ޚަބަރު
އަތޮޅު ކައުންސިލުން 21 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީ އާއި ދައުލަތުން ކައުންސިލަށް ދެއްވާފައިވާ ބަޖެޓު ހިމަނައިގެން ގދ. އަތޮޅު ކައުންސިލްގެ 2022 ވަނަ އަހަރުގެ ބަޖެޓް މިއަދު އެ ކައުންސިލުން ފާސްކޮށްފިއެވެ.

2022 ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓެއްގެ ގޮތުގައި ދައުލަތުން ދެއްވި -/11،312،769 (އެގާރަ މިލިޔަން ތިންސަތޭކަ ބާރަ ހާސް ހަތްސަތޭކަ ފަސްދޮލަސް ނުވަ ރުފިޔާ) އާއި އަތޮޅު ކައުންސިލްގެ އާމްދަނީ -/4،448،376 (ހަތަރު މިލިޔަން ހަތަރު ސަތޭކަ ސާޅީސް އަށް ހާސް ތިންސަތޭކަ ހަތްދިހަ ހަ ރުފިޔާ )ގެ އިތުރުން ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި -/3،450،000 (ތިން މިލިޔަން ހަތަރު ސަތޭކަ ފަންސާސް ހާސް ރުފިޔާ) އެކު މުޅި ޖުމްލަ -/19،211،145.00 (ނަވާރަ މިލިޔަން ދުއިސައްތަ އެގާރަ ހާސް އެއްސަތޭކަ ސާލީސް ފަސްރުފިޔާ) ވަނީ ފާސްކޮށްފައެވެ.

މިއަހަރަށް ފާސްކުރި 19 މިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 17 މިލިއަން ހިމަނާފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ދައުލަތުން ދޭ ގުރާންޓްގެ ގޮތުގައި 11 މިލިއަން ރުފިޔާ ޖަހާފައިވާއިރު ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި ތިން މިލިއަން އަދި ކައުންސިލްގެ އާމްދަނީގެ ގޮތުގައި 4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ގދ އަތޮޅު ކައުންސިލްގެ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފައި ވަނީ 13 ޖަނަވަރީ 2022 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ މި އަހަރުގެ ދެވަނަ ރަސްމީ ޖަލްސާއިންނެވެ. މިބަޖެޓް ފާސް ކުރައްވާފައިވަނީ މިޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!