މަޢުލޫމާތު
ޑީކޯވުމަށް މަގުފަހިކުރާ ކަންތައްތަކާއި، އަލާމާތްތައް

“ޑީކޯވުން” ނިސްބަތްކުރެވެނީ ” ވައިގެ ތެރޭގައި ނޫނީ ފެނުގެ ތެރޭގައި ތިބާގެ ވަށައިގެންވާ ޕްރެޝަރު ކުއްލިއަކަށް(އަވަހަށް) ދަށްވުމުގެ ސަބަބުން ކުރިމަތިވާ އަނިޔާ” އަށެވެ. އާންމު ގޮތެއްގައި ޑިކޮމްޕްރެޝަން ސިކްނަސް ކުރިމަތިވަނީ ސްކޫބާ ޑައިވްކުރާ ނޫނީ ފުނަށް ފީނާ މީހުންނަށެވެ. ނަމަވެސް މަދުން ނަމަވެސް ވައިގެ ތެރޭގައި ދަތުރުކުރާއިރު ވެސް ޑިކޮމްޕްރެޝަން ސިކްނަސް ކުރިމަތިވެދާނެ އެވެ. ޕްރެޝަރައިޒްޑް އެއަރކްރާފްޓް ތަކުގައި ނޫނީ އާންމުކޮށް ދަތުރުކުރާ މަތިންދާބޯޓު ތަކުގައި އުދުހޭއިރު، ޑިކޮމްޕްރެޝަން ސިކްނަސް ކުރިމަތިވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ޑިކޮމްޕްރެޝަން ސިކްނަސް ކުރިމަތިވަނީ ކުއްލިއަކަށް ވަށައިގެންވާ ޕްރެޝަރު ދަށްވުމުން ( ފީނުމަށްފަހު މައްޗަށް އެރުން، އުސްތަނަކަށް އެރުން، ހައިޕަރބެރިކް ޗެމްބަރ އިން ނެގުން ފަދަ ކަންކަމުގެ ތެރޭގައި  ) ކުރިން ހަށިގަނޑުގެ ލޭގައި ނޫނީ ސެލޯށިތަކާ އެކުވެފައިވޭ ގޭސް ލޭހޮޅިތަކުގެ ތެރޭގައި ވައިބޮކިތަކެއް އުފެދޭގޮތް ވުމުންނެވެ. އާންމު ގޮތެއްގައި ކުރިމަތިވާ އަލާމާތްތަކުގެ ތެރޭގައި ތަދާއި ރިހުންތައް، އަދި ނާރުތަކާއި ގުޅުންހުރި ކަންތައްތައް ހިމެނެއެވެ. ޑީކޯވުމަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. އާންމު ގޮތެއްގައި ދެވޭ ފަރުވާ އަކީ “ރިކޮމްޕްރެޝަން ތެރަޕީ” ނޫނީ ވަކި ކަހަލަ މެޝިނަކަށް ލައިގެންދެވޭ ފަރުވާ އެކެވެ.

އަމިއްލަ ހިތްހަމަޖެހުމަށް ނުވަތަ މަސައްކަތުގެ ގޮތުން ފީނާ އުޅޭ މީހުންގެ ތެރެއިން ކޮންމެ 10 ހާހަކުން 4-2 މީހުންނަށް ޑީކޯވުމުގެ މައްސަލަ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި ޑީކޯވުމުގެ ހިރާސް އިތުރުކުރާ ނޫނީ ޑީކޯވުމަށް މަގުފަހިވާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފާހަގަވާ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

 • އުފެދުމުގައި ހިތުގައި ޢައިބުހުރުން : މިސާލަކަށް އުފެދުމުގައި ހިތުގައި ލޯވަޅެއްހުރުން
 • އުމުރުން 30 އަހަރަށްވުރެ މަތިވުން ނޫނީ އުމުރުން ދުވަސްވުން
 • އާދަޔާ ޚިލާފަށް ބަރުހެލިވެ، ފަލަވުން (އޮބޭސިޓީ)
 • މާފުނަށް ފީނުން
 • މާގިނައިރު ވަންދެން (ދިގުމުއްދަތަކަށް) ފީނުން
 • ފީނުމަށްފަހު މާއަވަހަށް މައްޗަށްއެރުން
 • ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދަށްވުން
 • ހަށިގަނޑުގައި ސަރުބީ(ފެޓް) ގެ ނިސްބަތް(މިންވަރު/އިންސައްތަ) މަތިވުން
 • ބަނގުއާވި ބުއިން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުން
 • ވާޅުވެ ވަރުބަލިވުން ކުރިމަތިވުން
 • ނުނިދާހުރެ ފީނުން
 • އެއްވެސް ކަހަލަ ޖިސްމާނީ އަނިޔާއެއް ލިބިފައިވުން
 • ފިނީގައި ނޫނީ ފިނި ފެނުގެ ތެރޭގައި ފީނުން (ކޯލްޑ ޓެމްޕަރޭޗަރ ޑައިވްސް)
 • ހަށީގަނޑުން ފެނާއި ލޮނުގެބައި މަދުވުން
 • ފުއްޕާމޭގެ ބައްޔެއް ހުރުން
 • ފީނުމަށްފަހު ކަސްރަތުކުރުން
 • ފީނުމަށްފަހު މަތިން ދަތުރުކުރުން
 • ގުދުރަތީ ގޮތުން ހިތުގެ ކަނާތް ފަރާތުން ވާތްފަރާތަށް “ޝަންޓް” ހެދިފައިހުރުން

އާންމު ގޮތެއްގައި ކޮންމެ ފީނުމަކަށްފަހު ހަށިގަނޑުގައި އިތުރުވާ ނައިޓްރޯޖަން ހަށިގަނޑުގެ ސެލޯށިތަކުގައި 12 ގަޑިއިރުވަންދެން ހުރެއެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ތަކުރާރުކޮށް ފީނުމަކީ ޑީކޯވުމުގެ ހިރާސް އިތުރުވާނެ ކަމެކެވެ.

ޑީކޯވުމުގެ އަލާމާތްތައް

ޑީކޯވުމުގެ އަލާމާތްތައް ފީނުމަށްފަހު ފެންމައްޗަށް އަރާތާ ދެތިން މިނިޓްގެ ތެރޭގައި ބައެއް މީހުންނަށް އަލާމާތްތައް ފެންނަށް ފަށައިފާނެ އެވެ. ގިނަ މީހުންނަށް އަލާމާތްތައް ފެންނަށް ފަށަނީ ލަސްލަހުން، މަޑުމަޑުންނެވެ. ބައެއް ފަހަރު ބޮލުގައި ރިހުން، ވާޅުވުން، ކާހިތްނުވުން، އަދި ނުތަނަވަސްވުން ފަދަ ކަންކަމާއެކު އަލާމާތްތައް ފެށިގެން ހިނގައިދާނެ އެވެ. އާންމު ގޮތެއްގައި ފީނުމަށްފަހު މައްޗަށްއަރާތާ ގަޑިއެއްހާއިރުގެ ތެރޭގައި %50 މީހުންނަށް އަލާމާތްތައް ފެންނަށް ފަށައެވެ. އަދި ފީނުމަށްފަހު މައްޗަށްއަރާތާ 6 ގަޑިއިރުގެ ތެރޭގައި %90 މީހުންނަށް އަލާމާތްތައް ފެންނަށް ފަށައެވެ. ބައެއް ފަހަރު ފީނުމަށްފަހު 2-1 ދުވަހުގެ ތެރޭގައި އަލާމާތްތައް ފެނިދާނެ އެވެ. ގިނަ ފަހަރު މިގޮތަށް ފެންނަނީ ފީނުމަށްފަހު މަޑުނުކޮށް ވައިގެ އުދުހުން ފަދަ ކަމެއް ކުރާނަމަ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!