ފެންޑާ
އަހަރެންގެ ޖޯޑުގައި ހުރީ ކޮން އެއްޗެއް؟ އަމިއްލަ ނަފްސާއި ކޮށްލަން ރަނގަޅު ސުވާލެއް

ތިބާ ކޮފީޖޯޑެއް އަތުން ހިފަހައްޓައިގެން ހުއްޓާ މީހަކު ތިބާގެ ގައިޖެހި ނުވަތަ ތިބާގެ އަތްތަޅުވާލުމުން، އަމިއްލަ ގަޔަށާއި މުޅިތަނަށް ކޮފީތަށި ބަންޑުންވެއެވެ.

ސުވާލަކީ ގަޔަށާއި މުޅިތަނަށް ކޮފީ ބަންޑުންވީ ކީއްވެހެއްޔެވެ؟ ޖަވާބުގައި ތިބާ ބުނާނީ މީހަކު ގައިގައި ޖެހުމުން ނުވަތަ އަތްތަޅުވާލުމުންނެވެ. ނަމަވެސް މިހާ ހިސާބުން އުފެދޭ ސުވާލަކީ، މިޖަވާބު ރަނގަޅު ހެއްޔެވެ؟ ޖަވާބު ރަނގަޅެއް ނޫނެވެ.

މުޅި ގަޔަށާއި މުޅިތަނަށް ކޮފީ އެޅުނީ ޖޯޑުގައި ކޮފީ ހުރުމުންނެވެ. ޖޯޑުގައި ކޮފީގެ ބަދަލުގައި ސައި ހުރިނަމަ، މުޅިތަނަށް ކޮފީގެ ބަދަލުގައި އެޅޭނީ ސަޔެވެ. މިފަދަ ކަމެއް ދިމާވިނަމަ، ކޮފީގެ ބަދަލުގައި އެޅޭނީ އެޖޯޑުގައި ހުރި އެއްޗެކެވެ.

އަހަރަމެން އިންސާނުންގެ ދިރިއުޅުމުންވެސް ފެނިގެންދަނީ މިފަދަ ސިފައެކެވެ. ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއިއެކު މީހާ ކަންބޮޑުވެ ގޮތްހުސްވާ ވަގުތުތައް ކުރިމަތިވެއެވެ. މިފަދަ ވަގުތުތަކުގައި އެހެން މީހުންނަށް ފެނިގެންދާނީ އެމީހެއްގެ އެތެރޭގައި ހުރި ސިފައެކެވެ. ގިނަމީހުން ބޭރުފުށަށް ދައްކާ ސިފަތަށް ފަސޭހައިން އޮޅުވާލައެވެ. ނަމަވެސް، ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި، ކަންބޮޑުވުންތަކާއެކު އެމީހެއްގެ ހަޤީޤީ ސޫރަ ފެނިގެން ދާނެއެވެ.

ތިބާގެ ދިރިއުޅުމުގައި ތަފާތު ދަތި ގޮންޖެހުންތައް ކުރިމަތިވުމުން، ކޮފީތަށި ބަންޑުންވާ ބީދައިން، ބަންޑުންވެގެން ދަނީ ތިބާގެ އެތެރޭގައި ފޮރުވިފައިވާ ސިފަތަކާއި، ތިބާގެ ހަޤީޤީ ސޫރައެވެ.

ދަތި އުދަނގޫ ހާލަތުގައި ކޮފީތަށިގައިވާ ކޮފީ ބަންޑުންވާ ފަދައިން ތިބާގެ އެތެރޭގައި ބަންޑުންވެ މީހުންނަށް ފެނިގެންދާނެ ސިފައަކަށް، ތިބާ ހަދަން ބޭނުންވަނީ ކޮން ސިފަތަކެއް ހެއްޔެވެ؟

ތިބާގެ ޖޯޑު ފުރިފައިވަނީ ކޮންއެއްޗަކުން ހެއްޔެވެ؟ އޭގައި ވަނީ އުފާވެރިކަމާއ، ޝުކުރުވެރިވުމާއި، ހަމަޖެހުމާއި އިންސާނިއްޔަތުކަން ހެއްޔެވެ؟ ނޫނީ އެޖޯޑު ފުރިފައިވަނީ ރުޅިވެރިކަން، ނަފްރަތު، ހަރުކަށި ބަސްތަކުން ދޭ ރައްދު ހެއްޔެވެ؟

މިއަދު އެމީހެއްގެ ޖޯޑު އެސިފަތަކަކުން ފުރާލަން ބޭނުންވާ ސިފަތަށް އެމީހަކު އިޚްތިޔާރުކޮށްލުން ބުއްދިވެރިއެވެ. އަހަރަމެންގެ ޖޯޑުތައް އީމާންތެރިކަމާއި، ޝުކުރުވެރިވުމާއި، މަޢާފްކުރުން، އުފާވެރިކަން،، ހިތްހަމަޖެހުން، އެހީތެރިކަން، އޯގާތެރި އަދި އެހެން މީހުންނަށް އިޙްތިރާމާއި ލޯބި އެކުލެވޭ ރީތި ސިފަތަކުން ފުރާލުން މުހިންމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!