ޚަބަރު
ހަސަންޓޭގެ ވާހަކަތަކުން ފެނިގެންދަނީ އެމްޑީޕީ މެންބަރުން ގޮތް ހުސްވެ ހާސްވެފައިވާ މިންވަރު: ޝުޖާއު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ކެމްޕެއިނުން ފެނިގެންދަނީ މެންބަރުން ހާސްވެ، ގޮތް ހުސްވެފައިވާ މަންޒަރު ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓް ފަތުހީގެ ކެމްޕެއިންގެ ދަށުން ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ޙަސަންޓޭ)ގެ ވާހަކަތަކުން ފެނިގެންދަނީ އެމްޑީޕީ މެންބަރުން ގޮތް ހުސްވެ ހާސްވެފައިވާ މަންޒަރު ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީ މެންބަރުން ސިފަވެގެންދަނީ ދާނެ މަންޒިލެއް ނެތް އޮޑިއެއްގެ ފަޅުވެރިން އުއްމީދެއް ނެތި ކުރިޔަށް ދާ މަންޒަރެވެ. އެހެންނަމަވެސް ކުރީގެ ރައީސް ޔާމިނަކީ ވައުދެއް ވެވަޑައިގަތްނަމަ އެވައުދު ފުއްދާނެ ލީޑަރެއްކަން ރ.އަތޮޅު ހެކިވާނެ ކަމަށެވެ.

އަންނަމަހު 5 ގައި އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ އިތުރުން އެމްޑީޕީން އަދި އެމްއެންޕީން ވާދަކުރެއެވެ. ކެމްޕެއިން ފޯރިގަދަވެފައިވަނިކޮށް ސަރުކާރުން ދަނީ ކޮމަންޑޫ ދާއިރާގެ ގިނަ ރަށްތަކުގައި މަޝްރޫޢުތައް ހިންގަމުންނެވެ. އެހެންކަމުން ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އެހެން ޕާޓީ ތަކުން ވަނީ ތުހުމަތުކޮށްފައެވެ.

އެމްޑީޕީ ކެނޑިޑޭޓްގ ކެމްޕެއިން ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ދަތުރުފުޅު ކުރައްވާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!