ޚަބަރު
އެމްޑީޕީގެ ސަގާފަތަކީ ފެންނަ ހަގީގަތްތައް އޮޅުވާލުން – ޖަމީލް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސަގާފަތަކީ ފެންނަ ހަގީގަތްތައް އޮޅުވާލުން ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓުވީީޓެއްގައި ވިދާޅުވީ،. އެމްޑީޕީގެ ސަގާފަތަކީ ފެންނަ ހަގީގަތްތައް އޮޅުވާލުން ކަމަށާއި، ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އދ ގައި ހުންނަވަނީ ޚާރިޖީ ވަޒީރުގެ ޙައިސިއްޔަތުން ކަމަށް ބުނުމަކީ ރައީސް ސާލިހް ވެރިކަން ކުރައްވަނީ ސިއްކަގެ ދަނބިދަރިއަކަށް ވާތީއޭ ބުނުން ފަދަ ކަމެއް ކަމަށެވެ.

“ޝާހިދު އދ.ގައި ހުންނަވަނީ ޚާރިޖީ ވަޒީރުގެ ޙައިސިއްޔަތުންކަމަށް ބުނުމަކީ ރައީސް ޞާލިޙް ވެރިކަންކުރައްވަނީ ސިއްކަގެ ދަނބިދަރިއަކަށް ވާތީއޭ ބުނުންފަދަ ކަމެއް. ޝާހިދުގެ ލަޤަބުތައް ޕްރިންސް އެންޑްރޫގެ ލަޤަބުތައް ނެގިގޮތަށް އަތުލާނެ” ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ފާހަގަ ކުރެވިފައިވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން މީގެ ކުރިންވެސް ޖަމީލްވަނީ މިސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.
ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!