ޚަބަރު
އޭލެވެލްގައިވެސް ފަޚުރުވެރި ކާމިޔާބީއެއް: ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 6 ދަރިވަރަކު އޭލެވެލް ޤައުމީ ގަދަ 10އަށް

ފާއިތުވީ އަހަރުގެ އޭލެވެލް އިމްތިހާނުގެ ނަތީޖާ މިހާރު ލިބިފައިވާއިރު، ތިނަދޫގައި ހުންނަ ސާނަވީ އަދި މަތީ ސާނަވީ ސްކޫލްކަމުގައިވާ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން އޭލެވެލް އިމްތިހާންގައި ބައިވެރިވި 33 އިންސައްތަ ކުދިން ޤައުމީ ގަދަ10 ގައި ހިމެނޭ މިންގަޑަށް ފާސްވެ، ޤައުމީ ގަދަ10 އަކަށް ވާދަކުރެއެވެ.

ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގދ. އަތޮޅުތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒު މުޙައްމަދު ވިދާޅުވެފައިވާ ގޮތުގައި މިއީ އެސްކޫލްގެ ތާރީޚުގައިވެސް އޭލެވެލް ނިންމި ދަރިވަރުން އެންމެ ގިނަ އަދަދަކަށް ޤައުމީ ގަދަ10 އަށް ވާދަކުރާ ފަހަރު ކަމަށެވެ. ޕްރިންސިޕަލް ޝިފާޒު މަޢުލޫމާތު ދެއްވާގޮތުގައި ޤައުމީ ގަދަ 10 ގައި ހިމެނޭ މިންވަރަށް ފާސްވެ ތަޢުލީމީ މަރުކަޒުގެ 6 ދަރިވަރަކު ޤައުމީ ގަދަ10 އަށް ވާދަކުރެއެވެ. އަދި މިއީ އެސްކޫލުން އޭލެވެލް އިމްތިހާން ހެދި ކުދިންގެ 33 އިންސައްތަ ކަމުގައި ބުނުއްވާފައި ވެއެވެ.

ޝިފާޒު އިތުރަށް ވިދާޅުވިގޮތުގައި، އޭލެވެލް ނިންމި ދަރިވަރުން ވަނީ ސްކޫލް ފަޚުރުވެރިވާފަދަ ނަތީއްޖާއެއް ހޯދާފައެވެ. މިގޮތުން، އެކައުންޓް، އިކޮނޮމިކްސް، ބިޒްނަސް ސްޓަޑީސް އަދި މެތަމެޓިކްސް މިހަތަރު މާއްދާއިންވެސް އިމްތިހާނުގައި ބައިވެރިވި 100 އިންސައްތަ ކުދިން ފާސްވެފައި ވެއެވެ. ޕްރިންސިޕަލް ބުނުއްވާގޮތުގައި މިފަދަ ނަތީއްޖާ އެއް ހާޞިލްވެފައިވަނީ، ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި މުދައްރިސުންގެ ވަރަށް ބޮޑު މިންނެތް މަސައްކަތުންނެވެ. ސްކޫލް ފަޚުރުވެރިވާފަދަ ނަތީއްޖާއެއް ހާޞިލްކުރުމަށް ސްކޫލްގެ ސީނިއަރ މެނޭޖްމަންޓާއި، މުދައްރިސުން އަދި އިދާރީ މުވައްޒަފުންގެ ފަރާތުން ދެއްވާފައިވާ އެއްބާރުލުމާއި، މަސައްކަތަށް ވަރަށްބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ގދ. އަތޮޅު ތަޢުލީމި މަރުކަޒަކީ، ފަޚުރުވެރި ނަތީއްޖާތަކެއް ހާޞިލްކުރަމުން އަންނަ ސްކޫލެއްގެ ގޮތުގައި ފާހަގަވެގެން ދެއެވެ.

ފާއިތުވީ 2021 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައިވެސް އެސްކޫލުން ފަޚުރުވެރި ނަތީއްޖާއެއް ހޯދާފައިވެއެވެ.

ފާއިތުވީ އަހަރުގެ އޯލެވެލް ނަތީއްޖާއަށް ބަލާއިރު، ދެމާއްދާއެއްގެ ނަތީއްޖާ ނޫނީ، އެހެން ހުރިހާ މާއްދާތަކުން ސްކޫލް އިން ކަނޑައެޅި ޓާގެޓްތަކަށް ވުރެ މަތިން ނަތީއްޖާ ހާޞިލްކޮށްފައިވާކަމުގައި ޕްރިންސިޕަލް ބުނުއްވިއެވެ.

ފާއިތުވީ 2021 ވަނަ އަހަރަކީވެސް އެސްކޫލުގެ ހަޔާތުގައި އެންމެ ގިނައަދަދެއްގެ ކުދިން އޯލެވެލް ޤައުމީ ގަދަ 10 އެއްގައި ހިމެނިގެންދާނެ އަހަރެވެ.

2021 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައިވެސް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 18 ދަރިވަރުން ޤައުމީ ގަދަ 10 ގައި ހިމެނިގެން ދާނެއެވެ.

ޕްރިންސިޕަލް ސިފަކުރައްވާގޮތުގައި ސްކޫލްގެ “ސަކްސެސް”އަކީ ދަރިވަރުންގެ “އެމްޕްލޯޢިބިލިޓީ” އެވެ. މާނައަކީ ސްކޫލް ނިންމާ ދަރިވަރުންނަށް ވަޒީފާތަކުގައި އުޅޭ މިންވަރެވެ. ތަޢުލީމީ މަރުކަޒުން އަބަދުވެސް މަސައްކަތްކުރަނީ ކާމިޔާބު ދިރިއުޅުމަކަށް ދަރިވަރުން ތައްޔާރު ކުރުން ކަމަށެވެ. މިފަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތީމްއަކީ “އިންޑަސްޓްރިއަލް ރިވޮލިއުޝަން 4.0 ” އެވެ. އެސްކޫލުގެ އަމާޒަކީ މުސްތަޤްބަލުގައި އުފެދޭނެ ވަޒީފާތަކަށް ބޭނުންވާ ހުނަރު ޚާއްސަކޮށް، ކަރިކިއުލަމް އަދި ކޯކަރިކިއުލަމްގެ ތެރެއިން ދަރިވަރުންނަށް ކިޔަވައި ދިނުމެވެ.

ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން 2021 ވަނަ އަހަރުގެ އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ހޯދާފައިވާ ކާމިޔާބީއަށް ހުވަދޫ ނިއުސްޓީމުގެ ފަރާތުން މަރުޙަބާ ކިޔަމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. a student

    im sure more students wouldve reached top ten IF THEY IMPROVED THE TEACHING. literally man!!. most of the 12 batch had to take tuition becuse the teaching wasnt good in school. there are some people who cant afford tuition, rf kaan yes? ..

    • ޓޮޕް ޓެން ހެހެ

      ހަޖަމް ނުވަންޏާ ސައިބޯނި ކާލާ! އަހަރުމެން 5 މީހުން ޓޮޕް ޓެން އަށް އެރީ އެއްވެސް މާއްދާ އަކުން ޓިޔުޝަން ނުނަގާ! ޓިޔުޝަން ނެގީ އެކައުންޓިންގ އިން އެކަނި. އެވެސް އެކައުންޓް ކްލާސް އެންމެން ބޭނުންވެގެން އޭ ސްޓާރ ހޯދޭތޯ ބަލަން. ކޮންމެހެން ސުކޫލުގައި ކިޔަވައިދިނުން ދަށްވެގެނެއް ނޫން.