ޚަބަރު
ޕީޕީއެމް ސަރުކާރަކަށް ފުރުސަތު ދީފިނަމަ ކޮމަންޑޫގައި އެއަރޕޯޓެއް އަޅައިދޭނަން: ޔާމީން

ދެންއަންނަ ދައުރެއްގައި ޕީޕީއެމް ސަރުކާރަކަށް ފުރުސަތުދީފިނަމަ ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް އެއާޕޯޓް އެޅުމުގެ މަޝްރޫއު ހިންގާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަވަހާރަވުމާއި ގުޅިގެން އެދާއިރާގެ ބައި އިލެކްޝަނަށް ހުރިހާ ޕާޓީތަކުންވަނީ ކެމްޕެއިން ފަށާފައެވެ. އެގޮތުން ޕީޕީއެމުން މިއަދު ހަވީރު ވަނީ ކޮމަންޑޫއަށް ކެމްޕެއިން ދަތުރު ފަށާފައެވެ. މިދަތުރުގައި ޔާމީން ބައިވެރިވެ ވަޑައިގަތެވެ.

ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާދަމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ނިންމާނީ އިންތިހާބު ކުރިމަތިވުމުން ނޫން ކަމަށާއި ރައްޔިތުންނަށް ދަތި އިހުސާސް ކުރެވޭ ހިސާބުން އެ މަސައްކަތް ކޮށްދޭންޖެހޭނެ ކަމަށެވެ. އަދި އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމެއް ކަމަށްވާ އެއަރޕޯޓް އެޅެން އޮތީ ޕީޕީއެމް ސަރުކާރެއް އައިސްގެން ކަމަށް ޔާމީން ވިދާޅުވިއެވެ. ކޮމަންޑޫ ކައިރީ އޮތް ދިގުވެލިދޫ އަކީ އެ ދާއިރާއާ މުޅި ރާއްޖެ ގުޅުވައިދޭ ބަނދަރެއް އޮންނާނެ ރަށަކަށް ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ މިސަރުކާރުން މޯލްޑިވިއަން ކުންފުނި ވިއްކާލާ ވިސްނުމެއް ގެންގުޅޭ ކަމަށާއި އެކުންފުނި ގަތުމަށް އެންމެ ބޮޑު ޝައުޤެއް ހުރީ އިންޑިޔާއިން ކަމަށެވެ. އެކުންފުނި 630 މިލއަން ރުފިޔާ އިން ދަރާފައިވާ ކަމަށާއި ބޯޓުތައް ބޭނުން ނުކުރެވޭ ކަމަށް ޔާމީން ވަނީ ތުހުމަތުކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހު ފަހެއްގައެވެ. އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގައި ބޮޑެތި މަޝްރޫއުތައް ހިންގާތީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ އިދިކޮޅުން ދަނީ ފާޑުކިޔަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!