ޚަބަރު
ފުރަތަމަ ހަފްތާގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހެނީ ދެދުވަހު

އަންނަ އާދީއްތަ ދުވަހު ދެވަނަ ޓާމުގެ ކިޔެވުން ފެށިގެންދާއިރު މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ފުރަތަމަ ހަފްތާގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހެނީ އެންމެ ދެދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު އިތުރުވަމުންދިޔުމާއި ގުޅިގެން އެސަރަހައްދުގެ ސްކޫލްތަކުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަން މިނިސްޓްރީން ވަނި އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނާގޮތުން ދެވަނަ ޓާމް ފެށިގެންދާއިރު ފުރަތަމަ ހަފްތާގައި އަޅަން ހަމަޖެހިފައިވާ ފިޔަވަޅުތަކަކީ:

  • ގްރޭޑް 1 އިން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ތައްޔާރުކުރުން
  • ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުން.
  • ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުންބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުން.
  • ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައި ދުރުކަން ދެމެހެއްޓުން
  • ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓު ދުރުމިން ބެހެއްޓުން.
  • މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުން.
  • ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ދެއްވާ އިރުޝާދުތަކަށް އަމަލުކުރުން ހިމެނެއެވެ.

ސްކޫލްތަކުގައި ދެވަނަ ޓާމުގެ ކިޔެވުން ހަމަޖެހިފައިވާ ގޮތް ސްކޫލްތަކުން ބެލެނެވެރިންނަށް އަންގާނެކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!