ދީން
ހުކުރު ނަމާދަކީ، ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް- ހުކުރު ޚުޠުބާ

ހަފްތާގެ އެހެން ދުވަސްތަކަށްވުރެ މާތް ﷲ ހުކުރުދުވަސް މާތްކުރައްވާއި، އެދުވަހުގައި ދުޢާ އިޖާބަކުރައްވާ ޚާއްސަ ވަގުތެއް އެކަލާނގެ ލައްވާފައިވާ ކަމުގައި މިއަދުގެ ޚުޠުބާގައި ބުނެވިފައި ވެއެވެ. މިފަދައިން ހުކުރުދުވަސް މާތް ކުރައްވާފައި ވުމުގެ ހިކުމަތަކީ، މީސްތަކުން އެދުވަހުގެ މަތިވެރިކަން ދަނެ، އެދުވަހުގެ ޙައްޤު ހެތޮގޮތިގައި އަދާކުރުން ކަމުގައި ބުނެވިގެން ވެއެވެ.

ހުކުރު ދުވަހަކީ އެދުވަހެއްގައި އިންސާނީ ނަސްލުގެ ފެށުންކަމުގައިވާ މުޅި އިންސާނިއްޔަތުގެ ބައްޕަ، އާދަމްގެފާނު އުފެއްދެވުނު ތާރީޚީ ދުވަސްކަމުގައި ޚުޠުބާ ބުނެއެވެ. ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅަކަށް އިޝާރަތްކުރައްވައި ޚުޠުބާގައި ބުނެވިގެންވާގޮތުގައި، އެދުވަހަކަށް އިރުއެރި ދުވަސްތަކުގެ ތެރެއިން، އެންމެ ހެޔޮކަން ބޮޑު ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު ހެއްދެވުނީ އެދުވަހުއެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީ އެދުވަހުއެވެ. އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނީވެސް ހަމަ އެދުވަހުއެވެ. އަދި ހުކުރުދުވަހެއްގައި މެނުވީ ޤިޔާމަތް ނުވާނެކަމުގައި ހަދީޘް ބަސްފުޅުގެ މާނަޔަށް އިޝާރަތް ކުރައްވައި ބުނެވިފައި ވެއެވެ.

ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރެވޭ ވަގުތުކޮޅަށް އިޝާރަތް ކުރައްވަމުން ޚުޠުބާގއި ބުނެފައިވާ ގޮތުން، އެވަގުތަކީ، ހުކުރުދުވަހުގެ ޢަޞްރު ނަމާދަށްފަހު އިރުއޮއްސުމާ ދެމެދުގައިވާ ވަގުތުކޮޅެއްކަމުގައި ބުނެވެއެވެ. ނުވަތަ އެއީ އިމާމާ މިންބަރުގައި އިށީނީއްސުރެ، ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައިވެސް އައިސްފައި ވެއެވެ، އެހެންކަމުން ހުކުރު ދުވަހު، މާތްﷲ މިންވަރު ކުރައްވާފައިވާ، މި މަތިވެރި ވަގުތުތަކުގައި، އެކި އެކި ބޭނުންތައް ޖެހިފައިވާ ފަރާތްތަކުން، މިފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުޢާކުރުން އިތުރުކުރުމަށް ޚުޠުބާގައި ނަސޭޙަތްތެރިވެފައި ވެއެވެ.

ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅަކަށް އިޝާރަތްކުރައްވައި ޚުޠުބާގައި ބުނެފައިވާގޮތުގައި، މީސްތަކުން ހުކުރު ނަމާދު އަޅައިފުމަށް ރައްކާތެރި ވާންޖެހެއެވެ. އެހެން ނޫންނަމަ، ﷲ ތަޢާލާ އެމިސްތަކުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާނެތެވެ. އަދި އެއުރެންނީ ޣާފިލުންގެ ތެރެއިންވާ ބަޔަކު ކަމުގައި ވެދާނެ ކަމުގައި ބުނެވިފައި ވެއެވެ.

ހުކުރުދުވަހު ކުރެވޭ ހުކުރު ނަމާދަކީ، ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމުގައި ވެގެންދާނޭ ކަމުގައި ޚުޠުބާގައި ބުނެވިފައިވެއެވެ. ހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު ކަމަށާއި، ހުކުރު ނަމާދަށް އަވަސްވެގަތުމަށް މާތް ﷲ ވަނީ މުއުމިނުންނަށް އަމުރު ކުރައްވާފައެވެ.

މާތްﷲގެ މި ނިދާއަށް ކިޔަމަންތެރިވެ، ދުންޔަވީ މަސައްކަތުން ދުރުވެ، ހުކުރަށް ދިއުމަށް އަވަސްވެގަންނަ މީހަކީ، ބޮޑުވެގެންވާ ނަޞީބުވެރިއެއްކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ. ނަމަވެސް ކަން މިހެން އޮތް އިރުވެސް ހިތާމަޔަކީ، ހުކުރު ވަގުތަށް ބެލުމެއް ނެތި، ހުކުރު ވަގުތަކަށް ބެލުމެއް ނެތި، އެބައިމީހުންގެ ވިޔަފާރިން މަންފާ ހޯދުމަށް މަޝްޣުލްވެގެން އުޅޭތަން މިކުޑަ މުޖުތަމަޢުން ފެނިގެންދިޔުން ކަމުގައި ހުޠުބާ ބުނެއެވެ. އަދި ޅިދުމަތް ހޯދާ ފަރާތްތައްވެސް ހުކުރުވަގުތާއި ނަމާދު ވަގުތުތަކުގައި ހޭބޯނާރައި، ޚިދުމަތް ލިބިގަތުމުގައި، އުޅޭތަން ފެންނަމުން ދިޔުން ކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

ކީރިތި ނަބިއްޔާގެ ނަބަވީ އިރުޝާދުގައިވާ ގޮތުން، ހުކުރު ނަމާދަށް ވީހާވެސް ކުރިން މިސްކިތަށް ދިއުމަށާއި، ފުރަތަމަ ސަފުން ޖާގަ ހޯދުމަށް ބާރުއަޅުއްވާފއި ވެއެވެ. އަދި ހުކުރުދުވަހު ހުކުރު ޚުޠުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ، ހުކުރަށް ހާޟިރުވި މީހުން ލިޔުއްވުމަށް، މާތްﷲ ޚާއްސަކުރައްވާފއިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫންކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ. ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ސައްޙަވާނެ ކަމުގައި ބުނެވިފައި ވެއެވެ.

ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ކަމެއް މެދުވެރިވުން، ނުވަތަ އެނޫންވެސް ޝަރުޢީ ޢުޛުރަކާ ނުލައި، ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއްކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

ކުރު ޚުޠުބާ އަކީ، އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ދެވޭ ވަރަށް މުހިންމު އިރުޝާދުތަކެއް ކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ. އެ ޚުޠުބާ އާއި ނުލައި ހުކުރު ނަމާދު ފުރިހަމަ ނުވެއެވެ. އެޚުޠުބާގައި މާތްﷲއަށް ޙަމްދާއި ތަޢުރީފް ކުރުމާއެކު، އެކަލާނގެ ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތް ކިޔެވިގެން ދެއެވެ. އަދި ޚުޠުބާގައި މުޖުތަމަޢުގައި ހިނގާ ތަފާތު ކަންކަމުގައި މުސްލިމުން ޢަމަލުކުރަންވީ ރަނގަޅު ގޮތް ދަސްކޮށްދެއެވެ. ހުކުރު ޚުޠުބާ އަކީ، މުހިންމު ދަރުސަކަށް ވުމުގެ އިތުރުން ޚުޠުބާ ކަނުލައި އަޑުއެހުމަށް ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އުންމަތަށް އިރުޝާދު ދެއްވާފއި ވެއެވެ. ޚުޠުބާ ކިޔަމުންދާ ވަގުތު ވާހަކަ ދެއްކުމަކީ ފާފައެއްކަމުގައި މިއަދުގެ ޚުޠުބާގައި ބުނެވިފައިވެއެވެ.

ހުކުރު ދުވަހު ސަމާލުވާން ޖެހޭ ކަންކަމުގެ ތެރޭގައި، ހުކުރަށް ހިނައިގަތުމާއި، ހުވަނދުލުމާއި، ސާފުތާހިރު، ރީތި ހެދުމެއް ލުމާއި، ހުކުރު ނަމާދުގެ ޖަމާޢަތަށް ވީހާކުރިން ޙާޟިރުވުމާއި، މިސްކިތަށް އަރާ މީހުން އެހެން މީހުންގެ ކޮނޑިތައް ގިރާކޮސް، ކުރިޔަށް ނުދިޔުމަށާއި، މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދު ސުންނަތުގެ ދެރަކުޢަތް ކުރުމާއި، ސަފުތައް ސީދާ ކުރުމާއި، ޚާއްސަކޮށް މިސްކިތުން ބޭރުގައި ހެދޭ ސަފުތައް މިސްކިތުގެ ސަފުތަކާއި ގުޅުވައިގެން ހެދުމަކީ ސަމާލުވާންޖެހޭ ކަންތައްތައް ކަމުގައި ޚުޠުބާ ބުނެއެވެ.  އަދި ހަމަ އެފަދައިން ހުކުރުދުވަހު ކަޙްފު ސޫރަތް ކިޔުމަކީވެސް ސުންނަތެއް ކަމުގައި ޚުޠުބާ ބުނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!