މަޢުލޫމާތު
ގޭގެ ވަޅެއް ބަހައްޓަން ކޮނުނު ވަޅުގަނޑުން 100 މިލިޔަން ޑޮލަރުގެ ބޮޑު ޖަވާހިރެއް

ސްރީލަންކާގެ ސިޓީއެއް ކަމުގައިވާ، ރަތުނާ ޕޫރާގެ މީހަކު ގޭގެ ގޯތިތެރޭގައި، ވަޅެއް ބެހެއްޓުމަށް ކޮންނަނިކޮށް ބޮޑު ޖަވާހިރެއް ފެނި. ކުއްލިގޮތަކަށް މިލިޔަނަރަކަށް ވަނީ ބަދަލުވެފައެވެ. ރައްކާތެރި ސަބަބުތަކަށްޓަކައި މީޑިޔާއިން ވަނީ ޖަވާހިރު ހޯދާފައިވާ މީހާގެ އެޑްރެސް ސިއްރުކޮށްފައެވެ.

ޖަވާހިރު ފެނުނުގޮތް:

ގެމޭޖް ކިޔާ ސްރީލަންކާގެ މީހަކު މީގެ އަހަރެއް ކުރިން، އާގެއެއް އެޅުމުގެ މަސައްކަތް  ވަނީ ކުރިޔަށް ގެންގޮސްފައެވެ. ވަޅު ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކޮނުމުގެ ތެރޭގައި މަސައްކަތް ކުރި މީހުންނަށް ކުދި ޖަވާހިރުތަކެއް ފެނިގެން އިތުރަށް ކޮނުމުގެ އެހެން ހިލަތަކާއި ތަފާތު. އާދަޔާ ޚިލާފަށް ބޮޑު ބަރު ހިލައެއް ވަނީ ފެނިފައެވެ.

ކޮނުނު ވަޅުގަނޑުން ކުދި ޖަވާހިރުތަކެއް ފެނުމުން، އެއާއިލާއިން، ޖަވާހިރު މައިންކޮށް ތަޙްލީލުކުރާ ޚާއްސަ މާހިރެއްގެ އެހީތެރިކަން ހޯދުމަށް ނިންމިއެވެ. ހީވެސް ނުކުރާކަހަލަ ގޮތަކަށް، ފެނުނު ބޮޑު ހިލަ ވެގެން ގޮސްފައިވަނީ، އޭނާގެ ދިރިއުޅުން ބަދަލުކޮށްލި އޭނާގެ ނަސީބު ކަމުގައެވެ.

ޖަވާހިރުގެ ތަޙްލީލުތައް ކުރާ މާހިރުންނަށް ފާހަގަވެގެން ދިޔައީ، ފެނުނު ބޮޑު ހިލަ އަކީ އަގުބޮޑު ޖަވާހިރު ކަމުގައިވާ “ސްޓާރ ސަފަޔަރ”ގެ 2.5 މިލިޔަން ކެރެޓް ހުރި ބަރުދަނުގައި 510 ކިލޯ ހުރި މިނުގައި، 100 ސެންޓިމީޓަ ދިގު، 72 ސެންޓިމީޓަރު ފުޅާ އަދި 50 ސެންޓި މީޓަރު އުސް ޖަވާހިރެކެވެ. މި ޖަވާހިރުގެ އަގަށް ބަލާއިރު، ޖަވާހިރުގެ ބާޒާރު އަގަކީ 100 މިލިޔަން ޑޮލަރު ކަމުގައި ވެއެވެ.

މިހާތަނަށް ފެނުނު އެންމެ ބޮޑު ޖަވާހިރު:

ގެމޭޖް އޭނާގެ ގެއިން މިހާބޮޑު ފެނުމުން، ކަމާބެހޭ އިދާރާތަކަށް އެކަން ވަނީ އަންގާފައެވެ. ލަފާކުރެވޭ  ގޮތުން، މިބޮޑު ޖަވާހިރު  ހިލައަކީ ތަފާތު ޖަވާހިރުތަކެއް އެކުވެގެން އުފެދިފައިވާ ބޮޑު ޖަވާހިރެކެވެ. މި ބޮޑު ޖަވާހިރުން ކުދިޖަވާހިރުތައް ނަގައި ސާފުކޮށް ވަކިކުރުމަށް ގާތްގަޑަކަށް 1 އަހަރު ނަގާނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރެވެއެވެ.

މިޖަވާހިރަށް ނަމެއްގެ ގޮތުން “ސެރެންޑިޕިޓީ ސަފަޔަރ” ކިޔައި ނަން ދީފައި ވެއެވެ. އަދި މިއީ ދުނިޔެއިން މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ޖަވާހިރަށް ވަނީވެފައެވެ.

ޖަވާހިރު ތަހްލީލް ކުރުމުގެ މަޝްހޫރު މާހިރެއް ކަމުގައިވާ ޑރ. ގަމިނީ ޒޯސާ ބުނެފައިވާގޮތުގައި، މިހާބޮޑު ޖަވާހިރެއް އޭނާ ދުވަހަކުވެސް ނުދެކޭކަމަށާއި، ލަފާކުރެވޭގޮތުގައި، މިޖަވާހިރަކީ މީގެ 400 މިލިޔަން އަހަރުކުރިން އުފެދިފައިވާ އެއްޗެކެވެ.

މިވަގުތު މިޖަވާހިރުވަނީ ބޭންކެއްގެ ވޯލްޓުގައި ރައްކާކުރެވި، އަންނަނީ 24 ގަޑިއިރު ފަރާވެރިން ބައިތިއްބައިގެން ބަލަހައްޓަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!