޔަށް ގެންދަން އެދުމުން ޔޫސުފް ނައީމް އެކަމާ ދެކޮޅު ހަދައިފި

ވ. އާރަށު މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު ޔާމީންގެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން އެދިލައްވާފައިވަނީ ޝަރީއަތް ލައިވްކޮށް ކުރިޔަށް ގެންދިޔުމަށެވެ. އެހެންނަމަވެސް އެމަނިކުފާނާއެކީ ދައުވާ ލިބޭ ދެވަނަ ފަރާތް ކަމަށްވާ ޔޫސުފް ނައީމް ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރިސޯޓް ހަދަން އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ދައުލަތުން ކޮށްފައިވާއިރު ވ. ފެލިދޫ ހަނދުވަރީގޭ، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުﷲގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި ހާމަކަން ބޮޑުކޮށް ޝަރީއަތް ކުރެވުމުގެ ހައްގު ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށާއި މިފަދަ އެހެން މައްސަލަތަކުގައި ވެސް އަމަލުކުރި ގޮތަށް ޔާމީންގެ ޝަރީއަތް ލައިވްކޮށްދޭން އެދޭ ކަމަށެވެ.

އެހެންނަމަވެސް ދައުވާ ލިބޭ ދެވަނަ ފަރާތް ކަމަށްވާ ޔޫސުފް ނައީމްގެ ވަކީލުން އެގޮތެއް ބޭނުން ނުވިއެވެ. އަދި ޔާމީންގެ ޝަރީއަތް ލައިވް ކުރަން ބޭނުންވާ ނަމަ، އެ މަނިކުފާނުގެ ބައި ވަކިން ކުރިއަށް ގެންދަން އެދޭ ކަމަށް ޔޫސުފްގެ ނައީމްގެ ވަކީލުން ވިދާޅުވިއެވެ.

ދައުލަތުން ބުނީ އެ މައްސަލާގެ ޝަރީއަތް ލައިވްކުރަން ދެކޮޅު ނަހަދާ ކަމަށާއި އަދި އެފަދަ މައްސަލަތަކުގެ ޝަރީއަތް މީގެކުރިން ވެސް ލައިވް ކުރަން ދައުލަތުން އެދިފައިވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވެސް ޝަރީއަތްތައް ލައިވް ކުރަމުން އަންނަ ކަމަށާއި އެކަމަކު މަތީ ކޯޓުތަކުން އަމަލުކުރާ އުސޫލުތަކަށް ބަލާއިރު ޝަރީއަތް ލައިވް ކުރުމާއި ނުކުރުމަކީ ދައުވާލިބޭ މީހާގެ އިހްތިޔާރުގައި އޮންނަ ކަމެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި ޝަރީއަތް ލައިވް ކުރުމާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމަވާނެ ކަމަށް ކޯޓުން ވަނީ އަންގާފައެވެ.

ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އަންނާނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!