ޚަބަރު
މާޔޫސްވެ ނޭވާ ހޮޅިއަށް އެޅޭ ވަރަކަށް އަސްލު އެމްޑީޕީގެ ސިފަ ފެންނަގޮތް ބޮޑުވާނެ – ސެމްބެ

މާޔޫސްވެ ނޭވާ ހޮޅިއަށް އެޅޭ ވަރަކަށް އަސްލު އެމްޑީޕީ ގެ ސިފަ ފެންނަގޮތް ބޮޑުވާނެ ކަމަށާއި، އެމްޑީޕީގައި މިއަދު އޮތީ ބަޔަކަށް އިހްތިރާމް ކުރުމެއް ނެތް އުސޫލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ކެމްޕެއިންގައި، އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ހުތުރު ބަހުން މުޚާތަބު ކުރެއްވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި ހަސަންޓޭ ހުތުރު ބަހުން މުޚާތަބު ކުރެއްވުމާއި ގުޅިގެން ސެމްބެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާޔޫސްވެ ނޭވާ ހޮޅިއަށް އެޅޭ ވަރަކަށް އެމްޑީޕީގެ އަސްލު ސިފަ ފެންނަލެއް ބޮޑުވާނެ ކަމަށާއި، އެމްޑީޕީގައި މިއަދު އޮތީ ބަޔަކަށް އިހްތިރާމް ކުރުމެއް ހަމައެއް ލަމައެއް ނެތް އުސޫލު ކަމަށެވެ. އަދި ރައީސް ޔާމީނަށް ކުޑަގޮޅިން ދެއްކި ބިރަށް ފަހަތަށް ބެލުމެއް ނެތި ކުރިއަށް ވަޑައިގަންނަވާނެ ކަމަށްވެސް ސެމްބެ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގެ ކެމްޕެއިންގައި ހަސަންޓޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކުވަނީ އެކަން ކުށްވެރިކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!