ޚަބަރު
މިސަރުކާރަކީ އިންތިޚާބަށް އެކަނި ފޮޅޭމަލެއް ނޫން : އާޒިމް

މިސަރުކާރަކީ އިންތިޚާބުތަކަށް އެކަނި، ފޮޅޭ މަލެއް ނޫންކަމަށާއި، ކޮންމެ ދުވަހަކުވެސް މިސަރުކާރުގެ މާ ފޮޅޭނެ ކަމަށް އެމްޓީސީސީގެ ސީއީސޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިވަނީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ނުހިންގޭހާ ގިނަ މަޝްރޫއު މިސަރުކާރުން ހިންގަމުންދާ ކަމަށެވެ. އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، އަސާސީ ހައްގުތަކުން ދިވެހި ރައްޔިތުން މަހުރޫމްވެފައިވާއިރު، އެކަން ކަށަވަރު ކޮށްދެއްވުމަށް މިވީ 3 އަހަރު ކުރެވުނު މަސައްކަތުން އެތައް ރަށެއްގެ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ މިސަރުކާރަކީ އިންތިޚާބަށް ފޮޅޭ މަލެއް ނޫންކަން. މިއަދުގެ ސަރުކާރަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ޕްރޮޖެކްޓްސް ހިންގައިދީ ކޮންމެ ދުވަހަކުވެސް ޕްރޮޖެކްޓް ތަކުގައި ސޮއިކުރެވި، ކޮންމެ ދުވަހަކުވެސް، ޕްރޮޖެކްޓްތައް ނިންމަމުން އަރަމުން ރައްޔިތުންނަށް ހަވާލު ކުރަމުންދާ ސަރުކާރެއް. ކޮންމެ ދުވަހަކުވެސް މިސަރުކާރުގެ މާ ފޮޅޭނެ — އެމްޓީސީސީގެ ސީއީސޯ އާދަމް އާޒިމް

އެމްޓީސީސީން އެކަނިކުރި މަސައްކަތުން އަތޮޅުތެރޭގެ އެތައް ރަށެއްގައި ރައްޔިތުންނަށް ބޭނުންވާ އެތައް މަސައްކަތެއް ކުރެވިފައިވާކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. މިހާރުވެސް 35 ބަނދަރެއްގެ މަސައްކަތް ކުރެވޭއިރު، ޕެންޑަމިކްގެ ތެރޭގައި 25 ބަނދަރު ނިންމައި، އެއާޕޯޓެއްގެ މަސައްކަތް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިއަދު ކުރެވިގެން މިދާ މަސައްކަތްތަކަކީ މީގެ އެތައް އަހަރެއް ވަންދެން ނުކުރެވި، އަޅާނުލައި ހުރި މަސައްކަތްތަކެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހި ކުރުމަށް ސަރުކާރުން މިއަދު މަސައްކަތް ކުރަމުންދަނީ އެމަސައްކަތް ހަވާލު ކުރެވޭ ބަޔަކަށް، ފައިސާއާއި، ވަސީލަތް ދިނުމަށްފަހު ކަމަށާއި، މަސައްކަތެއް ކަނޑައެޅިފައިވާ ތާރީހަށް ނުނިމެއްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ނޫންކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!